ކުއްލި ޚަބަރު

ރައީސް ޔާމީންގެ އެކައުންޓު ފްރީޒްކުރަން އެދުނު ނަމަ "ފްރީޒް ވާނީ އަހަރެން": ލުތްފީ

ރައީސް ޔާމީންގެ އެކައުންޓު ފްރީޒްކުރަން އެދުނު ނަމަ "ފްރީޒް ވާނީ އަހަރެން": ލުތްފީ --- ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމުން، އެ އެކައުންޓް ފްރީޒް ކުރަން ނޭދުނީ ކީއްވެގެންތޯ ސުވާލު ކުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތްފީ ދިން ޖަވާބަކީ އޭރުން "އޭނާ ވެސް ފްރީޒްކޮށްފާނެތީ" ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ބައި މިލިއަން ޑޮލަރުގެ ދެ ޗެކެއް މެދުވެރިކޮށް، ރައީސް ޔާމީންގެ ޑޮލަރު އެކައުންޓަށް ފައިސާ ޖަމާ ކުރި ކުރި ކަމަށާއި އެ ފައިސާ ފަހުން އެމަނިކުފާނުގެ ސޭވިން އެކައުންޓަކަށް ބަދަލު ކުރުމަށް ފަހު، ފައިދާ ލިބޭ ގޮތަށް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާ ކުރި ކަމަށް ތުހުމަތު ކުރެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ހިޔާނާތާއި ގުޅިގެން ލުތްފީގެ ބަޔާން ނަގާފައިވާނީ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ. ލުތްފީ ފުލުހުންނަށް ދިން ބަޔާނާއި އޭގެ އޯޑިއޯ ރެކޯޑިންވެސް ފުލުހުންގެ އަތުގައި ރައްކާކުރެވިފައި ހުންނާނެކަން ރިޔާޒް ވަނީ ފާހަގަކުރައްވާފައެވެ. މައްސަލައިގައި ލުތްފީ އާއި ސުވާލު ކުރިއިރު، އެއް މިލިއަން ޑޮލަރުގެ މައްސަލައެއް ހިނގައިދިޔައިރު އެކައުންޓު ފްރީޒް ނުކުރީ ކީއްވެެގެންތޯ އަހާލުމުން އޭނާ ބުނެފައިވަނީ އޭރުން ގެއްލުމަކަށް ދާނެ ކަމަށް ބުނި ކަމަށެވެ. އަދި "އޭރުން ފްރީޒް ވަނީ ތިމަންނާ" ކަމަށް ލުތްފީ ބުނި ކަމަށެވެ. ރިޔާޒް ވިދާޅުވީ، ލުތްފީ އެ ޖަވާބު ދިންއިރު ތަހުގީގީ ޓީމްވެސް އެވަގުތު ހާޒިރުވެ ތިބި ކަމަށެވެ.

ރިޔާޒް ވިދާޅުވީ ލުތުފީއަށް އަދި ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ އެއްވެސް މީހަކަށް ބިރެއް ނުވަތަ ނުފޫޒެއް ނޯންނާނެ ކަން އެ ރެކޯޑިންތަކުން އެނގޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ލިބުނު ފައިސާ އެމަނިކުފާނުގެ ނަމުގައި ހުރި އެކައުންޓަކަށް ޖަމާވެފައި ވާތީ، ދެ ޓްރާންސެކްޝަނަކާ ގުޅޭ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުވެސް ކުރިއެވެ.

އެއަށްފަހު ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކޮށްފައިވާ ކަމަށެވެ. އަދި އެކައުންޓުތައް ފްރީޒް ކުރީ ގަވާއިދާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް އޭރު ފުލުހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. ފްރީޒުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެވެ.

ފައިސާ ޖަމާވި ކަން ޔާމީނަށް އެންގުމަށް ފަހު، އޭސީސީން އެމަނިކުފާނާ އެކު ހެދީ އެއްބަސްވުމެކެވެ. އެއީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެސްކްރޯ އެކައުންޓެއް ހުޅުވައި އެ އެކައުންޓަށް ފައިސާ ޖަމާކުރުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވުން ނޮވެމްބަރު މަހުގެ 5 ގައި އޮންނާނެއެެވެ. ޝަރީއަތުގެ އަޑުއެހުންތައް ކުރިޔަށް ދިޔައިރު ދައުލަތުގެ ހެއްކެއްގެ ގޮތުގައި ލުތްފީގެ ނަންވެސް ހުށަހެޅިއެވެ. އެހެން ނަމަވެސް، ހެކިބަސް ދިނުމަށް ލުތްފީ ވަނީ އުޒުރުވެރިވެވަޑައިގެން އޭނާއަށް ބިރު ދައްކަމުން އަންނަކަމަށް ބުނެފައެވެ. އަދި ހިޔާނާތުގެ މައްސަލައިގައި ފުލުހުން ކުރިޔަށް ގެންދާ ތަހުގީގާއި މެދު އޭނާ ސުވާލުވެސް އުފެއްދިއެވެ. އެހެން ނަމަވެސް، ފުލުހުން ވަނީ ގަދަކަމުން ލުތްފީގެ ބަޔާނެއް ނެރުމަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: