ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ރައްޔިތުންނަށް އަނިޔާ ނުކުރާނެ: އިމްރާން

ރައީސް ސާލިހު އަދި މިނިސްޓަރ އިމްރާން - ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ރައްޔިތުންނަށް އަނިޔާ ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް އަނިޔާ ނުކުރާނެ ކަމަށާއި ނަމަވެސް ގާނޫނު ތަންފީޒު ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވިއިރު އިސްލާމްދީނާއި މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓާ ދެކޮޅަށް ރެޔާއި މިއަދު ހަވީރު މާލޭގައި ވަނީ އިހުތިޖާޖުކޮށްފައެވެ. ނަމަވެސް އެއްވެސް ހަމަނުޖެހުމެއް މި އިހުތިޖާޖުތަކުގެ ތެރެއިން ހިނގާފައެއް ނުވެއެވެ.

އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި 100 އަށްވުރެ ގިނަ ކައުންސިލުން މިހާތަނަށް ބަޔާން ނެރެފައިވާއިރު ސަރުކާރުން ވަނީ އެ ޖަމިއްޔާގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަން އަންގާފައެވެ. އަދި އިތުރު ފިޔަވަޅެއް އެ ޖަމިއްޔާއާ މެދު އަޅާނީ ފުލުހުން މިހާރު ކުރަމުންދާ ތަހުގީގަށްފަހު ކަމަށް ސަރުކާރުން ބުނެއެވެ.

https://twitter.com/ShimranAb/status/1187726031592902656?s=20

އިސްލާމްދީނާ ހިލާފު ވާހަކަތަކެއް އެކުލެވޭ ރިޕޯޓު ނެރުމުން ސޯޝަލް މީޑިޔާގައި އެމްޑީއެން އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއާއެކު އެ ޖަމިއްޔާ އިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: