ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުހިޔާނާތުގެ ފަހަތުގައި ފުލުހުންގެ އެގްޒެކެޓިވް ލެވެލްގެ ބޭފުޅުން!

ފުލުހުންގެ މައި އިދާރާ. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި ހިޔާނާތުގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފުލުހުންގެ ތެރޭގައި އެގްޒެކެޓިވް ލެވެލްގެ ބޭފުޅުން ހިމެނޭ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅުންހުރި މައްސަލައެއްގައި ފުލުހުންތަކެއް ބަިއވެރިވި ކަމުގެ ތުހުމަތުގައި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑުން އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. ނަމަވެސް ތަޙުޤީޤު ކުރިއަށްދާތީ، ޝާމިލްވާ ފުލުހުންގެ ސީދާ އަދަދު ހާމަކުރެވެން ނެތް ކަމަށާއި،ފަހުގެ ތާރީހެއްގައި ތަފްސީލްތަށް ހާމަކުރާނެ ކަމަށެވެ.

ތަޙުޤީޤު ކުރެވޭ ފުލުހުންގެ ތެރޭގައި އެކި ޤިންތީގެ ފުލުހުން ހިމެނޭއިރު އޭގެ ތެރޭގައި ފުލުހުންގެ ނަން-ކޮމިޝަން އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި އަދި އެގްޒެކެޓިވް ލެވެލްގެ ފުލުހުުން ތިއްބެވިކަން ފާހަގަކުރިއެވެ.

ބޮޑުު ހިޔާނާތާއި ގުޅިގެން، އޭސީސީން އާންމުކުރި ރިޕޯޓާއި ގުޅިގެން  ޕޮލިސް ކޮމިޝަަނަރ މުޙައްމަދު ޙަމީދު ވިދާޅުވީ ފުލުހުން ތަހުގީގު ވަރަށް ފުޅާ ދާއިރާއެެއްގައި ތަޙުޤީޤު ކުރައްވާނެ ކަމަށެވެ. އަދި އޭސީސީގެ ތަހުގީގީ ރިޕޯޓާއި ގުޅިގެން ފުލުހުން ބައެއް ކަންކަން ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގެ ތަފްސީލީ ރިޕޯޓުގައިވާ ގޮތުން ހިޔާނާތުގެ ފައިސާ މި ސަރުކާރުގެ ބައެއް ބޭފުޅުންގެ އެކައުންޓްތަކަށްވެސް ވަނީ ވެދެފައެވެ.

އެމްއެމްޕީއާރުސީގެ ފައިސާ އެންމެ ގިނައިން ޖަމާކުރި އެސްއޯއެފްއަށް ފައިސާ ޖަމާކުރުމަށްފަހު އެ ފައިސާ އަމިއްލަ މީހުންނާއި ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވެއެވެ. އެގޮތުން 166 އެކައުންޓަކަށް ފައިސާ ވަދެފައިވާ ކަމަށް އޭސީސީގެ ރިޕޯޓުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: