ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާމް ގެ ޕްރިޕަރޭޓަރީ މިނިސްޓީރިއަލް މީޓީންގައި ފޮރިން ސެކްރެޓަރީ

ނަން-އެލައިންޑް މޫވްމަންޓްގެ ޕްރިޕަރޭޓަރީ މިނިސްޓީރިއަލް މީޓީންގައި ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދު - (ފޮޓޯ: ފޮރިން މިނިސްޓރީ)
ޝެއާރކޮށްލާ ކަހަލަދޯ؟

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓްގެ ޕްރިޕަރޭޓަރީ މިނިސްޓީރިއަލް މީޓީންގައި ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުމަކީ ނަން-އެލަންޑް މޫވްމަންޓްގައި ހިމެނޭ ޤައުމުތަކުގެ ވެރިންގެ 18 ވަނަ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން ސެކްރެޓަރީ ޣަފޫރު ވިދާޅުވީ ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މެމްބަރު ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުން މުހިއްމުކަމަށެވެ. އަދި ޤައުމުތަކާއި ގުޅިގެން މައްސަލަތަކަށް ހައްލު ހޯދުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށްވެސް ފޮރިން ސެކްރެޓަރީ ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތަކަކީ މުޅި ދުނިޔެއަށްވެސް އަދި ޚާއްސަކޮށް ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ޣަފޫރު ވިދާޅުވިއެވެ. އެހެންކަމުން ތިމާވެއްޓާއި ރައްޓެހި އިޤްތިޞާދަކަށް ބަދަލުވުމަށް ޤައުމުތަކުން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި ހަމައެއާއިއެކު، ޣަފޫރުގެ ވާހަކަފުޅުގައި، ފަލަސްތީނުގެ ރައްޔިތުން މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން ތާޢީދުކުރާކަން މި ބައްދަލުވުމުގައިވެސް ހާމަކުރެއްވިއެވެ.

މި އަހަރުގެ ނާމް ސަމިޓް ބޭށްވުމަށް ހަމަޖެހިފައި ވަނީ އަޒަރބައިޖާންގެ ވެރި ރަށް ބާކޫ ގައެވެ. މި ހަފްތާގެ 25-26 ބޭއްވުމަށް ހަމަޖެހިފައިވާ ނާމްގެ 19 ބަށްދަލުވުމުގައި އެކި ގައުމުތަކުގެ އިސް އޮފިށަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވުމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަޒަރްބައިޖާނަށް މިއަދު ފުރައިވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: