ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާއްސައެހީއަށް ބޭނުންވާ ދަރިވަރަކަށް އިހާނެތިކޮށް އަމަލުކުރި މައްސަލަ ބަލަނީ

(ވ. ފުލިދޫގައި ހުންނަ ވ. އަތޮޅު ސްކޫލް- (ފޮޓޯ: ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އަތޮޅު ސްކޫލްގައި ކިޔަވާމުންދާ ހާއްސައެހީއަށް ބޭނުންވާ ދަރިވަރަކަށް ޓީޗަރަކު އިހާނެތިކޮށް އަމަލުކުރި މައްސަލަ އެޑިއުކޭޝަންއިން ބަލަން ފަށައިފި އެވެ.

ފުލިދޫގައި ހުންނަ ވ. އަތޮޅު ސްކޫލުގެ ޕްރީސްކޫލް ޓީޗަރެއް އެ ސްކޫލުގެ ދަރިވަރަކަށް އިހާނެތިކޮށް އަމަލު ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ވީޑިޔޯ އިން ފެންނަ ގޮތުގައި ދަރިވަރު އެހެން ކުދިންނާއެކު ލައިނުގާ މަޑުކޮށްގެން ހުށްޓާ ކައިރީގައި ހުރި ޓީޗަރަކު ދަރިވަރުގެ މޫނުގައި އަތުން ޖަހާ ކޮށްޕާލައެވެ.

ސްކޫލުގެ ޕްރިންސިޕަލް މުއުމިން މައުލޫމާތު ދޭގޮތުގައި މި ވީޑިޔޯގައި ފެންނަ މަންޒަރަކީ މިދިޔަ އޯގަސްޓު މަހު ސްކޫލުގައި ބޭށްވުނު ސްޕޯޓްސް މީޓެއްގައި ހިނގައިފައިވާ ކަމެއް ކަމަށާއި މި ފަދަ ކަމެއް ހިނގާފައިވާކަން ސްކޫލަށް މީގެ ކުރިން އެނގިފައި ނުވާކަން ފާހަގަ ކުރެށްވިއެވެ.

މީގެ އިތުރުން، މި މައްސަލަ އެޑިޔުކޭޝަން އަށް ހުށަހެޅި އިރު ވައިރަލް ވީޑިޔޯ އާއި ގުޅިގެން މި މައްސަލަ އެޑިއުކޭޝަންއިން ވެސް ބަލަން ފަށާފަ ވާކަމަށާއި އެޑިއުކޭޝަން އާއި ގުޅިގެން ޓީޗަރަށް އަޅަން ޖެހޭ ފިޔަވަޅުތައް  އަޅާނެކަމަށް މުއުމިން ވިދާޅުވިއެވެ.

ވީޑިޔޯއިން ފެންނަ ޓީޗަރަކީ 2016 އަހަރުން ފެށިގެން މި ސްކޫލުގައި ރިލީފް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޓީޗަރެކެވެ. އަދި، މީގެ ކުރިން މި ޓީޗަރާ ގުޅޭގޮ އެއްވެސް މައްސަލައެއް ދަރިވަރުނާއި ބެލެނިވެރިންގެ ފަރާތުންވެސް ލިބިފައި ނުވާކަމަށް މުއުމިން ފާހަގަ ކުރެށްވިއެވެ.

ވ. އަތޮޅު ސްކޫލުގައި ވެސް ކިޔަވަމުންދާ ހަމައެކަނި ހާއްސައެހީއަށް ބޭނުންވާ މި ދަރިވަރަކީ އެހެން ދަރިވަރުންނެކޭވެސް އެއްފަދައިން ސްކޫލުން ބަލާ ދަރިވަރެކެވެ. މި ސްކޫލުގައި ހާއްސަ އެހީޔަށް ބޭނުންވާ ދަރިވަރުންނަށް ވަކިން ކުލާހެއް ނުހުރެއެވެ.

ވީޑިއޯ އާންމުވުމާއެކު އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ކުޑަކުދިންނާ ދޭތެރޭ ކުރާ އިހާނެތި އަމަލުތަކަށް ވަގުތުން ފިޔަވަޅު އެޅެން ޖެހޭނެ ކަމަށާއި މިކަން އެނގުނު ހިސާބުން މައްސަލަ ބަލަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: