ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ގެ މަގާމަށް އަލީ އާރިފް

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

މިމަގާމަށް އަލީ އާރިފް އަށްޔަން ކުރެވިފައިވަނީ ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް މަގާމުގައި ހުންނެވި ކުރީގެ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ހުސެން ރަޝީދު އިސްތިއުފާދެއްވާފައި ވަނީ ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ މަގާމަކާއި ހަވާލުވުމުގެ ގޮތުންނެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އަށްޔަން ކުރިކަމުގެ ލިޔުން އަލީ އާރިފްއާ ހަވާލު ކޮށްފައި ވަނީ ޖޭޕީ ގެ ލީޑަރ ގާސިމް އިބްރާހިމް އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައި ހުންނެވުމަށްފަހު، ޖޭޕީއާ އަލީ އާރިފް ގުޅިވަޑައިގަނެފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ކުރީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންތަކެއް ޖޭޕީއާ ގުޅިވަޑައިގަތުމާ އެކު ޕާޓީގެ ހަރަކާތްތަކުން ޖޭޕީގައި ދުވަސްވީ ބައެއް ބޭފުޅުން ޕާޓީގެ ކަންކަމުގައި އުޅުއްވާތަން ފެނުން ވަނީ ވަރަށް މަދުވެފަ އެވެ.

ޖޭޕީއަށް ބަދަލުތަކެއް ގެނެސް ޕާޓީ ވަރުގަދަކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު ޕާޓީގެ އިސް ސަފުގައި މިހާރު ތިށްބެވީ ޕީޕީއެމްގައި ތިއްބަވާފައި ޖޭޕީއާއި ގުޅިވަޑައިގެން މެންބަރުންނެވެ. މިކަމާއި ގުޅިގެން ސަރުކާރު ކޯލިޝަންގެ މައި ޕާޓީގެ އެތައް މެންބަރުންތަކެއް ދަނީ ޖޭޕީ ކޯލިޝަން އިން ބޭރުކުރުމަށް ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: