ކުއްލި ޚަބަރު

އެވިޑް ކޮލެޖް ޖެނުއަރީ އިންޓޭކް: ފުލް ސްކޮލަރޝިޕް އަދި ހާފް ސްކޮލަރޝިޕް ހޯދުމުގެ ފުރުސަތު!

އެވިިޑް ކޮލެޖްއިން 2020 ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި -- ފޮޓޯ: އެވިޑް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

އެވިިޑް ކޮލެޖްއިން 2020 ވަނަ އަހަރު ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮލެޖްގެ ޗެއާރމަން އަބްދުﷲ މުސްތާގު ރަޝާދުގެ ނަމުގައި ކޮންމެ އަހަރަކުވެސް ޖެނުއަރީ އިންޓޭކަށް ހުޅުވާލެވިގެންދެވޭ "ނާއިބު ރަޝާދު ސްކޮލާރޝިޕް" އަށް، މި އަންނަ އަހަރު ޖެނުއަރީ އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވެސް ވަނީ ދަރިވަރުންނަށް ހުޅުވާލެވިފައެވެ.

އެވިޑް ކޮލެޖުގެ މި ސްކޮލާރޝިޕް ސްކީމްގެ ދަށުން މާލޭގައި ކިޔަވާ ދަރިވަރުންނަށް ހުޅުވާލާފައިވަނީ 50 ސްކޮލާޝިޕްއެވެ. އަދި 100 ސްކޮލާރޝިޕް ހައްސަކޮށް އަަމާޒު ކުރެވިފައިވަނީ ގދ. ތިނަދޫއަށެވެ. މީގެ އިތުުރުން 50 ސްކޮލާޝިޕް އައްޑޫ ސިޓީއަށް ޙާއްސަ ކުރެވިފައިވާއިރު ޖުމްލަ ގޮތެއްގައި 200 އަށް ވުރެ ގިނަ ސްކޮލާރޝިޕް އެވިޑް ކޮލެޖްގެ ޖެނުއަރީ އިންޓޭކަށް ހާއްސަކޮށްގެން ދިނުމަށް ވަނީ ނިންމާފައެެވެ.

އެވިޑް ކޮލެޖްއިން ސްކޮލާރޝިޕްތަކާއި ބެހޭގޮތުން މައުލޫމާތު ދެމުން އެކޮލެޖުން ބުނެފައިވަނީ މާސްޓާސްގެ ހުރިހާ ޕްރޮގްރާމްތަކުން؛

ކޯސްފީގެ 100 އިންސައްތަ ސްކޮލާޝިޕްގެ ފުރުސަތާއި 50 އިންސައްތައިގެ 3 ފުރުސަތު މާލެއާއި އައްޑޫއަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ތިނަދޫއަށް ހާއްސަކޮށްގެން މާސްޓާސްގެ ހުރިހާ ޕްރޮގްރާމްތަކުން ކޯސްފީގެ 100 އިންސައްތައިގެ 2 ފުރުސަތާއި 50 އިންސައްތައިގެ 5 ފުރުސަތު ސްކޮލާޝިޕްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އައްޑޫ ސިޓީއާއި މާލެއަށް ސްޓެފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީސްގެ ކޯސްފީގެ 100 އިންސައްތައިގެ 10 ފުރުސަތާއި 50 އިންސައްތައިގެ 20 ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ތިނަދޫއަށް ހާއްސަކޮށް ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީސްގެ ކޯސްފީގެ 10 އިންސައްތައިގެ 20 ފުރުސަތާއި 50 އިންސައްތައިގެ 30 ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައިއެވެ.

އެވިޑް ކޮލެޖްއިން ބުނެފައިވަނީ މާސްޓާސްއަދި ޑިގްރީ ޕްރިގްރާމްތަކަށް ފޯމު ހުށަހަޅާ ދަރިވަރުންގެ ތެރެއިން އަލްޓަނޭޓިވް އެންޓްރީއިން ހަމަނުވާ ދަރިވަރުންނަށް ފުރިހަމަ ކުރަންޖެހޭ އެމްކިއުއޭއިން އެޕްރޫވްކޮށްފައިވާ ޔުނިވާރސިޓީ ޕްރިޕަރޭޝަން ޕްރޮފްރާމް އަދި ޕްރީ މާސްޓާސް ޕްރޮގްރާމް މި ސްކޮލާރޝިޕްގެ ދަށުން ފުރިހަމަ ކުރެވޭނެ ކަމަށެވެ.

އެވިޑް ކޮލެޖުން ބުނި ގޮތުގައި އެ ކޮލެޖުން ހުޅުވާލީ މެޑިކަލް ސައިންސްގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން އަންނަ އަހަރު ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެންނެވެ. އެއީ:

- ބެޗްލާ އޮނާސް އޮފް އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ

- މާސްޓާސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް

- ބެޗްލާއިން ޕްރޮޖެކްޓް މެނޭޖްމަންޓް

- ބެޗްލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ/ސޮފްޓްވެއާ އިންޖިނިއަރިން

އެވިޑް ކޮލެޖްއިން ބުނި ގޮތުގައި މާސްޓާސް އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި ބެޗްލާއިން ޕްރޮޖެކްޓް މެނޭޖްމަންޓް ކޯހަކީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފް ކުރާ ދެ ކޯހެވެ.

ކޮލެޖްގެ ފަރާތުން ވަނީ އިންޓޭކާއި ދިމާކޮށް ދަރިވަރުންނާއި ކޮލެޖުގެ ސްޓާފުންނާއި ދެމެދު ފުޓްސެލް މެޗެއް ވެސް ބާއްވާފައެވެ.

އެވިޑް ކޮލެޖުގެ 2020 ޖެނުއަރީ އިންޓޭކް ފެށުމަށް ބޭއްވި ހަރަކާތުގެ ތެރެއިން -- ފޮޓޯ/ އެވިޑް ކޮލެޖް

އެވިޑް ކޮލެޖުން ބުނި ގޮތުގައި އެ ކޮލެޖުން ހުޅުވާލީ މެޑިކަލް ސައިންސްގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން އަންނަ އަހަރު ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެންނެވެ. އެއީ:

- ބެޗްލާ އޮނާސް އޮފް އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ

- މާސްޓާސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް

- ބެޗްލާއިން ޕްރޮޖެކްޓް މެނޭޖްމަންޓް

- ބެޗްލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ/ސޮފްޓްވެއާ އިންޖިނިއަރިން

އެ ކޮލެޖުން ބުނި ގޮތުގައި މާސްޓާސް އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި ބެޗްލާއިން ޕްރޮޖެކްޓް މެނޭޖްމަންޓް ކޯހަކީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފް ކުރާ ދެ ކޯހެވެ.

އެވިޑް ކޮލެޖުގެ 2020 ޖެނުއަރީ އިންޓޭކް ފެށުމަށް ބޭއްވި ހަރަކާތުގެ ތެރެއިން -- ފޮޓޯ:އެވިޑް ކޮލެޖް

އެވިޑް ކޮލެޖުން މިފަހަރު ކޯސްތަކަށް ހުޅުވައިލި ރަސްމިއްޔާތުގައި ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމުގެ ގޮތުން ވެސް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. މި ރަސްމިއްޔާތުގައި ވަނީ ކޮލެޖްގެ ދަރިވަރުންނާއި ކޮލެޖްގެ ސްޓާފުންގެ މެދުގައި އެކުވެރިކަމުގެ ފުޓްސަލް މެޗުތަކެއްވެސް ކުޅެވިފައެވެ.

ކޮލެޖުގެ އަންހެން ދަރިވަރުންގެ ޓީމް ވާދަކޮށްފައިވަނީ ކޮލެޖުގެ އަންހެން ސްޓާފުންގެ ޓީމަކާއެވެ.އަދި ކޮލެޖުގެ ފިރިހެން ދަރިވަރުންގެ ޓީމް ވާދަކޮށްފައި ވަނީ ކޮލެޖުގެ ފިރިހެން ސްޓާފުންގެ ޓީމަކާއެވެ.

އެވިޑް ކޮލެޖުން ބުނި ގޮތުގައި އެ ކޮލެޖުން މަސައްކަތް ކުރަނީ މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ތައުލީމް އުނގެނުމުގެ ގިނަ ފުރުސަތުތައް ހޯދައިދިނުމަށް މަގު ފަހިކޮށްދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. އެވިޑް ކޮލެޖުން ގައުމަށް ތިފޯރުކޮށްދެއްވާ އަގުހުރި ޙިދުމަތަށް ވ. ބޮޑަށް ޝުކުރިއްޔާ

  2. ހަގީގަތުގައިވެސް އެވިޑް ކޮލެޖަކީ މިހާރު ރާއްޖޭގައި ހުރި ކޮލެޖްތަކުގެ ތެރެއިން ފާހަނގަކޮށްލެވޭ ކޮލެޖެއް

  3. މުސްތާގް އަކީ ތައުލީމީ ދާއިރާގައި ވަރަށް ގާބިލް ބޭފުޅެއް! އެވިޑް ކޮލެޖަށް އަބަދުވެސް ކާމީޔާބީއަށް އެދެން

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: