ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުގެ ހިލޭ އެހީއެއް ރާއްޖެއަށް

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ މިސް ކެއިކޮ ޔަނާ - (ފޮޓޯ: ފޮރިން މިނިސްޓްރީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާން ނަން-ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން، ދިވެހި ސަރުކާރަށް ނިރުބުވެރި ހަމަލާތަކުން ރަށްކާތެރިވުމަށް ފަސް ސަތޭކަ މިލިއަން ޔެން ހަދިޔާ ކުރަށްވައިފިއެވެ.

ރައިސުލްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ފޮރިން މިނިސްޓރ އަބްދުﷲ ޝާހިދް ޖަޕާން އަށް ރަސްމީ ދަތުރުފުޅެށްގައި ވަޑައިިގެން ޖަޕާން ސަރުކާރާ ދެމެދު “އެކްސްޗޭންޖް އޮފް ނޯޓްސް” ގައި ވަނީ ސޮއިކުރަށްވާފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި “އެކްސްޗޭންޖް އޮފް ނޯޓްސް” ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ މިސް ކެއިކޮ ޔަނާއީއެވެ.

މި “އެކްސްޗޭންޖް އޮފް ނޯޓްސް” ގެ ދަށުން ޖަޕާން ސަރުކާރުން ހިލޭ އެހީގެ ގޮތުގައި  500,000,000 (ފަސް ސަތޭކަ) މިލިއަން ޖަޕަނީސް ޔެން ފޯރުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ފަސް ސަތޭކަ މިލއަން ޔެން އަކީ ދިވެހި ރުފިޔާއިން ބަލައިފި ނަމަ 70 މިލިއަން ރުފިޔާއެވެ.

މި އެހީއަކީ ރާއްޖެޔަށް ދިމާވެދާ ނިރުބުވެރި ހަމަލާއެކުން ރާއްޖެ ސަލާމަތް ކުރުމަށްވެވޭ އެހީއެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޖަޕާން ދަތުރުފުޅުގައި ދިވެހިންނަށް ޖަޕާންއަށް ގޮސް އުޅުމުގައި ވިސާގެ ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމާމެދުވެސް ވަނީ މަޝްވަރާކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: