ކުއްލި ޚަބަރު

"ތުޙުމަތުތަކަކީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފަ ތުޙުމަތުތަކެއް"- ޖޭއެސްސީ

ޖޭއެސްސީގެ ބައްދަލުވުމެއް.... ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު ޖުޑީޝަލް ސާރވިސް ކޮމިޝަންއާއި ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުތަށް އެކޮމިޝަނުން ދޮގުކޮށްފިއެވެ.

މަގާމުން އިސްތިއުފާ ދެއްވާ ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފްއަށް ރާގިބް ފޮނުވި ސިއްޓީގައި ވިދާޅުވީ އޭނާގެ މައްސަލަ ޖޭއެސްސީއިން ތަހުގީގުކޮށްފައިވަނީ ޒާތީ ތަައައްސަބުން ފުރިގެން ތިބި، އޭނާގެ ދިފާއުގައި ވެސް ތަފްސީލީ ޖަވާބެއް ދިނުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށެވެ.

ރާގިބް ވިދާޅުވީ ޖޭއެސްސީގެ ތުހުމަތުތަކަކީ ސައްހަ ހެއްކެއް ނޫންކަން ސާބިތުކޮށްދީ އޭނާ ހުށަހެޅި 16 ސަޮފުހާގެ ބަޔާނަށް ވެސް ބަލާފައި ނުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް މައްސަލަ ސާބިތުވާކަމަށް ޖޭއެސްސީއިން ނިންމި ހެކިތަކަކީ ޒާތީ ހެކިތަކެއްކަމަށް ވެސް ރާގިބް ވަނީ ތުހުމަތުކޮށްފައެވެ. ޖޭއެސްސީގައި މިހާރު ތިއްބެވި މެމްބަރުންނަކީ ސިޔާސީ ޕާޓީއެއްގެ ލޯގޯ ވިއްކައިގެން އެ މަގާމަށް އައި ބައެއްކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފައެވެ. އަދި ފަނޑިޔާރުން ވަކި ކުރާ މަޖިލީހަކީ ވަކި ސިޔާސީ ޕާޓީއެްގެ މެޖޯރިޓީއެއް އޮތް ތަނަކަށް ވާތީ އޭނާއަށް ވެސް ނުވަތަ އެހެން މީހަކަށް ވެސް އިންސާފެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް ރާގިބް ވަނީ ވިދާޅުވައެފައެވެ.

ރާޢިިބްގެ ތުހުމްތުތައް ދޮގު ކުރައްވައި ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާޣިބު އިސްތިއުފާ ދެއްވާ، ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ސިޓީގައި އެ ކޮމިޝަނަށް ކޮށްފައިވާ ތުޙުމަތުތަކަކީ ކަނޑައެޅިގެން ހަޤީގަތާއި ޚިލާފަ ވާހަކަތެއް ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލަ ބަލަމުންދަނީ ޤާނޫނާއި ޤަވައިދުތަކުން ކޮމިޝަނުން އެފަދަ މައްސަލަތަށް ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަަމަށާއި ފަނޑިޔާރުންނާއި މެދު ފިޔަވަޅުއަޅަމުންދަނީ ޤާނޫނީ ގޮތުން ކަށަވަރުކޮށްދޭ އެންމެހާ ޙައްޤުތަށް ދީ، ޤަވައިދުތަކުގައި ކަނޑައަޅާފައިވާ އިޖުރާޢަތާއި އެއްގޮތަށް ކަމަށެވެ.

ކ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި މުޙައްމަދު ރާޣިބުއާއި ބެހޭގޮތުން ހުށަހެޅިފައިވާ ބައެއް މައްސަލަތަށް ޖޭއެސްސީއިން ބެލުމަށްފަހު ފިޔަވަޅެއްގެ ގޮތުގައި ފަނޑީޔާރު ކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިމަހުގެ 23 ވަނަ ދުވަހު ނިންމާފައިވަނީ ޖުޑިޝަލް ސާވިިސް ކޮމިޝަންގެ ޤާނުނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުޙަލާއެއް ފުރިހަމަ ކޮށް އެ ފަނޑިޔާރަށް ލިބެން ޖެހޭ ކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެހާ ޙައްގުތަށް ފުރިހަމައަށް ދިނުމަށް ފަހުގައި ކަމަށް ބަޔާނުގައިވެއެވެ.

އެގޮތުން ތަޙުޤީގައި ރާޣިބުއާއި ސުވާލުކޮށްފައިވާނީ ޤާނޫނީ ވަކީލެއް އައްޔަން ކުރުމަށް ފުރުސަތުދެވި ޤާނޫނީ ވަކީލެއްގެ ހާޒިރުގައި ކަމަށާއި މައްސަލަތަކުގައި ދައްކަން ބޭނުންވާ ވާހަތަށް ދެއްކުމުގެ ފުރުސަތު އެބޭފުޅާއަށް ދީފައިވާނެ ކަމަށެވެ. އަދި ތަަހުޤީގު ރިޕޯޓަށް ޖަވާބުދާރީވުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ 30 ދުވަހުގެ މުހުލަތުވެސް ރާޣިބުއަށް ދީފައިވާނެ ކަމަށާއި އެ ފުރުސަތުގައި ރިޕޯޓާއި ގުޅިގެން ލިޔުމުން ޖަވާބު ހުށަހަޅާފައިވާކަން ޖޭއެސްސީގެ ބަޔަނުގައި ވަނީ ފާހަގަކޮށްފައެވެ.

ރާޣިބު މަޤާމުން ވަކިކުރުމަށް ކޮމިޝަނުން ނިންމީ އޭނާގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ސާބިތުވާ ކަމަށް ކޮމިޝަނުން ކަނޑައެޅުމުންނެވެ. އޭގެ ތެރޭގައި:

1- ކޯޓުގައި މަސައްކަތް ކުރާ ދެ އަންހެން މުވަޒަފަކަށް ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ ގޯނާ ކުރި މައްސަލައަކާއި
2- ކ. ތުލުސްދޫ ކޯޓުން ހުކުމްކޮށް ނިންމާފައިވާ މައްސަލައެއްގައާއި ކ. ދިއްފުށި މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށް ނިންމާފައިވާ މައްސަލައެއްގައި، އެޤަޟިއްޔާތަކުން ކޮށްފައިވާ ޙުކުމަށް ބަދަލުގެނެސް ޝަރުޢީ ލިޔެކިއުމަށް ބަދަލު ގެނައުމުގެ މައްސަލަ.
3- ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ އެއްފަރާތާއި ގާތްގުޅުން ބާއްވާ މައްސަލަ.
4- ކޯޓުގެ މުވަޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމާއި މުވަޒަފުންލައްވާ މަޖުބޫރުން، މުވަޒަފުންގެ ޒިންމާއިން ބޭރު ބޯޑެތި މަސައްކަތް ކުރުވުމުގެ މައްސަލަ.
5- ސިޔާސީ ހަރަކާތްތަކުގަިއ ބައިވެރިވުމާއި، ސިޔާސީ ފަރާތްތަކަށް ތާޢީދުހޯދުމަށް ޢަމަލީ ގޮތުން ހަރަކާތްތެރިވި މައްސަލަ.
6- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާފައިވާ އިދާރީ ހިންގުމުގެ އުސޫލާ ޚިލާފަށް އަތޮޅުގެ އިދާރީ ކަންކަން ބައްޓަންކޮށް ކޯޓުގެ އެޑްމިނިސްތްރޭޓަރގެ މަސްޢޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާ މައްސަލަ.
7- ކ. ތުލުސްދޫ މެޖިސްޓްރޭޓަށް ހުށަހެޅުނު ކައިވެނީގެ މައްސަލައެއްގައި ހިމެނޭ އަންހެންކުއްޖެއްގެ ނުރުހުމުގައި އެކުއްޖާގެ ކައިވެނި ކޯޓުގައި ކުރުވުމަށް މަޤާމުގެ ނުފޫޒު ބޭނުންކުރި މައްސަލަ.
8- ބިދޭސީ އަންހެނަކު ތުލުސްދޫއަށް އޭނާއާއި އެކު ގެންގޮސް، ފަނޑިޔާރުންގެ އަދަބާ ޚިލާފު އަމަލުތައް ހިންގުމުގެ މައްސަލަ.

ޖޭއެސްސީއިން ބުނީ ރާޣިބުގެ މައްޗަށް ސާބިތުވާ ސުލޫކީ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކަކީ އެ މައްސަލަތަކުގެ ބާވަތުން ޖިނާޢީ ތަޙުޤީޤު ހިންގަން ޖެހޭ މައްސަލަތަކެއް ކަމަށް ފެންނާތީ އެ މައްސަލަތަށް ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ.

ފާހަގަކުރެވުނު ސުލޫކީ މައްސަލަތަކުގެ އިތުރުން އޭނާ މަޤާމުން އިސްތިއުފާ ދެއްވިއިރު ޖޭއެސްސީއިން އޭނާގެ މައްޗަށް ތަޙުމަތު ކުރެވިގެން 2 މައްސަލައެއް ދަނީ ތަޙުޤީޤު ކުރަމުންނެވެ. އެ ދެ މައްސަލައަކީ:
1- 2010 ވަނަ އަހަރު ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމީއްޔާއިން ހިންގި ޝަރީޢަތާއި ޤާނޫނުގެ ޑިޕްލޮމާ ކޯހުގެ އިމްތިހާނެއް ކޮޕީކޮށް، މަކަރު ހަދާފައިވާކަމަށް ހުށަހެޅިފައިވާ މައްސަލަ.
2- ގދ. ޖުޑީޝަލް ދާއިރަގެ އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވިއިރު، އެހެން މެޖިސްޓްރޭޓުންނާއި ހަވަލުކޮށްފައި ހުރި މައްސަލަތައް ބަލާފައިވާ މައްސަލަ.

މީގެ އިތުރުން ރާޣިބުއާއި ގުޅޭގޮތުން 2009ން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ޖޭއެސްސީއަށް ހުށަހަޅާފައިވާ 9 ޝަކުވާއެއްގެ ބަލާނެތަނެއްނެތްކަމަށް ނުވަތަ އޭނާގެ މައްޗަށް އެ ޝަކުވާތަށް ސާބިތުވާކަމަށް ކޮމިޝަނުން އެ މުއްދަތުގެ ތެރޭގައި ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ފަނޑިޔާރު ކަމުގައި ހުންނެވިއިރު އޭގެތެރެއިން 5 މައްސަލައެއްގައި ފިޔަވަޅުއަޅާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ފަހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: