ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާނުވާނޭނގި ޕީޕީއެމްގެ މެންބަރުން މަދުވަނީ!

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝީޔާމް - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ދަފުތަރުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ފޮނުވާ ކޮންމެ ފަހަރަކު މެމްބަރުންގެ އަދަދު މަދުވާ މައްސަލަ އެ ޕާޓީން އިލެކްޝަން ކޮމިޝަންގެ ސަމާލުކަމަށް  ގެނެސްފި އެވެ.

މިއަދު އީސީއަށް ވަޑައިގަތުމަށްފަހު އިސީ އިދާރާ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝީޔާމް ވިދާޅުވެފައިވަނީ މިހާތަނަށް ޕާޓީން ބެލި ލިސްޓުން 60 އިންސްއްތަ މެމްބަރުން ނޭނގި އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، ޕީޕީއެމް އަކީ ސައްހަގޮތުގައި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް އެންމެ މަސައްކަތް ކުރި ޕާޓީ ކަމަށާއި އެޕާޓީގައި ތިއްބަވާނީ ސައްހަ މެމްބަރުންކަމަށް ޝިޔާމް ފާހަގަކުރެށްވިއެވެ. އަދި، މި މަށްސަލަ ސައްހަ ގޮތުގައި ބަލައިފިނަމަ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް ޕީޕީއެމް ވާނޭކަންވެސް ވިދާޅުވިއެވެ.

ވެރިކަމުގައި ޕީޕީއެމް އޮތް އިރު މެމްބަރުންގެ އަދަދު 48،000 އަށް ވެސް އެރާފައިވެއެވެ. ސެޕްޓެންބަރު މަހު އީސީއިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ޕީޕީއެމްގައި ތިބީ 36،801 މެމްބަރުންނެވެ.

މިހާރު ވެރިކަންކުރާ މައި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ އަކީ 54،045 މެންބަރުންނާއި އެކު މިހާރު އެންމެ ގިނަ މެންބަރުން އުޅޭ ޕާޓީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: