ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގަ ސަމާސާއެއް ވިހަވެށްޖެ

ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި މާމިގިލީ ދާއިރާގެ މެންބަރު އަދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަމާސާ ވިހަވެ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަށް ގެށްލުންތަކެއް ލިބިފައިވާކަމަށް މެންބަރު އަލީ އާޒިމް ވިދާޅުވެށްޖެއެވެ.  

މަޖިލީހުގެ ތަޅުމުން ބޭރުގައި މިއަދު މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މެންބަރު ޝަރީފް ދެމެދު ޖެހުނު ސަމާސާއެއް ވިހަވެ މެންބަރު ގާސިމް ހަމަލާދިން ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރ އަލީ އާޒިމް ފާހަގަކުރަށްވާފައިވެއެވެ.

މި ތުހުމަތާއި ގުޅިގެ ގާސިމް ފާހަގަކުރެށްވި ގޮތުގައި ގަސްތުގައި ޖެހީނޫންކަމަށާއި މެންބަރު ޝަރީފް “ސޭޓު” އޭ ކިޔާފަ ގޮވާލުމުން އެނބުރުނު ގަޑީގަ މަޑުމަޑުން އަތުން ޖެހުނީކަމަށާއި މިފަދަ ވާހަކަ ފެތުރޭނަމަ މަޖިލީސް ތެރޭގައި ތަޅާފޮޅަނީއޭ ރަށްޔިތުން ހީކުރަށްވާނޭ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މެންބަރު ޝަރީފްގެ ބޮލަށް އެބުރުން އަރާފައި ވަނީ ގާސިމް ގެ އަމަލަކުން ނޫން ކަމާށާއި އެއީ ލޭގެ ޕްރެޝަރު މައްޗަށް ދިޔުމުން ވީ ގޮތެއް ކަމުގައި ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

މި މަށްސަލަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްް މެންބަރު އަލީ އާޒިމް ވަނީ ހުށަހަޅާފައެވެ. އަދި މަޖިލީހުގެ ސެކިއުރިޓޓީ ފޮނުއްވައި ކެލާ ދާއިރާގެ މެންބަރުގެ ހާލު ބެއްލެވުމަށް ރައީސް ނަޝީދު އެންގެވި އެވެ.

މެންބަރު އާޒިމްގެ ތުހުމަތާއި ގުޅިގެން އަދި ގާސިމް ދެށްކެވި ވާހަކަތަކާ ގުޅިގެން ވެސް މަޖިލީހުގެ ރައީސް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ގާސިމް ވާހަކަ ނިންމާލެއްވުމުން “އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ ގާނޫނު ހަދާ މަޖިލިސް” ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: