ކުއްލި ޚަބަރު

"ޖޭއެސްސީ މެމްބަރުންނަކީ ސިޔާސީ ޕާޓީއެއްގެ ލޯގޯ ވިއްކައިގެން އެ މަގާމަށް އައި ބައެއް"

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މަގާމުން އިސްތިއުފާ ދެއްވައިފި --- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިހާރު ތިއްބެވި މެމްބަރުންނަކީ ސިޔާސީ ޕާޓީއެއްގެ ލޯގޯ ވިއްކައިގެން އެ މަގާމަށް އައި ބައެއްކަމަށް ވިދާޅުވެ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ރާގިބު މަގާމުން ވަކި ކުރަން ޖޭއެސްސީއިން ލަފާދީފައިވަނީ ބުދަ ދުވަހުއެވެ. އޭނާ މަގާމުން އިސްތިއުފާ ދީފައިވަނީ މައްސަލަ ހުށަހެޅިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.

އެ ކޮމިޝަނުން ރާގިބް ވަކި ކުރުމަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 73 ވަނަ ބައްދަލްވުމުގައެވެ. ރާގިބް އާއި ބެހޭގޮތުން ތަހުގީގު ކުރެވުނު މައްސަލާގައި ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު އެ މައްސަލާގައި ކޮމިޝަނުން ގޮތެއް ނިންމުމަށް ހުށައެޅުމުން ތަހުގީގު ރިޕޯޓްގައިވާ ފަދައިން ފަނޑިޔާރު ރާގިބު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީގެ ބަޔާނަށްފަހު، މަގާމުން އިސްތިއުފާ ދެއްވާ ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފްއަށް ރާގިބް ފޮނުވި ސިއްޓީގައި ވިދާޅުވީ އޭނާގެ މައްސަލަ ޖޭއެސްސީއިން ތަހުގީގުކޮށްފައިވަނީ ޒާތީ ތަައައްސަބުން ފުރިގެން ތިބި، އޭނާގެ ދިފާއުގައި ވެސް ތަފްސީލީ ޖަވާބެއް ދިނުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށެވެ.

ރާގިބް ވިދާޅުވީ ޖޭއެސްސީގެ ތުހުމަތުތަކަކީ ސައްހަ ހެއްކެއް ނޫންކަން ސާބިތުކޮށްދީ އޭނާ ހުށަހެޅި 16 ސަޮފުހާގެ ބަޔާނަށް ވެސް ބަލާފައި ނުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް މައްސަލަ ސާބިތުވާކަމަށް ޖޭއެސްސީއިން ނިންމި ހެކިތަކަކީ ޒާތީ ހެކިތަކެއްކަމަށް ވެސް ރާގިބް ވަނީ ތުހުމަތުކޮށްފައެވެ. ޖޭއެސްސީގައި މިހާރު ތިއްބެވި މެމްބަރުންނަކީ ސިޔާސީ ޕާޓީއެއްގެ ލޯގޯ ވިއްކައިގެން އެ މަގާމަށް އައި ބައެއްކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފައެވެ. އަދި ފަނޑިޔާރުން ވަކި ކުރާ މަޖިލީހަކީ ވަކި ސިޔާސީ ޕާޓީއެްގެ މެޖޯރިޓީއެއް އޮތް ތަނަކަށް ވާތީ އޭނާއަށް ވެސް ނުވަތަ އެހެން މީހަކަށް ވެސް އިންސާފެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް ރާގިބް ވަނީ ވިދާޅުވައެފައެވެ.

ޖޭއެސްސީން ބުނެފައިވަނީ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބް އަހުމަދާ ބެހޭގޮތުން ޖޭއެސްސީން ތަހުގީގު ކުރެވުނު މައްސަލާގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު އެ މައްސަލާގައި ކޮމިޝަނުން ގޮތެއް ނިންމުމަށް މިއަދު ހުށައެޅުމުން ތަހުގީގު ރިޕޯޓްގައިވާ ފަދައިން ފަނޑިޔާރު ރާގިބު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.

އިސް މެޖިސްޓްރޭޓް ރާގިބުގެ މަގާމުން ވަކި މަޖިލީހަށް ހުށައަޅަން ނިންމި އިރު ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއީ
ޖޭއެސްސީއިން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ވަކި ކުރި ފުރަތަމަ ފަނޑިޔާރެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީވެސް މަގާމުން ވަނީ ވަކިކޮށްފައެވެ.

މިފަހުން ޖޭއެސްސީއައި ބޮޑު ބަދަލާއެކު ގިނަ ފަނޑިޔާރުންތަކެއްފެ މައްސަލަތައް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: