ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓަށް އައްޔަން ކުރާނީ މަހާޒްތޯ ދިޔާނާތޯ ކަނޑައެޅުމުގެ މައްސަލަ އަންނަ ހަފްތާގައި

ދިޔާނާ ސައީދު އަދި މަހާޒް އަލީ ޒާހިރު : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރާނީ ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުތޯ ނުވަތަ ކުރީގެ ބަންޑާރަނައިބް ފާތުމަތު ދިޔާނާ ސައީދުތޯ ކަނޑައެޅުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އަންނަ ހަފްތާގެ ޖަލްސާއަށް އެޖެންޑާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު  ސާލިޙް ފޮނުއްވެވީ ޑްރަގް ކޯޓުގެ މަހާޒް އަލީގެ ނަންފުޅެވެ. ނަމަވެސް ޖޭއެސްސީއަށް ރައީސް އަށް ފޮނުއްވެވީ ދިޔާނާއާއި މަހާޒްގެ ނަންފުޅެވެ. 

ޖޭއެސްސީން ފޮނުއްވެވި ދެ ނަންފުޅު ރައީސް ސާލިޙް މަޖިލީހަށް ފޮނުވެވުމުން މަޖިލީހުގެ ތަޅުމުން އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީޙުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވުމުން ކޮމެޓީން މައްސަލަ ދިރާސާ ކުރުމަށް ފަހު މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މިއަދުގެ ޖަލްސާގައި މަޖިލީޙުގެ ރައީސް ރައީސް ނަޝީދު ނިންމެވީ މައްސަލަ އަލުން އަނބުރާ ކޮމެޓީއަށް ފޮނުވުމަށެވެ. އަދި އެގޮތަށް ރައީސް ނަޝީދު ނިންމެވީ ކޮމެޓީ ރިޕޯޓުގައި ވަކި ގޮތެއް ކަނޑައަޅާފައި ނުވާތީ ކަމަށް ވިދާޚުވެއެވެ. 

ނަޝީދުގެ އެ ނިންމެވުމާއި ދެކޮޅަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ކުރިއަށް ދަނިކޮށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ސުޕްރީމް ކޯޓަށް ފަނޑިޔަރަކު އައްޔަން ކިރިމުގެ މައްސަލައިގައި ޖުޑިޝަރީ ކޮމެޓީން ނިންމި ނިންމުން އަލުން އަނބުރާ ކޮމެޓީއަށް ފޮނުވާލެއްވުމަށް މަޖިލީޙުގެ ރައީސް ރައީސް ނަޝީދު ނިންމެވީ ރަނގަޅަން ނޫން ކަމަށެވެ. 

އެގޮތުން އަލީ އާޒިމް ވިދާޅުވީ ޖުޑިޝަރީ ކޮމެޓީގެ ހަމައެކަނި މެންޑޭޓަކީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުެގެ މައްސަލަ މަޖިލީހަށް ފޮނުވުމުގައި ކުރިއަސް ގެންގޮސްފައިވާ އިޖިރާޢަތުތަކަިކީ ރަނގަޅޫ އިޖުރާޢަތުތަކެއްތޯ ބެލުން ކަމަށެވެ. އަދި ވަކި ބޭފުަޅަކު އައްޔަން ކުރުމަށް ކޮމެޓީއަށް ފެންނަ ކަމަށް ނިންމުމަކީ ކޮމެޓީގެ މެންޑޭޓެއް ނޫން ކަމަށާއި އެކަން ނިންމާނީ މަޖިލީހުގެ ތަޅުމުން ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. 

އަލީ އާޒިމްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ރިޔާސަތުން މަޖިލީޙުގެ ރައީސް ނަޝީދު ވިދާޅުވީ ކޮމެޓީން ގޮތެއް ނިންމަވާއިރު ރުހުން ދޭން ފެނޭތޯ ނުވަތަ ނޫންތޯ ކޮމެޓީން ނިންމަން ޖެހޭނެ ކަމަށް މަޖިލީޙުގެ ކައުންސިލް ޖެނަރަލް އަދި މަޖިލީޙުގެ އަމީންއާން ލަފާ ދެއްވާފައިވާ ކަމަށެވެ. 

ނަޝީދު އެހެން ވިދާޅުވުމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ކަތީފް ވިދާޅުވީ ޖޭއެސްސީން ކުރި މަސައްކަޔް އަލުން ޖުޑިޝަރީ ކޮމެޓީން ކުރުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށާއި އަދި މައްސަލަ އަލުން އސަނބުރާ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވާލުމަކީ އެންމެ ރަނގަޅޫ ގޮތް ނޫން ކަމަށް ހަސަން ކަތީފް ވިދާޅުވިއެވެ. 

ހަސަން ލަތީފްއާއި އަލީ އާޒިމްގެ އެ ވާހަކަތަކަށް ތާއިދު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ އެއް މައްސަލައއްގައި ދެތަނަކުން އެއް މަސައްކަތެއް ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އެގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުމުގެ މައްސަލައިގައި ޖޭއެސްސީން އިންޓަވިއު ކޮށްފައި ވަނިކޮށް އަލުން މަޖިލީޙުގެ ޖުޑިޝަރީ ކޮމެޓީން އެކަން ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ޖުޑިޝަރީ ކޮމެޓީން ހަމައެކަނި ބަލަން ޖެހޭނީ އިޖުރާޢަތުތައް ގޮސްފައިވާ ގޮތް ކަމަށް ހިސާން ވިދާޅުވިއެވެ. 

ހިސާންއާއި ހަސަލް ލަތީފް އަދި އެމްޑީޕީގެ ޕީޖީ ލީޑަރުގެ ވާހަކަފުޅަށް ފަހު ރައީސް ނަޝީދު ވިދާޅުވީ ގާނޫނުގެ ބައެއް ކަންކަން ދެނެވަޑައިގަންނަވާ ބޭފުޅުން އެހެން ވިދާޅުވުމާއި ގުޅިގެންނާއި އަދި މަޖިލީޙުގެ ކައުންސެލް ޖެނެރަލްއާއި މަޖިލީޙުގެ އަމީން އާންމުގެ ލަފާގެ މަތިން ސުޕްރީމް ކޯޓަށް އައްޔަން ކުރާނީ ދިޔާނާތޯ ނުވަތަ މަހާޒް އަލީ ޒާހިރުތޯ ކަނޑައެޅުމުގެ މައްސަލަ ތިން ދުވަސް ފަހު އެޖެންޑާ ކުރައްވާނެ ކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: