ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރގެ މަގާމަށް ފިޔާޒްގެ ނަން ފާސްކޮށްފި!

ކުރީގެ ރާއްޖެ ޓީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރާއްޖެ ޓީގެ ސީއޯއޯކަން ކުރެއްވި ހުސައިން ފިޔާޒު މޫސާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ގެ މަގާމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށްފަހު، އޭގެ ތެރެއިން ތިން ނަމެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތަޅުމަށް ފޮނުވި އެވެ. މިއަދުގެ ޖަލްސާގައި ވޯޓް ލެވިފައި ވަނީ ފިޔާޒް ގެ ނަމަށް އެކަންޔެވެ.

މަޖިލީހުގައި މިއަދު ޖަލްސާގައި ބައިވެރިވި 75 މެންބަރުންގެ ތެރެއިން 71 މެންބަރުންގެ ވޯޓާއި އެކު އިންފޮމޭޝަން ކޮމިޝަނަރ ގެ މަގާމަށް ފިޔާޒް ގެ ނަން ވަނީ ފާސް ކުރެވިފައެވެ. ރައީސް ސޯލިހް މަޖިލީހަށް ފޮނުވާފައިވާ އިތުރު ދެ ނަމެށް މި މަޖިލީހުގެ ތަޅުމުގައި އިށްވާފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ފިޔާޒް އަށް ވޯޓް ލުމަށް 3 ލައިން ވިޕް އެއް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނެރެފައި ވާކަމަށް ސޯޝަލް މީޑިޔާގައި ރޭ ވަނީ ހަބަރު ފެތުރިފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވީ ހަތަރު ނަމެކެވެ. ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އޭގެ ތެރެއިން ތިން ނަމެއް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. މިއަދުގެ ޖަލްސާގައި އިންފޮމޭޝަން ކޮމިޝަނަރ ގެ މަގާމަށް ރައީސް މަޖިލީހަށް ފޮނުވި އިތުރު އެއްވެސް ނަމެއް މަޖިލީހުގެ ތަޅުމުގައި އިއްވާފައެއް ނުވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރުގެ ދައުރު މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހަމަވެގެނެވެ. އޭނާގެ ދައުރު ހަމަ ވުމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެ އެ ކޮމިޝަން މިހާތަނަށް އޮތީ ގާނޫނީ ހުސް ކަމެއްގެ ތެރޭގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: