ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިސްޓު ޖަމާއަތުގެ ޕޯސްޓުތައް ކުރި ކަމަށް ބުނާ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި!

ޓެރަރިސްޓު ޖަމާއަތުގެ ޕޯސްޓުތައް ކުރި ކަމަށް ބުނާ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި - ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް ޓެރަރިޒަޓް ޖަމާއަތްތަކުގެ ޕޯސްޓްތައް ސޯޝަލް މީޑިއާގައި އާންމުކޮށް ޕްރޮމޯޓް ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ.

އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނަޔަށް ގެއްލުން ދިނުމަށް ގޮވާލި 27 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހައްޔަރު ކުރި މީހާ ވަނީ މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަަމަލުތައް ހިނގުމަށް އޭނާގެ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހައްޔަރުކޮށްފައިވާ ފިރިހެން މީހާގެ އުމުރު ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ. އެގޮތުން، އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ކަން ނުވަތަ އަތޮޅުތެރޭ ރަށަކުން ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް، އެ ޒުވާނާގެ އަންހެނުން ވަނީ ފޭސްބުކް ޕޯސްޓެއްގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައިވަނީ ނުހައްގުން ކަމަށް ބުނެފައެވެ.

އެގޮތުން އޭނާއަކީ ދީނަށް ލޯބި ކުރާ ޒުވާނެއް ކަމަށާއި ސޯޝަލް މީޑިއާގައި ގޮވާލީ އިސްލާމްދީނަށް ދީނަށް ފުރައްސާރަ ކުރާ މީހުން ހައްޔަރު ކުރުމަށް ކަމަށެވެ. އޭނާގެ އަންހެނުންކޮށްފައިވާ ޕޯސްޓުގައި ވަނީ ދީނަށް ފުރައްސާރަކޮށް ބޮޑެތި ރިޕޯޓުތައް ނެރުމަކީވެސް ޓެރަރިޒަމްގެ އަމަލެއް ނޫންތޯ ސުވާލުކޮށްފައެވެ. އަދި އެވެސް ވަނީ މުޖްތަމައުގެ ތެރޭގައި ބިރުވެރިކަން އުފެއްދުމުގެ އަމަލެއްގެ ގޮތުގައިކަން ފާހަގަކޮށް އެ ޕޯސްޓުގައި ވަނީ ދީނަށް ފުރައްސާރާ ކުރާ މީހުން ހައްޔަރު ނުކުރަނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. އަދި ދީނުގެ ދިފާއުގައި ވާހަކަދައްކާ މީހާ ހައްޔަރު ކުރަންވީ ކީއްވެގެންތޯވެސް އޭނާ ވަނީ ބުނެފައެވެ.

މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފައްދަމުން ދިޔަ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ ސޯޝަލް މީޑިއާގަައި ޕޯސްޓު ކުރުން ފަދަ އަމަލުތައް ނުހިންގުމަށާ އެފަދަ ކަންކަަން ކުރާ ފަރާތްތައް ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.

ރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ އެވެ. އޭގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

މީގެ އިތުރުން ދާދިފަހުން ރ. އަނގޮޅިތީމުގައި އެމްޑީއެންގެ އިސްވެރިން މަރަން ގޮވި މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ ބަޔަކު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފައެވެ. އޭގެ އިތުރުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެމްޑީއެން ތަމްސީލުކޮށް ބޭރު ދުނިޔޭގެ ގައުމެއްގައި ވާހަކަ ދެއްކި ވީޑިއޯއެއް އާއްމުވުމުން އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލައެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ

ޓެރަރިޒަމްގެ އިސްލާހުގައިވާ ގޮތުން ޓެރަރިސްޓް ޖަމައާތަތްތަަކަށް ތާއީދުކޮށް، އެފަދަ ޖަމާއަތްތަށް ޕްރޮޕޯޓު ކުރުން، މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން، ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން، މުދަލަށް ބޮޑެތި ގެއްލުން ދިނުން، ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން، އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުން، މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން އެއީ ޓެރަރިޒަމްގެ އަމަލުތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: