ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ ހިޔާނާތުގައި ޖެހިފައިތިބި ފަނޑިޔާރުންނާއި ވަޒީރުންނާއި މަޖިލިސް މެންބަރުން އަމިއްލަފުޅަށް އިސްތިއުފާދެއްވާ: ހަސަން ލަތީފް

ކުއްލި މައްސަލަ ހުށަހަޅުއްވާ މެންބަރު ލަތީފް ބަހުސްކުރައްވަނީ... ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލަތައް ނުބެލޭ ކަމަށްވާނަމަ، ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް އިތުބާރު ކުޑަވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް މިފަދައިން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި އަދި މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލާގައި ބައިވެރިކަމަށް ތހުމަތުކުރެވޭ އެންމެންގެ ނަންތައް ހާމަކުރުމަށް އެދި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވުމަށްފަހު ވާހަކަދައްކަވަމުންނެވެ.

އެ މައްސަލަ މަލީހަށް ހުށަހަޅުއްވަމުން މެންބަރު ލަތީފް ވިދާޅުވީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި އެމްޑީޕީއަށް ރައްޔިތުންގެ އަޤުލަބިއްޔަތު ތާއީދުކޮށް ވޯޓު ދިން އެންމެ މުހިންމު އެއް ސަބަބަކީ ދައުލަތުގެ ހަޒާނާއިން ވައްކަންކުރި މީހުންނާއި އެކަމުގަިއ ބައިވެރިވި މީހުން ދެނެގަނެ އެމީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅާ، ގޮތްނޭގޭ މީހުންނާއި އަދި މަރާލާފައިވާ މީހުންގެ މައްސަލަތަކުގަިއ ޝާމިލްވާ މީހުން ދެނެގަނެ އެމީހުންނާއި ދޭތެރޭ ފިޔަވަޅުއެޅުމަށް ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ވައްކަމާއި ހިޔާނާތުގެ މައްސަލާގައި ޝާމިލްވާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ އަދިވެސް އިތުރު ފަރާތްތަކެއް ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހާމަކުަރައްވާފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވަނީ މައްސަލާގައި ޝާމިލްވެފައިވާ ފަނޑިޔާރުންނާއި ވަޒީރުންނާއި މަޖިލިސް މެންބަރުން އަމިއްލަފުޅަށް އިސްނަންގަވައިގެން މަޤާމުން ވަކިވުމަށް ގޮވާލާފައެވެ. އަދި އެ ފަރާތްތަކުގެ ނަންތައް ހާމަކޮށް އެފަރާތްތަކުގެ މައްޗަށް ވަގުތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް އިލްތިމާސްކުރައްވާފައެވެ.

މެންބަރު ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބަހުސް ކުރުމަށް މަޖިލީހަށް ހާޒިރުވެ ތިއްބެވި 47 މެންބަރުންގެ ތެރެއިން 42 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މައްސަލއާއި މެދު ބަހުސްކުރުމަށް ލިބުނު ފުރުސަތުގައި މެންބަރު ލަތީފް ވިދާޅުވީ ކުއްލި މައްސަލަ ހުށަހެޅުމުގެ އެންމެ ބޮޑު މަޤުސަދަތީ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރި މީހުން ދެނެގަނެ، އެ ފައިސާ ހަޒާނާއަށް އަނބުރާ ވައްދާ އޭގެ ފައިދާ ދިވެހި ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ސަރުކާރުން ކަން ކުރުމަށް ކަމަށެވެ.

އަދި ގޮތްނޭގޭ މީހުންނާއި މަރާލާފައިވާ 29 މީހުންގެ ވާހަކަ ތަކުރާރުކޮށް ކެމްޕެއިން ތަކުގައި ދައްކަމުން އައި ކަމަށާއި ރައްޔިތުން އެމްޑީޕީއަށް ވޯޓު ދިނީ މި މީހުން ދެނެގަނެ އިންސާފުހޯދުމަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވިޔަސް އަދި މަޖިލިސް އިންތިހާބުގައި ވިޔަސް އެމްޑީޕީއަށް ދިން ވޯޓެއް ދިނީ މިކަންކަން ކޮށް ހަޤީގަތް ދެނެގަތުމަށް. ޑރ އަފްރާޝީމްގެ މައްސަލަ އަިދ ރިލްވާން، ޔާމިން ރަޝީދު އަދިވެސް ހުރި ގޮތް ނޭގޭ 29 ދިވެހި ދަރިންގެ މައްސަލަ، އެ މައްސަލަތަކަކީ ބެލި ފިޔަވަޅު އެޅެންޖެހޭނެ މައްސަލަތައް – އެމްޕީ ހަސަން ލަތީފް

ސަރުކާރަށް އަހަރެއްވާން ގާތްވެފައިވާއިރު މައްސަލަތަކުގެ ހަޤީޤަތް ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މަސައްލަ ކިރިޔާވެސް ލަސްވާނަމަ ސަރުޚާރާއި މެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމަށް ލަތީފު ވިދާޅުވިއެވެ.

މި މައްސަލަތަށް ދެނެގަނެ ތަޙުޤީޤު ކުރުމަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް ލަތީފް ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މައްސަލަތައް ތަޙުޤީޤު ކުރުމަށް ދޭންޖެހޭ އެއްބާރުލުން މަޖިލީހުގެ ތެރެއިން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: