ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމަތަކަށް، ދިވެހިން ފޮނުވުމުގައިސް އިސްކޮށް އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް!

ހަނގުރާމައަށް ދިވެހިން ފޮނުވާ އިސްމީހަކު ހައްޔަރުކުރުން - ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް ޓެރަރިޒަޓް ޖަމާއަތްތަކުގެ ހަރުކަށި ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިވެހިން ފޮނުވަމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނެފައިވާގޮތުން އޭނާއަށް ތުހުމަތު ކުރަނީ ހަރުކަށި ފިކުރު ފެތުރުމާ، ހަނގުރާމަތަކަށް މީހުން ފޮނުވުމުގައި އިސްކޮށް އުޅޭކަމަށެވެ.

ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހައްޔަރު ކުރި މީހާ ވަނީ މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަަމަލުތައް ހިނގުމަށް އޭނާގެ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.

ހައްޔަރުކޮށްފައިވާ ފިރިހެން މީހާގެ އުމުރު ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ. އެގޮތުން، އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ކަން ނުވަތަ އަތޮޅުތެރޭ ރަށަކުން ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފައްދަމުން ދިޔަ މީހަކު ހައްޔަރުކޮށްފައިވަނީ މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލުމާއި އެފަދަ އަމަލުތައް ކުރާ މީހުން ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.

ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ އެވެ. އަދި ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

ހަރުކަށި ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިއުމާ، އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަކީ ގާނޫނީ ކުށެކެވެ. އެ ކުށްތަކަށް ގާނޫނުގައި ވަނީ ބޮޑެތި އަދަބުތައް ކަނޑައަޅާފަ އެވެ. ދާދި ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި ވެސް މިފަދަ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައި ވެއެވެ.

ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ އެވެ. އޭގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

މީގެ އިތުރުން ދާދިފަހުން ރ. އަނގޮޅިތީމުގައި އެމްޑީއެންގެ އިސްވެރިން މަރަން ގޮވި މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ ބަޔަކު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފައެވެ. އޭގެ އިތުރުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެމްޑީއެން ތަމްސީލުކޮށް ބޭރު ދުނިޔޭގެ ގައުމެއްގައި ވާހަކަ ދެއްކި ވީޑިއޯއެއް އާއްމުވުމުން އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލައެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ

ޓެރަރިޒަމްގެ އިސްލާހުގައިވާ ގޮތުން ޓެރަރިސްޓް ޖަމައާތަތްތަަކަށް ތާއީދުކޮށް، އެފަދަ ޖަމާއަތްތަށް ޕްރޮޕޯޓު ކުރުން، މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން، ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން، މުދަލަށް ބޮޑެތި ގެއްލުން ދިނުން، ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން، އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުން، މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން އެއީ ޓެރަރިޒަމްގެ އަމަލުތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: