ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ގާނޫނު ހިނގަނީ ނިކަމެތިންގެ މައްޗަށް އެކަނި: ނިޔާޒު

ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު- ފޮޓޯ: ރާއްޖެއޮބްސާވާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގާނޫނު ހިނގަނީ ދެރަ ނިކަމެތިންގެ މައްޗަށް އެކަނި ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނިޔާޒު މިހެން ވިދާޅުވީ މާލޭގެ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި މަރުވި ބަންގްލަދޭޝްގެ ރައުޝަން ޖިއަންގެ މަރުގެ މައްސަލާގައި އިއްވި ހުކުމާ ގުޅިގެންނެވެ. އެގޮތުން އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި އެންމެންގެ ތެރެއިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފިޔަވާ ދެން ތިބި މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެފައެވެ.

ކުށް ސާބިތުވި މީހުންގެ ތެރެއިން ދެ މީހަކަށް ޖަލު ހުކުމް އައިއިރު، ދެން ތިބި މީހުން ވަނީ ޖޫރިމަނާކޮށްފައެވެ. އެ ހުކުމާ ގުޅިގެން ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ގަދީމީ ޒަމާނުއްސުރެ ރާއްޖޭގައި ކަންކަން ހިނގަނީ މިގޮތަށް ކަމަށާއި އެގޮތުން އަދުލު އިންސާފަކީ ދެރަ ނިކަމެތިންނަށް ނެތް އެއްޗެއް ކަމަށެވެ.

ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި މުއްސަނދިންގެ މައްޗަށް ގާނޫނު ހިނގާތަން ނުފެންނަ ކަމަށާއި އެ މީހުން އަބަދުވެސް ތިބެނީ ގާނޫނަށް ވުރެ މަތީގައި ކަމަށް ނިޔާޒުު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: