ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް މަސައްކަތު ބައްދަލުވުމެއް

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލާ އާތިޔާ ނަސީރު އާއި މަސައްކަތު ބައްދަލުވުމުގެ ބައިވެރިން - ( ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް މަސައްކަތްކުރުމުގައި ސްކޫލްތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން މަސަތްކަތު ބަށްދަލުވުމެއް ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ޔޫ.އެން.ޑީ.ޕީ އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) ގުޅިގެން “ފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް މަސައްކަތްކުރުމުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރު” ނަމުގައި ހިންގާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ 7ވަނަ ޕްރޮގްރާމް ޏ.ފުވައްމުލަކު ހާފިޒް އަޙްމަދު ސްކޫލް ގައި ވަނީ ބާއްވާފައެވެ.

މި މަސައްކަތު ބައްދަލުވުން އިފްތިތާޙުކޮށްދެއްވާފައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލާ އާތިޔާ ނަސީރުއެވެ. ސްޓޭޓް މިނިސްޓަރ އާތިޔާ ގެ ވާހަކަފުޅުގައި ސްކޫލް ދަރިވަރުންގެ މެދުގައި ދިވެހިރާއްޖޭގައި ފިކުރީ ހައްދުފަހަނައަޅައި ދިއުން އޮތް މިންވަރަށް ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ރަނގަޅުމަގުދައްކައި ދިނުމަކީ ތަޢުލީމީ ދާއިރާގައި ކިޔަވައިދޭ ފަރާތްތަކުގެ މައްޗަށް ލާޒިމް ކުރާކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވަން ހަމަޖެހިފައިވަނީ އެންސީޓީސީ އާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބޭފުޅުންގެ އިތުރުން މޯލްޑިވްސް އިސްލާމިކް ޔުނިވާރސިޓީ ގެ ވައިސް ޗާންސަލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. ފުވައްމުލަކުގެ 4 ސްކޫލްގެ ޕްރިންސިޕަލުންނާއި އިސްވެރިން މި ޕްރޮގްރާމްގައި ވަނީ ބައިވެރި ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: