ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްޕޯޓުގެ މުވައްޒަފުން ވަކި ކުރަން ނޯޓިސް ދީފި!

ޓްރާންސްޕޯޓު މުވައްޒަފުން ވަކިކޮށްފި - ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓު އޮތޯރިޓީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންތަކެއް ކަނޑާލުމަށް މަސައްކަތް ކުރަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ އޮތޯރިޓީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހްއަށް ސިޓީއެއް ވެސް ފޮނުވާފައިވަނިކޮށް ހަތް މުވައްޒަފަކަށް ވަޒީފާއިން ވަކި ކުރާ ކަމުގެ ނޯޓިސް ދީފިއެވެ.

ކުށުގެ ތިން ވަނަ ދަރަޖައަށް ފައްތާ، ވަޒީފާއިން ކަނޑާލާނެ ކަމަށް ދީފައިވާ ނޯޓިސްގައި ބުނެފައިވަނީ އެ މުވައްޒަފުން އަހަރުގެ 60 ދުވަހު ގަޑިޖެހިފައިވާ ކަމަށެވެ. އެެހެން ކަމުން، މި މަހުގެ 30 އިން ފެށިގެން އެ މުވައްޒަފުން ވަޒީފާއިން ވަކި ވާނެ ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.

“ސަންގު” އާއި ވާހަކަ ދެއްކި ޓްރާންސްޕޯޓުގެ މުވައްޒަފުންތަކެއް ބުނެފައިވަނީ އިތުރު ހަތް މުވައްޒަފަކު ވެސް ވަޒީފާއިން ވަކި ކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެ މުވައްޒަފުންނަށް ސިޓީ ދޭނެ ކަމަށް ލަފާ ކުރެވެނީ މި ހަފްތާގެ ވަގުތެއްގައި ކަމަށެވެ. ކަނޑާލަން ބޭނުންވާ މުވައްޒަފެއްނަމަ ކުށުގެ ދަރަޖައަށް ފެއްތެން އޮތް ގޮތަަކަށް ފައްތަން މިނިސްޓްރީގެ އިސްމީހުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

“އެއީ ހަމަ ނުލާހިކު ރަނގަޅު ކުދިން. މަސައްކަތް ކުރާއިރު ހުކުރެއް، ހޮނިހިރެއް އީދެއް ނުބަލާނެ. ސަލާމްގަ، ނޫނީ ޗުއްޓީގަ ހުއްޓާ ގުޅާފަ ނިކުންނަން ބުންޏަސް ޑިއުޓީއަށް ނިކުންނާނެ. މުޅި މީހާގެ ވަގުތު ހުސްކުރީ މިތަނަށް. އާއިލާއަށް ދޭނެ ވަގުތެއް ނުވޭ. އެކަމަކު ބަލާ، އެ ކުދިންނަށް ކުޑަމިނުން ޖަވާބުދާރީ ވާންވެސް ފުރުސަތެއް ނުދޭ.” ަސަންގުއާއި ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.

ސަންގުއާއި ވާހަކަ ދެއްކި މުވައްޒަފު ބުނީ، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި ބައްދަލު ކުރުމަށް އެދޭތާ ވެސް އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މުވައްޒަފުންނަށް “ނަހުލާ މާ ބޮޑު އަޅައެއް ނުލާ” ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ރައީސް އޮފީހުން ވަނީ މިނިސްޓްރީގެ ބައެއް މުވައްޒަަފުންނާއި ބައްދަލުވެސްކޮށްފައެވެ. ނަމަވެސް އޭގެއިންވެސް މާބޮޑު ކުރިއެރުމެއް ލިބުނުހެން ހީއެއް ނުވާކަމަށް އޭނާ ބުންޏެވެ.

ރައީސް އޮފީހަށް ވެސް 48 މުވައްޒަފުން ސިޓީ ފޮނުވިތާ މަހެއް ވެފައިވާއިރު، ހޯމަ ދުވަހު އަނެއްކާވެސް މުވައްޒަފުން ވަނީ ސިވިލް ސާވިސްއަށް ޕެޓިޝަންއެއް ހުށަހަޅާފައެވެ.

މުވައްޒަފުގެ ވާހަކައިގައި ވަނީ ތަނުގެ ބައެއް އިސްވެރިން މިކަމުގެ ތެރޭގައި ހިމެނޭކަމުގެ ތުހުމަތުކޮށްފައެވެ. އޭގެ ތެރެއިން އޭގެ ތެރޭގައި އެޗްއާރުއެމްޑީ ކޮމިޓީގެ އަހުމަދު ޝަމީމް އާއި، އަލީ ޒުބެއިރު ހުސެއިން، އަދި ޕީއެސް އަބްދުﷲ ފަޔާޒް ހިމެނެއެވެ.

ޓްރާންސްޕޯޓުގެ މުވައްޒަފުން ވަނީ ފާއިތުވެ ދިޔަ ހަތަރު ފަސް އަހަރު މުވައްޒަފުންގެ އެޕްރައިސަލް ފުރިހަމަކޮށްފައި ނުވުމާއި އެކު މުވައްޒަފުންނަށް ހާއްސަކޮށް އެއްވެސް ޕްރޮގްރާމެއް ހިންގިފައި ނުވާކަން ފާހަގަކޮށްފައެވެ. މުވައްޒަފުން ގަޑިއާއި ގުޅޭގޮތުން ވާހަކަ ދައްކާއިރު އިތުރު ގަޑީގެ އުޖޫރަ ނުލިބޭ ކަމަށާއި، އެހެން ނަމަވެސް އެއްވެސް މަސައްކަތެއް ޑިއުޓީއިން ބޭރު ކުރުމަށް ޝަކުވާއެއްކޮށްފައި ނުވާނެ ކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

މަސައްކަތް ކުރަމުންދާ އިމާރާތަކީ، ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ އިމާރާތަކަށްވާއިރު ތަނުގެ ސާފުތާހިރުކަން ވެސް އެހާ ކުޑައެވެ. އެގޮތުން ދާދިފަހުން މާލެއަށް ކުރި ވިއްސާރައިގައި ޓްރާންސްޕޯޓުގެ ކަރަންޓު ބޯޑަކުން އަލިފާން ކަނި ބުރާ މުޅިތަނުގެ ރޯނުވެ ހުރީވެސް ކިރައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: