ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅު ހިއްކަން ބޮސްކާލިސްއާއި ހަވާލުކުރީ އެ ގައުމުގެ ބޭންކުން ލޯނު ހޯދުމަށް: އަމީރު

މިނިސްޓަރ އޮފް ފިނޭންސް އިބްރާޙީމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅު ހިއްކަން ބިޑަކާއި ނުލާ ހޮލެންޑްގެ ކުންފުންޏެއް ކަމަށްވާ، ބޮސްކާލިސްއާއި 817 މިލިއަން ރުފިޔާއަށް ދިން ސަބަބުތައް ފިނޭސް މިނިސްޓަރު އިބްރާޙިމް އަމީރު ހަމަކުރައްވައިފިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ނެދަލެންޑްސްގެ ބޮސްކާލިސްއާއި ހަވާލުކުރި އެއް ސަބަބަކީ އެ ގައުމުގެ އައިއެންޖީ ބޭންކުން ލޯނެއް ނަގައިގެން އެ މަޝްރޫއު ހިންގަން ސަރުކާރުން ބޭނުންވާތީކަމަށެވެ. ބިޑަކާއިނުލާ މިފަދަ ބޮޑު ޕްރޮޖެކްޓެއް ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު އެ ކަމަށް ބޭނުންވާ ފައިސާ ވަރަށް އަވަހަށް ހަމަޖެހޭނޭކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ހޮލެންޑުގެ ޑަޗް އައިއެންޖީ ބޭންކުއަކީ އެ ޤައުމުގެ ކުންފުނިތަކަށް މަޝްރޫއުތައް ދިނުމަށް ޝަރުތުކޮށް ލޯނުތައް ހަމަޖައްސާ ބޭންކެއްކަމަށާއި، އެއީ ދުނިޔޭގެ ގިނަ ބޭންކުތަކުން ކުރަމުންދާ ކަމެއް ކަމަށެވެ.

“ބޮސްކާލިސް އަށް އަޅުގަނޑުމެން މި ޕްރޮޖެކްޓް ދިނީ ކީއްވެތޯ؟ އެއް ކަމަކަށް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، މި ޕްރޮޖެކްޓް ހިންގަން އަޅުގަނޑުމެން ބޭނުން ވަނީ ޑަޗް އައިއެންޖީ ބޭންކްގެ ފައިނޭންސިން އަޅުގަނޑުމެންނަށް ލިބިގެން،” މިނިސްޓަރު ވިދާޅުވި އެވެ.

މި ކަމަކީ ކޮރަޕްޝަންގެ އަމަލެއްކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުންދާ މި ދަނޑިވަޅުގައި މިނިސްޓަރ އަމީރު ވަނީ މި ޕްރޮޖެކްޓް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިނގާފައިނުވާނޭކަމަށެވެ. އަދި މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ލިއްޔަތު ގަވައިދުގެ ދަށުން މި ސަރުކާރުން އަލަށް ހަދާފައިވާ “އަން ސޮލިސިޓެޑް ޕްރޮޕޯސަލް ޕޮލިސީ” (ޔޫއެސްޕީ ޕޮލިސީ) އާ އެއް ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓް ބިޑަކާއި ނުލާ ހަވާލުކުރުމުން ރައްޔިތުންގެ މަޖިލީހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ މިކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިނގާފައިވޭތޯ ބެލުމަށް ތަހުގީގު ފަށާފައެވެ. އަދި މިފަދަ ޕްރޮޖެކްޓްތައް މާލިއްޔަތު ގަވާއިދުގެ ރޫހާއި އެއްގޮތަށް އާންމުކޮށް އިއުލާނުކޮށްގެން ކުރިޔަށް ގެންދިޔުމަށް އޭސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: