ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތް: މަލީހު ވިދާޅުވީ ބިޝާމްއަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް!

ބިޝާމްއަށް އަބުރު ދައުވާ ކުރައްވާނެ ކަމަސް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވުން - ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ބައިވެރިވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން ބިޝާމްއަށް އަބުރު ދައުވާ ކުރައްވާނެ ކަމަސް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ހާޒިރުކުރުމުން ބިޝާމް ވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަނުގެ ތަހްގީގަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އެކަމުގައި ޝަރުޢީ ދާއިރާގައި މިހާރުވެސް ތިއްބެވި ބޭފުޅުންނާއި މިހާރުގެ ބައެއް ވަޒީރުންނާއި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ބައިވެރިވުން އޮތްކަމަށް ވިދާޅުފެފައެވެ.

ބިޝާމްގެ ވާހަކައިގައި ވަނީ، މާލިއްޔަތު ކޮމިޓީގައި ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ތުހުމަތު ކުރެވޭ ބޭފުޅުން އެބަތިއްބެވި ކަމަށެވެ.

އެހެން ކަމުން ބިޝާމް ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި ބައިވެރިވި ކަމަށް ތުހްމަތު ކުރެވޭ މެމްބަރުން އެ ކޮމެޓީން ތަނާޒުލުވެ ވަޑައިގަތުމުގެ ކުރިން ތަހްގީގާ ގުޅޭ މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް ދަތިފުޅުވާކަމަށް ހާމަ ކުރައްވާފައެވެ. އެހެން ނަމަވެސް ކޮމެޓީ ސިއްރުކޮށްގެން ކުރިއަށްގެންދިއުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ހުށައެޅުވުމުން އެކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔަޤޫބު އަބްދުﷲ ތާޢީދުކުރައްވައި، ކޮމެޓީގެ އެހެން މެމްބަރުންގެ ވޯޓާއެކު ކޮމެޓީ ސިއްރުކޮށް ނޫސްވެރިން ބޭރުކުރިއެވެ.

ފަހުން މަޖިލީހުގެ ކޮމިޓީ ސިއްރުކޮށްގެން ކުރިޔަށް ގެންދިޔައިރު، ކޮމިޓީގައި ދެކެވުނު ވާހަކައެއް ނޫސްވެރިންނަށް ވެސް ނޭނގެއެވެ. އެހެން ނަމަވެސް "ނޫސްވެރިއެއް" ގެ ފަރާތުން ލިބިފައިވާ މައުލޫމާތެއްކަމަށް ވިދާޅުވެ މަލީހު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ ކޮމިޓީ ސިއްރު ކުރުމަށްފަހު އެމްއެމްޕީއާރުސީއާއި ގުޅުވާ އޭނާ ނަން، ޕީޖީ ބިޝާމް ވިދާޅުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ބިޝާމްއަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު ވިދާޅުވީ އޭނާއަކީ އެމްއެމްޕީއާރުސީ މައްސަަލައިގައި މިހާތަނަށް ވެސް އެއްވެސް ތުހުމަތެއް ކުރެވިފައިވާ ފަރާތެއް ނޫން ކަމަށެވެ. އެހެން ކަމުން، އެއީ މައްސަލައިގެ "މިސްރާބު އޮޅުވާލުމަށް" ވިދާޅުވި ވާހަކައެއްގެ ގޮތުގައި މަލީހް ވަނީ ސިފަ ކުރައްވާފައެވެ. އަދި ޕީޖީއަކީ އެނބުރޭ ވަހުތާނަކަށް ވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

https://twitter.com/maleehjamal/status/1186573851213230080

ދެވަނަ ފަހަރަށް މަލީހު ޓްވީޓެއް ކުރައްވާ ވިދާޅުވީ "ބިޝާމް ތައްޔާރުވުމަށް ނަސޭހަތްތެރިވާ" ކަމަށެވެ. މަލީހު ވިދާޅުވީ ޕީޖީގެ މަގާމަކީ "އަސާސެއް ނެތި މެންދުރު ނިދީގައި ސިއްރު ކޮޓަރިއެއްގައި އަނގަތަޅާލުމަށްވުރެ މާ ޒިންމާދާރު" މަގާމެއް ކަމަށެވެ.

https://twitter.com/maleehjamal/status/1186612656490176512

މާލިއްޔަތު ކޮމިޓީ އަށް ޕީޖީ އިއްޔެ ހާޒިރުކުރީ، ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް ހިންގި ޚިޔާނާތުގެ އޮޑިޓް ރިޕޯޓްތަކާ ގުޅޭ ގޮތުން ސުވާލުކުރާށެވެ. ހުޅުވާލައިގެން އެ ބައްދަލުވުން ފެށުމާ އެކު ޕީޖީ ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމްތަކާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އެބަތިއްބެވި ކަމަށެވެ.

އެމްއެމްޕީއާރުސީގެހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ކުރެއްވި ފައިސާގެ މުއާމަލާތާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވިއެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތަފްސީލީ ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރިއިރު، މަހުލޫފާއި އަކްރަމްގެ އެކައުންޓަށް ވެސް ފައިސާ ވަދެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަކްރަމްގެ އެކައުންޓަށް ޖަމާވެފައި ވަނީ 30،000 ޑޮލަރު ކަމަށް ރިޕޯޓުގައި ބުނެ އެވެ.

ދެ ބޭފުޅުންގެ ވެސް ސަސްޕެންޝަން އުވާލާފައިވަނީ ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު މައްސަލައެއް ނެތްކަން ޔަގީން ކުރުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: