ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓްލުމުގެ ހައްގު 87،431 މީހުންނަށް !

މާލޭ އާޓީފިޝަލް ބީޗް ސަރަހަށްދުގައި އެމްޑީޕީއިން ބޭށްވި އެއްވުމެއްގެ ތެރެއިން - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑާޝީޕް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 87،400 މީހުންނަށް ލިބިގެންވާކަން ހާމަކޮށްފިއެވެ.

ނޮވެންބަރު މަހުގެ 22 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ އިލެކްޝަންގައި ވޯޓުލުމު ހައްގު ލިބިގެންވާ މީހުންގެ ލިސްޓެއްވަނީ ހާމަކުރަށްވާފައެވެ. މި ލިސްޓުގައި 87 ދާއިރާވަކިން ފާހަގަކުރަށްވާ ޖުމްލަކޮށް 87.431 މީހުން ހިމެނެއެވެ.

ޕާޓީގެ ރައީސްގެ މަގާމަށް މިފަހަރުވެސް ކުރިމަތި ލާފައިވަނީ ރައީސް މުހައްމަދު ނަޝީދު އެކަނިއެވެ. އަދި، ނައިބުރައީސްގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝީފާޒް ވަނީ ކުރިމަތިލަށްވާފައެވެ

ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް އެމްޑީޕީން ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

2014 ވަނަ އަހަރުގެ އޯގަސްޓް މަހު އެމްޑީޕީއިން ބޭއްވި ލީޑަރޝިޕް އިންތިހާބުގައި ޕާޓީގެ ރާއީސްކަމަށް ރައީސް ނަޝީދު ވާދަކުރަށްވާ 33،709 ވޯޓް ލިބުފައިވާއިރު ޕާޓީގެ ނައިބު ރައީސްކަމަށް ޝިފާޒަށް ލިބިފައިވަނީ 21،052 ވޯޓެވެ. އެ އިންތިހާބުގައި 57،204 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވިއެވެ.

އެމްޑީޕީގެ ދަފްތަރު 87،431 އަށް އަރާފައިވާއިރު، މިދިޔަ އޮގަސްޓު މަހު އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެޕާޓީގެ މެމްބަރުންގެ އަދަދަކީ، 54،045 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: