ކުއްލި ޚަބަރު

އިދިކޮޅު މެމްބަރުން މަޖިލީސް ރައީސްއަށް: "އަޑު އެހުމުގެ ކެތްތެރިކަން ގެންގުޅުއްވާ"

އިދިކޮޅު މެމްބަރުންގެ ފާޑުކިޔުން ސަރުކާރަށް: ފޮޓޯ- ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

މި ސަރުކާރުން އަބަދުވެސް އުޅެނީ ކޮންމެވެސް މީހެއްގެ ކިބައިން ސަލާމަތް ނުވެގެން ކަމަށް ބުނެ އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕާޓީގެ މެމްބަރުން ރައީސް ނަޝީދަށް އަމާޒުކޮށް ފާޑުވިދާޅުވެއްޖެއެވެ.

ބޮޑެތި ވައުދުތަކަކާ އެކު ވެރިކަމާ ހަވާލުވި ސަރުކާރުގެ ހިންގުމާއި ޚިދުމަތް ދިނުން މާބޮޑަށް ލަސް ވެފައިވާކަމަށް ބުނެ މަޖިލީހުގެ ތެރެގައި އިދިކޮޅު މެމްބަރުން ވަނީ ސަރުކާރަށް ފަޑުވިދާޅުވެފައެވެ. މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވީ ސަރުކާރު ފެށުނުތާ މާ ގިނަ ދުވަހެއް ނުވަނީސް އަޅައިގަތީ ނޮވެމްބަރު 3 ގެ ޙާއިން ހާޖަރާގޭ ލުތްފީއާއި ކަމަށެވެ. ލުތްފީގެ މައްސަލައިިން އަތް ދޮވެ ސާފުކޮށްލުމަށްފަހު ރަނގަޅަށް ހަމަޖެހި ނުލެވެނީސް އަޅައިގަތީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓު ލިޔުނު ޝަހިންދާ އިސްމާއިލް އާއި ކަމަށެވެ. އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށްވެސް ޝަހިންދާ "ބަރާބަރު" ކަމަށް ނުބުނެވެސް ނުހުރެވެނީ ކަމަށެވެ.

ތޯރިގް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ރަނގަޅު އެއް ކަމެއް ވެސް ނުހިނގަނީ ކަމަށެވެ. 65 މެމްބަރުންގެ ބޮޑު އަގުލަބިއްޔަތަކާއި އެކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވުމަށްފަހު ވެސް ގަރާރު ހުށަހެޅުން ނޫން ކަމެއް ނުވާ ކަމަށެވެ. ގަރާރަކަށްފަހު ގަރާރެއް ހުށަހަޅަމުން މަޖިލީހުގެ ތެރޭގައި ބޭނުންހާ ވާހަކައެއް ދައްކަމުންގެންދާއިރު، އިދިކޮޅު މެމްބަރަކު ވާހަކަ ދައްކަވަން ފެށުމާއި އެކު ނިޒާމީ މައްސަލަ ނަންގަވާ ހުރަސް އަޅުއްވަމުން ގެންދަވާކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ.

އެހެން އެދިމާވަނީ، އަޑުއެހުމުގެ ކެތްތެރިކަން ނެތުމުގެ ސަބަބުންކަން ފާހަގަކުރައްވާ ތޯރިގް ވަނީ އޭނާ ދައްކަވާ ވާހަކަތައް ވެސް ކަނުލާ އަޑުއެހުމަށް ވިދާޅުވެފައެވެ. އެއާއި ވިދިގެން އަނެއްކާވެސް ތޯރިގް ވަނީ އަނެއްކާވެސް "މި ސަރުކާރުން ލުތުފީ އަކާއި އަޅައިގަނެގެން އުޅުމަށްފަހު މިހާރު އުޅެނީ ޝަހިންދާއާއި އަޅައިގެން ނެއްޓެން ނޭނގިގެން" ކަމަށެވެ.

ތޯރިގުގެ ވާހަކައަށްފަހު ފަހު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވާހަކަދައްކަވަން ފައްޓަވާ އެންމެ ފުރަތަމަ ވެސް މިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އިގްތިސޯދު ފުނޑާލާފައިވާ ކަމަށެވެ. ރައްޖޭގެ ފަތުރުވެރިކަން ވެސް ފުނޑާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ. މިނިމަމް ވޭޖާއި ވަޒީފާގެ ވާހަކަތައް ދައްކާއިރު ރައީސް އޮފީހުގެ ތެރޭގައި ހުތުބާއަށް "ހޮޓްބާ" ޖެހި މީހުންވެސް އެބަތިއްބެވި ކަމަށެވެ. އެހެން ކަމުން އެއީ ރައީސް އޮފީހުގައި ތިބެންޖެހޭ ބޭފުޅެއްކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވާހަކަ ދައްކަވަމުން ގެންދެވިއިރު އިގްތިސޯދު ފުނޑިފައިވާކަމަށް ވިދާޅުވުމުން، ރައީސް ނަޝީދު ވަނީ ސައީދުގެ ވާހަކަ ހުއްޓުވާ "އިގްތިސޯދު ފުނޑިފައިވާކަމަށް" މިހާރު ހަތް ފަހަރު ވިދާޅުވެއްޖެ ކަމަށެވެ. އެއާއި އެކު ސައީދު ވަނީ އަދި އެއްފަހަރު ގުނާލުމަށް ވިދާޅުވެ ތިން ފަހަރު "އިގްތިސޯދު ފުނޑިފައިވާކަމަށް" ވިދާޅުވުމަށްފަހު "މިޙާރު ދިހައެއް ހަމަވެއްޖެ" ކަމަށް ވިދާޅުވެފައެވެ.

ފެލިދޫ ދައިރާގެ މެމްބަރު ފަޒުލްއަށް ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަން ފެށުމުންވެސް އެމްޑީޕީ މެމްބަރުން އަޑުގަދަ ކުރިއެވެ. އެއާއި އެކު ފަޒުލް ވަނީ އެއްވެސް ބޭފުޅަކަށް ދައްކާ ވާހަކައެއް ހަޖަމެއް ނުވާކަމަށް ވިދާޅުވެފައެވެ. އަދި ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު އީވާއަށް ވެސް އަމާޒުކޮށް ފަޒުލް ވަނީ "ވާހަކަ ނުދައްކާ" ހުރުމަށް ވިދާޅުވެފައެވެ.

މަޖިލީސް ތެރެއަށް ހޯމަ ދުވަހު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައިރު އިދިކޮޅު މެމްބަރުން ވަނީ ރައީސް ނަޝީދު މެމްބަރުންގެ ބަހުސްތަކުގައި ބައިވެރިވާކަމަށް ވިދާޅުވެފައެވެ. އަދި ނިޒާމީ ވާހަކައަށް ހުރަސްއެޅުމުގެ ނިޔަތުގައި ނިޒާމީ މައްސަލައެއް ނެގުމާއި އެކު އެ ފުރުސަތު ދޭކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: