ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތުގައި ބައިވެރި ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލަނީ

ހިޔާނާތުގައި ބައިވެރި ފަނޑިޔާރުންގެ މައްސަލަ ބަލަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ބައެއް ފަނޑިޔާރުން ބައިވެރިވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވުމުން އެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީއިން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ހާޒިރުކުރުމުން ބިޝާމް ވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަނުގެ ތަހްގީގަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އެކަމުގައި ޝަރުޢީ ދާއިރާގައި މިހާރުވެސް ތިއްބެވި ބޭފުޅުންނާއި މިހާރުގެ ބައެއް ވަޒީރުންނާއި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ބައިވެރިވުން އޮތްކަމަށް ވިދާޅުފެފައެވެ.

ބިޝާމްގެ ވާހަކަފުޅުގައި ބައެއް ފަނޑިޔާރުންގެ ވާހަކަ އައިސްފައިވާތީ އެ މައްސަލަ ބެލުމަށް ނިންމާ އެމްއެމްޕީއާރުސީގެ މައްސަލާގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަނޑިޔާރުންނާއި އެކަމާއި ގުޅޭ ހެކިތަށް ޖޭއެސްސީއާއި ހިއްސާކޮށްދިނުމަށް އެދި ކަމާއި ގުޅުން ހުރި އިދާރާތަކަށް އެންގުމަށްވެސް މިއަދު ބައްދަލުކުރެއްވުމުގައި ވަނީ ނިންމާފައެވެ.

މާލެ އަތޮޅު ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް މުޙައްމަދު ރާޣިބު އަޙުމަދާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަޙުޤީޤު ކުރެވުނު މައްސަލާގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުޙަލާއެއް ފުރިހަމަ ކުރުމަށްފަހު އެ މައްސަލާގައި ގޮތެއް ނިންމުމަށް މިއަދުގެ ބައްދަލުވުމުގައި ވަނީ ހުށަހަޅާފައެވެ. ތަޙުޤީޤު ރިޕޯޓުގައި ވާފަދައިން މާލެ އަތޮޅު ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް މުޙައްމަދު ރާޣިބު އަހުމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ބަލި ހާލަތު ހުރި ގޮތުން ވަޒީފާއިން މުސްކުޅިކޮށްދެއްވުމަށް އެދި ގދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަޙުމަދު ޝަރީފް ހުށަހަޅާފަިއވާ މައްސަލާގައި އެބޭފުޅާއަކީ އުމުރުން 57 އަހަރުވެފައިވާ މެޖިސްޓްރޭޓަކަށްވާތީ ހުށަހަޅާފައިވާ މެޑިކަލް ރިޕޯޓުތަކަށް ބަލާއިރު ސިއްޙީ މައްސަލަ ހުރިކަމަށް ފާހަގަކުރެވޭތީ އެބޭފުޅާވަނީ މަޤާުން މުސްކުޅިކޮށްދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: