ކުއްލި ޚަބަރު

އޭސީސީއަށް ގުޅިކަން ސަމީރު އެއްބަސް، ސުވާލު ވެސް ކުރި! ނަމަަވެސް ވިދާޅުވީ އެއީ ނުފޫޒެއް ނޫން ކަމަށް!

އޭސީސީއަށް ސަމީރު ގުޅިކަމުގެ އެއްބަސް، ނަމަވެސް ވިދާޅުވީ ނުފޫޒެއް ނުފޯރުވާކަމަށް!
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގުޅާ ސްޓޭޓް މިނިސްޓަރަކު ހާޒިރުކުރުމާއި ގުޅޭގޮތުން ސުވާލުކޮށްފައިވާނެ ކަމަށާއި އެހެން ނަމަވެސް އެއީ ނުފޫޒު ފޯރުވުމެއް ނޫން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

(އޭސީސީއިން ބަލަމުން އަންނަ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރަކާ ސުވާލުކުރަން އުޅުމުން ޖޭޕީގެ ސެކޭޓްރީ ޖެނެރަލް ކަންވެސް ކުރައްވާފައިވާ ސަމީރު ގުޅުއްވައި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާ މޭރުމަކުން ވާހަކަ ދައްކަވާފައިވާކަމަށް ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވަނީ ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގައި ވިދާޅުވެފައެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ، ސަމީރު ފޯނު މެދުވެރިކޮށް ގުޅުއްވާ ވާހަކަ ދެއްކެވީ ވަރަށް ހިތްހަމަނުޖެހިވަޑައިގެން ކަމަށެވެ. ޝިއުނާ ވިދާޅުވީ، ސަމީރު ގުޅުއްވީ ސަމީރާ ގުޅުމެއް ނެތް ކަމެއްގައި ކަމަށާއި އޭނާ މަސައްކަތް ކުރެއްވީ ވަކި ގޮތަކަށް ކަމެއް ކުރުވަންކަން ވާހަކަ ދެއްކެވި ގޮތުން އެނގި ވަޑައިގެންނެވި ކަމަށެވެ. މައްސަލައާ ގުޅިގެން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ވެސް ކުރުވަފާނެ ކަމަށް ވިދާޅުވެ، އެކަން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއަށް ދަންނަވާ ކޮމިޓީއަށް ހާޒިރު ކުރުމަށް ވެސް ބުނާނެ ކަމަށެެވެ.

ޝިއުނާ ވަނީ ސަމީރު އޭނާ އަށް ގުޅުއްވާފައި ނުފޫޒުފޯރުއްވަން މަސައްކަތް ކުރެއްވި ކަމަށާއި ސަމީރު ވާހަކަ ދެއްކެވި ގޮތުން ދޭހަވަނީ، ވަކި ކަމެއް އޭނާ ލައްވާ ކުރުވަން މަސައްކަތް ކުރެއްވި ކަމަށް ކަމަށެވެ. އަދި އެއީ "ބިރު ދެއްކުން" ކަމަށް ވެސް ޝިއުނާ ވިދާޅުވިއެވެ.

ަސަމީރު އޭސީސީއަށް ގުޅުއްވި މައްސަލަ ރައީސް އޮފީހުގެ ސަމާލުކަމަށް ގެނެސް، ކޮމިޓީން ބަލަންޖެހޭ ކަންތައް ބަލާނެ ކަމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވަނީ ވިދާޅުވެފައެވެ.

މީގެ މަހެއްހާ ދުވަސްކުރިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ވެސް ޝިއުނާ ވަނީ މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ ސަގާފަތް އެބައޮތްކަން ފާހަގަކުރައްވާ އޭސީސީގެ މައްޗަށް އެއްވެސް މީހަކަށް ގަދަވެނުގަނެވޭނެކަމަށް ވިދާޅުވެފައެވެ. އަދި ޝިއުނާ ވިދާޅުވި ގޮތުގައި ނުފޫޒު ފޯރުވައިގެން އެ ކޮމިޝަން ލައްވައި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި، ނުފޫޒު ފޯރުމަށް ކިރިޔާވެސް މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ވަގުތުން ހާމަކޮށް މީޑިއާތަކަށް ވެސް ދޭންޖެހޭ މައުލޫމާތު ދެމުން ގެންދާނެ ކަމަށެވެ.

ސަމީރުގެ ވާހަކަ ކޮމިޓީގައި ފާހަގަކުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ސަމީރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. ނަމަވެސް ސަމީރު ވިދާޅުވަނީ އޭނާ އެއްވެސް ގޮތަކުން އޭސީސީއަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި އޭސީސީން އެވާހަކަތައް ދައްކާފައިވަނީ އޭނާގެ އަބުރު ކަތިލުމަށް ކަމަށެވެ.

އޭސީސީއަށް ގުޅާފައިވާނެ ކަނަ އެއްބަސްވެވަޑައިގެން ދިފާއުގައި ސަމީރު ކުރައްވާފައިވާ ޓްވީޓުތަކެއްގައި ވިދާޅުވީ، ޝިއުނާ ކޮމިޓީގައި ދެއްކެވި އެއްވެސް ވާހަކައެއްގައި ހަގީގަތެއް ނެތް ކަމަށެވެ. ސަމީރު ވިދާޅުވެފައިވާގޮތުން ނަމަ އޭސީސީއަށް އޭނާ ގުޅަން ޖެހުނީ ސްޓޭޓް މިނިސްޓަރ އަކަށް ލޭންޑްލައިން ނަމްބަރަކުން ގުޅާ އަމިއްލަ ހައިސިއްޔަތުން ވަކީލަކާއި އެކު ހާޒިރުވުމަށް އެންގުމުން ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން ސްޓޭޓް މިނިސްޓަރު އޭނާއާއި ހިއްސާ ކުރައްވާ އެދުނީ އެކަންތައް މަޖިލީހުގެ ނައިބް ރައީސް އާއި ރައީސް އޮފީހުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.

ސަމީރު ވިދާޅުވީ އޭނާ އޭސީސީއަށް ގުޅީ އެކަން އޮޅުންފިލުވުމުގެ ނިޔަތުގައި ކަމަށެވެ. ނަމަވެސް ޝިއުނާ ވިދާޅުވީ "އެފަދަ މައުލޫމާތެއް ލިބިފައި ނުވާ" ކަމަށެވެ. ސަމީރު ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން ހާޒިރުކޮށް ސުވާލު ކުރާމަމަ އެކަމަކީ "ވިސްނާލަން ޖޭހޭ ކަމެއް" ކަމަށް އޭނާ ޝިއުނާއަށް ވިދާޅުވިކަމަށެވެ. އަދި އެނާ ދެއްކި ވާހަކައަކީ ނުވަތަ ފޯނުކޯލަކީވެސް ނުފޫޒު ފޯރުވުން ކަމުގައި ވާނަމަ އޭސީސީން ހެޔޮ ނިޔަތުގައި ކަންކުރާ ކަމަކާއި މެދު ސުވާލު އުފެދޭ ކަމަށެވެ.

ޖޭޕީގެ ސަމީރު، އޭސީސީއަށް ގުޅުއްވާ ނުފޫޒު ފޯރުވުމަށް މަަސައްކަތް ކުރި!

https://twitter.com/meeraazu/status/1186232619630911488

ޝިއުނާ ވަނީ، އޭނާ ކޮމިޓީއަށް ހާޒިރު ކުރާނެކަމަށް ބުނެ ސަމީރު ވާހާކަ ދެއްކެވުމަކީ ބިރު ދެއްކުން ކަމަށް ބެލެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، ޝިއުނާ ވަނީ އޭނާއަށް ނުފޫޒު ފޯރުވަން މަސަައްކަތްކޮށް ކޮމިޓީއަށް ހާޒިރު ކުރިޔަސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެކަމަށް ދޭންޖެހޭ ޖަވާބުވެސް ކޮމިޓީގައި އޭނާ ދެއްވާނެ ކަމަށެވެ.

ސަމީރުގެ ފޯނުކޯލާއި ގުޅޭގޮތުން ކޮމިޝަންގެ މެމްބަރު އިބްރާހިމް ޝަކީލް ވިދާޅުވީ، ސަމީރު ގުޅުއްވާފައިވަނީ ސްޓޭޓް މިނިސްޓަރާއި ސުވާލު ކުރުމަށް އޭސީސީއަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވާ ގަޑި ވަރަށް ކައިރިވެފައި ވަނިކޮށް ކަމަށެވެ. ނަމަވެސް، ކޮމިޝަނުން ސަމީރުގެ އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދީ ސްޓޭޓް މިނިސްޓަރާއި ކުރަންޖެހޭ ސުވާލުތައްކޮށްފައިވާނެ ކަމަށެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ ކޮމިޝަނަށް އެއްވެސް ބޭފުޅަކު ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި ފޯރުވަން އުޅެފިނަމަ އެ ކަމެއް ވެސް ހާމަ ކުރައްވާނެ ކަމަށެވެ. އެ ގޮތުން މަޖިލީހުގެ ކޮމިޓީއަށް ވެސް އެ މައުލޫމާތުތައް ހާމަ ކުރުމަށް ފަސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭސީސީގެ ފަސް މެންބަރުންނަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާނަމަ ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް އެއްވެސް ޖެހިލުމެއް ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: