ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންގައި ހިމެނޭ މީހުންގެ ލިސްޓެއް ހޯދުމަށް މަހުލޫފަށް އަރިހަށް!

ސިޓި ހުށަހެޅުމަށްފަހު ޕްރޮގްރެސިވް ކޯލިޝަންއިން ނޫސްވެރިންނަށް މައުލޫމާތު ދެނީ... ފޮޓޯ: ސަަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކު އެމްޑީއެންގައި މަސައްކަތް ކުރި މީޙުންގެ ލިސްޓެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ތޯރިގު ޔޫތް މިނިސްޓްރ އަޙުމަދު މަޙުލޫފަށް ސިޓީއެއް ހުށަހަޅައިފިއެވެ.

މެންބަރު ތޯރިޤު ޔޫތް މިނިސްޓަރއަށް ހުށަހެޅުއްވި އެ ސިޓީގައި ވަނީ އެމްޑީއެންގެ ބޯޑުގައި 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތްކޮށްފައިވާ ބޭފުޅުންގެ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީކާޑު އެނގޭނެހެން ލިސްޓެއް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިފައެވެ.

މެންބަރު ތޯރިގު މިނިސްޓަރ މަހުލޫފަށް ހުށަހެޅުއްވި ސިޓީ…

އެސިޓީ ހުށަހެޅެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް ވިދާޅުވީ އެމްޑީއެންގައި މަސައްކަތްކޮށްފައިވާ ބޭފުޅުންގެ ލިސްޓެއް ހޯދުމަށް ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދަކީ ކުރިން އެމްޑީއެންގައި މަސައްކަތް ކޮށްފައިވާ ބޭފުޅެއްކަމަށް ބުނެ އަޑުތަށް ފެތުރުމުން އެކަން ޔަޤީންކުރުމަށް ކަމަށެވެ.

” މިހާރު ހުންނެވި ސީޕީ އެމްޑީއެންގައި މަސައްކަތް ކުރެއްވި ކަމަށް އަޑުތަށްފެތުރުމާއެކު ބައެއް މީޑިއާތަށް މެދުވެރިކޮށް އެކަން ދޮގުކުރި. ނަމަވެސް ފަހުން ފުލުހުން ޓުވީޓު ކުރި އެމްޑީއެންއާއި އެކު ސީޕީ ކުޑަ ދުވަސްކޮޅަކަށް މަސައްކަތް ކުރެއްވިކަން” ޝިޔާމް ވިދާޅުވިއެވެ.

އެމްޑީއެން ފެންނަނީ ސަރުކާރަށްވުރެ ވަރުގަދަ ޖަމިއްޔާއްގެ ގޮތުގައި ކަމަށާއި ޖަމާއަތުގެ މަޤުސަދާއި މެދު ޝިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރޭވުންތެރިކަމެއްގެ ތެރެއިން އިސްލާމްދީން ފޮހެލުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެމްޑީއެން ހުއްޓުވަން، ތަޙުޤީޤުކުރުމުގެ ނަމުގައި ނަގާ މުައްދަތަކީބަލައިގަނޭވެނެ މުއްދަތެއް ނޫން ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

” މައްސަލާގައި ތަޙުޤީޤު ކުރާނެ އެއްވެސް އެއްޗެއްނެތް. މިހާރުން މިހާރަށް އެމްޑީއެން އުވާލާ، ސަރުކާރު ވަޒީފާތަކުގައި ތިބި މީހުން މިހާރުން މިހާރަަށް ވަޒީފާއިން ވަކިކުރަން އެބަޖެހޭ. ފިޔަވަޅު އަޅަން އެބަޖެހޭ. މައްސަލަ ބަލަން އެބަޖެހޭ”

މިކަމާއި ގުލޭގޮތުން ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ އެމްޑީއެން ރިޕޯޓު އެކުލަވާލި މީހުންނާއި ޖަމިއްޔާގެ އިސްވެރިން މިޙާރުވެސް ސަރުކާރުގެ ބޮޑެތި މަޤާމުތަކުގައި ރައްޔިތުންގެ ބައިތުލްމާލުން މުސާރަ ނަންގަވައިގެން އެބަތިއްބެވި ކަމަށާއި މި މީހުން ވަޒީފާއިން ވަކިކުރަން ތިން ހަފްތަ ހަތަރު ހަފްތާ ނަގަން ނުޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“ފިޔަވަޅު އަޅަނީއޭ ކިޔާތާ މަސްދުވަސްވެގެން މިދަނީ. ރައްޔިތުންނަށް އޮޅުވާލައިގެން ގުނބޯހައްލަންތޯ މިއުޅެނީ؟ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ހުވާގައި އޮންނާނީ އިސްލާމްދީން ހިމާޔަތްކުރާ ވާހަކަ. ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރާއި ކޮންމެ ފުލުހަކުވެސް ކޮންމެ ސިފައިންގެ މީހަކުވެސް އިސްލާމްދީން ހިމާޔަތް ކުރަން އޮންނާނީ ހުވާކޮށްފަ” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިސްލާމްދީނަށް ގޮންޖަހާލާފައި ބޭނުން ވާހަކައެއް ދައްކާފައި ރިޕޯޓު ނެރުނީމައި އަދިވެސް ފިޔަވަޅެއް އެޅިފައި ނުވާ ކަމަށެވެ.

” ހޯމް މިނިސްޓަރު ވިދާޅުވަނީ ފިޔަވަޅު އަޅާލެ ލަހެއް ނޫނޭ. މުޅި ސަރުކާރުވެސް ކުރިއަށް ދަނީ އެހާ ލަހުން. އެމީހުންގެ ސްޕީޑުގައި ފަހަރުގައި ލަސްނުވެދާނެ. އެކަމު ދިވެހި ރައްޔިތުންނަށް އެވަރު ނުފުދޭ” މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: