ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރީޒަރުތަކަށް މުދާ ފޯރުކޮށްދޭނެ ފަރާތެއް އެސް.ޓީ.އޯއިން ހޯދަނީ

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ހެޑް އޮފީސް - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ސުޕަމާޓް ފިހާރައިގެ ފްރީޒަރުތަކަށް މުދާ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

އެސް.ޓީ.އޯ އިން މިއަދު ނެރެފައިވާ އިއުލާނުގައި ވާގޮތުން ހުޅުމާލެ އާއި މާލޭގައި ހުންނަ  އެސް.ޓީ.އޯ ސުޕަމާޓްގެ ފްރީޒަރުތަކަށް މުދާ ފޯރުކޮށްދީ، ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ވަނީ އިއުލާން ކޮށްފައެވެ.

ބީލަމަށް ރަޖިސްޓަރީ ކުރައްވަން ބޭނުންވާފަރާތްތަކުން 30 އޮކްޓޯބަރު  9:00 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެގެން ނުވަތަ އީމެއިލް އެޑްރެސް މެދުވެރިކޮށްވެސް ރަޖިސްޓަރީ ކުރެވެވޭނެކަން އިއުލާނުގައި ފާހަގަ ކުރަށްވާފައި ވެއެވެ. އަދި، ބީލަމަށް ރެޖިސްޓަރ ކުރާ ފަރާތްތަކަށް ބީލަން ކަރުދާސްވެ 30 އޮކްޓޯބަރ ގައި ދޫކުރަން ވަނީ ހަމަޖެހިފައެވެ.

ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޮވެމްބަރު 4 ވަނަ ދުވަހު އެސް.ޓީ.އޯ ޓްރޭޑް ސެންޓަރުގައި ބޭއްވޭނޭކަމަށްވެސް އިއުލާނުގައި ވެއެވެ.

ރަޖިސްޓަރީ ކުރެއްވުމަށްފަހު ސުވާލެއް ހުށަހަޅަން ބޭނުންވާނަމަ އީމެއިލްގެ ޒަރިއްޔާއިން ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ބަލައިގަންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި، ކުރެވޭ ސުވާލުތަކަށް ނޮވެމްބަރު 7 ގެ ކުރިން ޖަވާބެއް ލިބޭނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. ބީލަން ކަރުދާސް ހުޅުވަން ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހު އެސްޓީއޯ ހެޑް އޮފީހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: