ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތަކަށް ލިބޭ އާންމުދަނީ އެ އަތޮޅަކަށް ދިނުމަށް މެމްބަރުންގެ ހިޔާލް ތަފާތު

ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކޮންމެ ރަށަކަސް ވެސް ލިބޭ އާންމުދަނީ އެ ރަށަކަށް ނުވަތަ އަތޮޅަކަށް ލިބޭނެ ގޮތް ހެދުމާއި ބެހޭ ގޮތުން މެމްބަރުންގެ މެދުގައި ހިޔާލް ތަފާފުން އުފެއްދިއްޖެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނަަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ހުސެއިން ވިދާޅުވީ އަބަދުވެސް މަޖިލީހުގައި ދެކެވެމުން އަންނަނީ މާލޭ މީހުންނަށް ވާނެ މޮޅު ގޮތްތަކުގެ ވާހަކަ ކަމަށާއި ނަމަވެސް މާލޭ މީހުންނަށް މޮޅު ގޮތްތައް ވާކަށް ނުޖެހޭ ކަމަށެވެ.

“އަޅުގަނޑުމެން މިތަނުގައި އަބަދުވެސް މިދަނީ މާލޭ މީހުންނަށް މޮޅު ގޮތް، ވާކަށް ނުޖެހޭ. ވާކަށް ނުޖެހޭ، އަތޮޅުތެރޭގެ ރައްޔިތުންނަށް މާ ރަނގަޅު ގޮތްގޮތް ވާންޖެހޭ” ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ ރަށްރަށުން ތަންތަން ދޫކޮށްގެން ކުއްޔަށް ލިބޭ ފައިސާއިން ސީދާ އެ ރަށެއްގެ މީހުންނަށް ފައިދާކުރަންޖެހޭނެ ކަމަށާއި ނަމަވެސް މިހާރު ކަންކަން ހިނގަނީ އެއާ ހިލާފަށް ކަމަށެވެ. އެގޮތުން މިހާރު ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާކޮޅު ވެސް މާލޭގައި ހުންނަ މިނިސްޓްރީއަކަށް ދައްކަންޖެހޭ ކަމަށާއި އެއީ އެކަން އޮންނަންޖެހޭ ގޮތް ނޫން ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

“ދ.ކުޑަހުވަދޫގައި ހޮސްޕިޓަލެއް ހިންގާތާ 50 އަހަރު ވެއްޖެ. ހިތްވަރު އެބަހުރި. މުވައްޒަފުންނަށް ބަލާއިރު 35 އަހަރު 32 އަހަރު އެހެން ގޮސް ކިޔާނެ ކަމެއް ނެތް 19 އަހަރު އެހެރީ ވަޒީފާ މެދުނުކެނޑި އުޅެފައި. މާލޭ އައިޖީއެމްއެޗަކަށް މީހަކު ނުވި، އަބަދުވެސް ބަންގްލަދޭޝުން މީހުން ގެންނަން ޖެހެނީ” ހުސެއިން ވިދާޅުވިއެވެ.

ދިވެހިންނަށް ކަންކަން ކުރަން ކެރޭ އަހުލާގު ހުރި ބައެއް ކަމަށާއި އެމީހުންނަށް ފުރުސަތު ދޭންޖެހޭ ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ. އެގޮތުން ކުޑަހުވަދޫގައި 50 އަހަރުވަންދެން ހޮސްޕިޓަލު ހިންގިއިރު ސަރުކާރުން އެތަނަށް ބޭނުންވާ ސާމާނު ދިންނަމަ އެ ހޮސްޕިޓަލު އޮންނާނީ އައިޖީއެމްއެޗަށް ވުރެ ކުރީގައި ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

ބަހުސްގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީލާމަރުކަޒީ ގާނޫނު އިސްލާހު ކުރާއިރު އަތޮޅުތަކަށް ކަނޑައެޅޭ ފައިސާ އެ އަތޮޅެއްގެ ކައުންސިލާއި ހަވާލުކުރަން ޖެހޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހުރި ފައިސާ އާއި ވަސީލަތްތަކަކީ މުޅި މިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފައިސާއާ މުދާ ކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލް ނުވަތަ އަތޮޅު ކައުންސިލްގެ އެކައުންޓަށް، މިއީ މިއަތޮޅެއްގެ ފައިސާ ކަމަށް ބުނެ ފައިސާ ޖަމާކުރަން ޖެހޭ ކަމަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ރާއްޖެ އަކީ ޔުނިޓަރީ ދައުލަތެއް. ފެޑެރަލް ދައުލަތެއް ހިންގާނެ ބިމާ، ފަސްގަނޑާ، ރައްޔިތުންނެއް މިގައުމަކު ނެތް. މިކަންކަމަށް ރިއާޔަތް ކުރަން ޖެހޭނެ. އަޅުގަނޑު މިދަންނަވަނީ، ކައުންސިލް ބާރުވެރި ނުކުރުވާ ވާހަކައެއް ނޫން، ކައުންސިލް ބާރުވެރި ކުރުވަން ޖެހޭ. ކީއްވެތޯ މިރާއްޖެއަށް ދިމާވެގެން އުޅޭ މައްސަލައަކީ؟ މައްސަލައަކީ މީގެ ކުރީގައި ދައުލަތުގެ ސިޔާސަތު އޮތް ގޮތުން ކެޕިޓަލް ރީޖަނާ ރާއްޖޭގެ އަތޮޅުތަކާ ދެމެދު އޮތް ފަރަގު އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވެ އެތަންތަނަށް ކުރެވޭ ޚަރަދު ކުޑަވުން،

ޝަރީފް އިތުރަށް ވިދާޅުވީ މައްސަލައަކީ އަތޮޅުތެރޭގެ ރައްޔިތުން އެ ތިބޭ ސަރަހައްދެއްގައި ތިބެ ކުރިއަރާ ދިއުމަށް ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން ފުރުސަތު ލިބިފައި ނެތުން ކަމަށެވެ.

ނަމަވެސް ރާއްޖޭގެ އިޖުތިމާއީ އިގްތިސޯދު އެ އަތޮޅަކަށް ލިބޭ އެއްޗަކަށް ބަރޯސާކޮށް އެއަތޮޅަކަށް ބެހުމަކީ މުޅި ރާއްޖޭގެ އިގްތިސޯދީ ހަމަހަމަކަން ނަގާލުމަށް ލިބޭ ފުރުސަތެއް ކަމަށާއި އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ރާއްޖޭގައި އެގޮތަށް އަމަލުކުރަން ފަށައިފިނަމަ ދެން ފެނިގެން ދާނީ ސްޕެއިންގައި މިހާރު ފެނިގެންދާ ހަޅުތާލާއި ހަނގުރާމަތައް ކަމަށެވެ. އެހެން ގައުމުތަކުން ކުރާހާ ކަންކަން އެކުރާ ގޮތަށް ރާއްޖެއިން ކުރާކަށް ނުޖެހޭ ކަމަށާއި އެހެން ގައުމުތަކުން ކުރާ ނުރަނގަޅު ކަންތައްތަކުން ދިވެހިން ފިލާވަޅު ލިބިގަތުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: