ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންގެ ރިޕޯޓް މިހާރު ބޭނުން ކުރަނީ ސަރުކާރާއި ދެކޮޅު ހަތިޔާރެއްގެ ގޮތުގައި: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާރކް (އެމްޑީއެން)ގެ ރިޕޯޓު މިހާރު ބޭނުން ކުރެވެމުންދަނީ ސަރުކާރު ދެކޮޅު ހަތިޔާރެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީއަނަށް ފިޔަވަޅު ނާޅައި ސަރުކާރުން ރައްޔިތުންނަށް ފިލައިގެން އުޅޭކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ނެރުނު ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓް ނެރުމާ ގުޅިގެން އެ ރިޕޯޓްގައި ހުރި ދިނާއި ހިލާފު ބަހުރުވަ މި ސަރުކާރުގެ އިތުރުން ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ކުށްވެރިކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައި އޮތް އަސްލު އަސާސީ ވާހަކަ ގެއްލިދާ ކަމަށާއި ރިޕޯޓު މިހާރު ބޭނުން ކުރެވެނީ ސަރުކާރަށް ހަމަލާ ދެވޭނެ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ.

2015 ވަނަ އަހަރު ނެރުނު އެ ރިޕޯޓާ ގުޅިގެން އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާއިރު، އެ ޖަމިއްޔާ އުވާލުމަށް ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، އެ ރިޕޯޓުގައި ފާހަގަކޮށްފައިހުރި އެހެން ވާހަކަތައް ފާހަގަނުކޮށް، އެ ރިޕޯޓުގެ އަސާސް މިހާރު ގެއްލިފައިވާ ކަމަށެވެ.

 

“އެ ރިޕޯޓުގައި ހުރި އެހެން ވާހަކަތަކެއް ފާހަގަނުކުރެވޭ. ސީރިއާއަށް ދިވެހިންގެ ބަޔަކު ދަނީ ކޮން ބަޔަކު މެދުވެރިވެގެންތޯ. އެ ރިޕޯޓާ ދެކޮޅަށް އެންމެ އަޑުހަރުކޮށް ވާހަކަ ދައްކަމުންދާތަން މި ފެންނަނީ ސީރިއާ މީހުން ފޮނުވާކަމަށް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވާ މީހުން. އެހެންވެ އެ ރިޕޯޓުގެ އަސްލު އަސާސީ ވާހަކަ ގެއްލިދަނީ” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެ އިޝާރަތް ކުރެއްވީ ދީނުގެ ނަމުގައި ބޭރުގެ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގައި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ހަރަކާތްތެރިވާކަމަށް އެ ރިޕޯޓްގައި ތުހުމަތުކޮށްފައި އޮތް އޮތުމަށެވެ. އެ ރިޕޯޓާ ދެކޮޅަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންތަކެއް ދަނީ އަޑުއުފުލަމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުން އެ އިދާރާއަށް ހުށަހަޅާފައިވަނީ އެމްޑީއެންއިން، ޕްެރިލިމިނަރީ އެސެސްމެންޓް އޮގް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސްގެ ނަމުގައި ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހުރިކަމަށާއި، އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސްބަސްފުޅުތަކަށް ފާޑުކިޔާ، އާއްމުންގެ މެދުގައި ދީނީގޮތުން ހިޔާލު އުފެދޭ ބާވަތްތަކުގެ ވާހަަކަތައް އެ ރިޕޯޓުގައި ހިމަނާފައިވަކަމަށް ބުނެއެވެ.

ފުލުހުން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، 2019 އޮކްޓޯބަރ 03 ގައި އެމްޑީއެންގެ ރިޕޯޓު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ ރާއްޖޭގެ މީޑިއާތަކާއި އާއްމުންގެ ފަރާތުން ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ބަލާ ތަހުގީގު ކުރިޔަށް ގެންދިއުމަށް ނިންމައި މައްސަލައި ތަފްސީލު ސާފު ކުރަމުންދަނިކޮށް ހަމަ އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން، އެމްޑީއެންގެ މައްސަލަ ބަލާދިނުމަށް އެދި ފުލުހަށް ހުށަހެޅިކަމަށެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅުމާއި ގުޅިގެން އާއްމުގޮތެއްގައި އެފަަދަ މައްސަލަތައް ބަލާ ތަހުގީގު ކުރުމުގައި އާއްމުކޮށް އަމަލު ކުރާ އިޖުރާތްތަކާއި އެއްގޮތަށް ރިޕޯޓުގައި ހުރި އިސްލާމީ އަގީދާ އާއި އިސްލާމީ ޝަރީއަތާއި ހިލާފް ވާހަކަތަކާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިހުރި ވާހަކަތައް ތަހުގީގީ ބޭނުމަށްޓަކައި ކުރަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން މައްސަލައާއި ގުޅިގެން، 3 އިލްމުވެރިއެއް މެދުވެރިކޮށް ވަކިވަކިން ރިޕޯޓާއި ގުޅޭ އިލްމީ ދިރާސާއެއްކޮށް ރިޕޯޓުގައި ހުރި އިސްލާމީ އަގީދާ އާއި އިސްލާމީ ޝަރީއަތާއި ހިލާފު ވާހަކަތަކާއި އިސްލާމްދީނަށް ތައުހީނުި ކުރުމާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ބެލެވޭ ކޮންޓެންޓްގެ މައްޗަށް އިލްމީ ގޮތެއްގައި ތަފްސީލީ ދިރާސާ ރިޕޯޓެއް ތައްޔާރު ކުރަމުންދާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުންވެސް ރިޕޯޓާއި ގުޅޭ އިލްމީ ދިރާސާއެއް ފުލުހުންނަށް ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ މައްސަލަ ހުށަހެޅުނުއިރު ރިޕޯޓުގައި މުސައްނިފުންގެ ގޮތުގައި ބަޔާންކޮށްފައިވާ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިބުމަށް އެމީހުން ތަހުގީގަށް ހާޒިރުވުމަށާއި މައްސަލައާއި ގުޅިގން ތަހުގީގުގައި ސުވާލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމެވެ. އަދި ބައެއް ފަރާތްތަކަށް، ތަހުގީގަށް ހާޒިރުވުމަށް ޗިޓު ފޮނުވާއިރު އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދު ކުރެވިފައި ނުވާ ފަރާތްތަކާއި ސުވާލު ކުރަމުން ގެންދާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައަކީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތާއި ގުޅިފައިވާ ރައްޔިތުންގެ އިހުސާސްތަކާއި ގުޅުން ހުރި މައްސަލައަކަށް ވުމުން ބައެއް ފަރާތްތަކުން މި މައްސަލައިގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށް ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ފިތުނަފަސާދަ އަދި ހަމަނުޖެހުމަށް މަގުފަހިވާފަދަ ކަންތައް ކުރަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތް ކުރުމުގެ ނަމުގައި ނަފްރަތާއި ބައިބައިވުމާއި ރުޅިވެރިގެން އުފެދޭވާހަކަ ފެތުރުމާއި ބައެއް ކަންކަމުގައި ދީނީ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުންކަމަށް ދައްކައި ފިތުނައިގެ އަމަލުތަކަށް ހިއްވައު ލިބޭގޮތަށް އަމަލު ކުރަމުންދާތީ ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފުލުހުން ބުނީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ބަލާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި ފުލުހުން އިލްމުވެރިން މެދުވެރިކޮށް ފަށާފައިވާ ދިރާސާ ރިޕޯޓް ނިމުމުން އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެ ކަމަށެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން ވަނީ ހިމަނާފަ އެވެ.

އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް “އިސްރާ އާއި މިއުރާޒު” ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: