ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީފައިވާ މުއްދަތަށް ގުޅީފަޅު ބިންހިއްކާ ނުނިންމޭނެ- ޝާހު

ނުސްވެރިންގެ ބައްދަލުވުމެއްގައި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވާހަކަދައްކަވަނީ... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީއިން މިހާރުވެސް ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށްގެންދާ ކަމަށާއި ގުޅިފަޅު މަޝްރޫ ސަރުކާރުން ބުނާ މުއްދަތަށް ނުނިންމޭނެ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

އެމްޓީސީސީއިން މިފަދައިން ހާމަކޮށްފައިވަނީ ބިޑަކާއި ނުލާ މާލޭގެ ވިޔަފާރ ބަނދަރު ގުޅީފަޅުގައި ތަރައްޤީ ކުރުމަށް 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސްއަށް އަށް ހަވާލުކުރުމާއި ގުޅިގެންނެވެ. އެ މަޝްރޫޢު ބޮސްކާލިސްއަށް ހަވާލުކޮށްފައިވަނީ 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ.

ޕްލޭނިން މިނިސްޓްރީއިން ބައެއް މީޑިއާތަަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކުރުމުގެ ބަދަލުގައި ބޭރުގެ ކުންފުންޏަކާއި ހަވާލުކުރީ ބޮސްކާލިއަސް އަކީ މީގެ ކުރިންވެސް ރާއްޖޭގައި ބިންހިއްކުމުގެ މަޝްރޫޢުތަށް ހިންގާފައިވާ ކުންފުންޏަކަށް ވެފައި އަވަސްކަމާ އިތުބާރާއެކު ނަތީޖާ ދައްކާފައިވާ ބަޔަކާއި އެކު ކުރިއަށް ދިއުމުގެ ބޭނުމުގައި ކަމަށެވެ. ޕްލޭނިން މިނިސްޓްރީއިން ބުނީ ބޮސްކާލިއަސްއަށް ދުވާލެއްގެ މައްޗަށް 120،000 ކިއުބިކް މީޓަރުގެ ބިން ހިއްކޭއިރު އެމްޓިސީސީގެ މަހާޖައްރާފުން ހިއްކޭނީ 15،000 ކިއުބިކް މީޓަރު ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެ ކުންފުންޏާއި ހަވާލުކޮށްގެން ގުޅިފަޅުގެ ބިންހިއްކާނަމަ ގާތްގަނޑަކަށް 2 އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ. ސަރުކާރުން ބޭނުންވަނީ މަޝްރޫޢު އެއަށްވުރެ އަވަހަށް ނިންމާލުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މަހާޖައްރާފަށް ކޮންމެ ފަހަރަކު ލޯޑުކުރެވޭނީ 3،500 ކިއުބިކް މީޓަރުގެ ވެލިކަމަށެވެ. އެ މިނުގައި މަސައްކަތް ދާނަމަ ސަރުކާރުން ޑިމާންޑްކޮށްފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާނުލެވޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.

” ބޮސްކާލީސްއިން 180 ދުވަސް ތެރޭ ނިންމާނެ ކަމަށް އެއޮތީ އެއްބަސްވެފަ. އެއީ ޔަގީނުން ވެސް އަޅުގަނޑުމެންގެ މިހިރަ ކެޕޭސިޓީއިން ކުރެވޭނެ ކަމެއް ނޫން” ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވާ ގޮތުގައި އެކުންފުނިން މިހާރުވެސް ސަރުކާރުގެ 38 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން އެބަ ދެއެވެ. އަދި މިހާރު ކުރިއަށްދާ ގުރައިދޫއާއި ތުލުސްދޫގެ ބިން ހިއްކުމުގެ މަޗްޝްރޫޢު ނިމޭނީ ތިން މަސްދުވަސް ފަހުން ކަމަށާއި މަހާޖައްރާފަށް އިތުރު މަސައްކަތަކާއި ހަވާލުވެވޭނީ އޭގެ ފަހުން ކަމަށް ވިދާޅުވިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ޝާހު ވަނީ އެކަުންފުނީގެ އަމާޒަކީ މިހާރު ހަވާލުކޮށްފައި ހުރި މަޝްރޫޢުތަށް އަވަހަށް ނިންމާލުން ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: