ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނު ތަކަށް ދެއްކި ފައިސާގެ އަދަދު 900 މިލިއަނަށް!

ލޯނު ތަކަށް ދެއްކި ފައިސާގެ އަދަދު 900 މިލިއަން ރުފިޔާއަށްވުރެ މައްޗަށް -- ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން ނަގާފައިވާ ލޯނު ތަކަށް ދެއްކި ފައިސާގެ އަދަދު 900 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް ލޯނު ދައްކަން 964.7 މިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ. މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ލޯނު ދައްކަން ކަނޑައަޅާފައިވަނީ 2.8 ބިލިއަން ރުފިޔާ އެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ އިކޮނޮމިކް ބުލެޓިންގައި، ވާގޮތުން މިދިޔަ އަހަރުގެ ފަހު ހަ މަސްދުވަހު ދައުލަތުގެ ޖުމްލަ ދަރަނި 48 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެ އަދަދު ވަނީ 50.9 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ޖުމްލަ ދަރަނީގެ 58 އިންސައްތަ ކަމަށްވާ އެތެރޭގެ ދަރަނީގެ ގޮތުގައި ހުރި 29.7 ބިލިއަން ރުފިޔާ އަދި ބޭރުގެ ދަަރަނީގެ ގޮތުގައި ހުރި 21.3 ބިލިއަން ރުފިޔާ އެވެ. ރިޕޯޓުތަކުން ދައްކާގޮތުން އެތެރޭގެ ދަރަނީގެ ތެރެއިން ބޮޑު ބައެއް ހިައްސާ ކުރަނީ ސަރުކާރުން ވިއްކާފައިވާ ޓީބިލާ ބޮންޑަށެވެ. އަދި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ޓީބިލާއި ބޮންޑު ވިއްކާފައިވާއިރު އޭގެ ތެރެއިން 1.1 ބިލިއަން ރުފިޔާ ގަނެފައިވަނީ ރާއްޖޭގެ ބޭންކުތަކުންނެވެ.

ދަރަނި 1.9 ބިލިއަން ރުފިޔާ އިތުރުވި އިރު އޭގެ ތެރެއިން 1.5 ބިލިއަން ރުފިޔާއަކީ މިހާރު ދަރަނީގެ ގޮތުގައި ރެކޯޑު ކުރެވިފައި ވީނަމަވެސް، ފަހުން ހިލޭ އެހީއަކަށް ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން ފިނޭންން މިނިސްޓްރީގެ އެބައޮތެވެ. ދަރަނި އިތުރުވުމާއި ގުޅިގެން އަމާޒުވީ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ފިނެންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޓީބިލްގެ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް 325 މިލިއަން ރުފިޔާ ރިކޯޑް ކޮށްފައި ވާނެ ކަމަށެވެ. އަދި ރަނީގައި ޓީބިލުގެ އިތުރުން، ލޯނުން ހިންގާ މަޝްރޫއުތަކުގެ ޑިސްބާޒްމަންޓުތައް ވެސް ހިމެނޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ދަރަނި ބޮޑުވުމުގެ މައްސަލަ ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ސަމާލުކަމަށް ގެންނަމުންނެވެ. އެގޮތުން، ރާއްޖެ އަށް ކްރެޑިޓް ރޭޓިން ދޭ އެއް އެޖެންސީ ކަމަށްވާ މޫޑީސް އިންވެސްޓާ ސާވިސް އިން ރާއްޖެ އަށް ދީފައިވާ “ބީ ނެގެޓިވް” ކްރެޑިޓް ރޭޓިން މި އަހަރަށް ދަމަހައްޓަމުން ވެސް ބުނެފައި ވަނީ، ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުން ނިންމާފައިވުމުގެ ސަބަބުން ރާއްޖޭގެ ދަރަނި ބޮޑުވެ، ބަޖެޓް ޑެފިސިޓް ފޫބައްދަން އުނދަގޫވެ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ މާލީ ހާލަތަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށެވެ.

މީގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގެ އިގްތިސާދު އޮތް ގޮތް ބެލުމަށް ފަހު ވޯލްޑް ބޭންކުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ރިއަލް ޖީޑީޕީގެ ކުރިއެރުން ދަށަށް ދިޔައީ ރާއްޖޭގައި ހިންގަމުން އަައި އިމާރާތްކުރުމުގެ ބޮޑެތި ބައެއް މަޝްރޫއުތައް ނިމުމާ ގުޅިގެން ކަމަށާއި ޓޫރިޒަމް އިންޑަސްޓްރީ އަށް ގެންނަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ދުރުނޫން މުސްތަގުބަލެއްގައި ކުރިއެރުމުގެ ނިސްބަތް ހަމަޔަކަށް އެޅޭނެ ކަމަށެވެ. ނަމަވެސް އިގުތިސާދު ރަނގަޅުކުރުމަށް ރިކަރެންޓް ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ވެސް ރިޕޯޓްގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: