ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ތަހުގީގު ހުޅުވާލައިގެން ބައްވަނީ!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ --- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށް ޖޭއެސްއީއިން ނިންމައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 28 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ޝަކުވާގެ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދެވޭނެއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ އެހެން ދެ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ދާދިފަހުން ޖެއެސްސީން ވަނީ ނިންމާފައެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ގުޅޭގޮތުން ބެލުމަށް ނިންމާފައިވާ މައްސަލައާއި ގުޅޭގޮތުން ޖޭއެސްސީން ބުނެފައިވަނީ ތަހުގީގު ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ 27 އޮކްޓޯބަރު ގައި ކަމަށެވެ. އަޑުއެހުން ބާއްވާނެ ތަނެއްކަމަށް ޖޭއެސްސީއިން ބުނެފައިވަނީ ޖުޑީޝަލް ކޮމްޕްލެއިންސް އެންޑް އިންވެސްޓިގޭޝަން ސެކްޝަން (ޕޯސްޓް ބިލްޑިން 6 ވަނަ ފަންގިފިލާ) ގައި ކަމަށެވެ.

ޖާގައޮތް މިންވަރަކުން އަޑުއެހުމަށް އާއްމުންނަށް ވަދެވޭނެކަން ފާހަގަކޮށް ޖޭއެސްސީއިން ބުނެފައިވަނީ، އަޑުއެހުން ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ 15 މިނިޓް ކުރިން އައުމަށް އެދޭ ކަމަށެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ގުޅޭގޮތުން ޖޭއެސްސީން ބަލަމުން އަންނަނީ، ސީދާ ކޮން މައްސަލައެއްކަމެއް ސާފެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: