ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މި ބުނާ ބަސް ހުއްޓުވޭނެ އެއްވެސް އާދަމުގެ ދަރިއެއް މި އުޑު ދަށުގައި ނުހުންނާނެ”

އޯއައިސީގެ ސެކެޓްރީ ޖެނަރަލްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޖޭގެ ދާހިލީ ކަންކަމަށް ފާޑުވިދާޅުވަނީ އިސްލާމިކް އޯގަނައިޒޭޝަން އޮފް ކޯޕަރޭޝަން (އޯއައިސީ) ގެ އެންގުމަކަށްތޯ ބުނެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަށް ފާޑުވިދާޅުވަމުން ގެންދަވާތީ ބެލުމަށް ނިންމި މައްސަަލައެއް ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އޯއައިސީގެ މަގާމެއް ފުރުއްވަމުން ގެންދަވާ ޝަހީމް ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހި ފާޑުވިދާޅުވަމުން ގެންދިއުން މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެކި ކަންކަމަށް ޝަހީމް ފާޑުވިދާޅުވަނީ ކޮން ހައިސިއްޔަތަކުންތޯ ބަލައިދެއްވަން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީ ފޮނުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުން އެއީ މިދިޔަ އޮގަސްޓު މަހު ހުށަހެޅިފައިވާ މައްސަަލައެކެވެ. އަދި ކޮމިޓީއަށް ސިޓީ ނުފޮނުވި ލަސްވީ މަޖިލީހުގެ މަސައްކަތްތައް “ގިނަ” ވުމުގެ ސަބަބުންނެވެ.

މަޖިލީހުން އޭނާގެ މައްސަލަ ބެލުމުގެ މަގްސަދަކީ ކޮބައިތޯ ސުވާލު އުފައްދާ ޝަހީމް ވަނީ އޭނާގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެެވެ. އެގޮތުން ކޮންމެ މަގާމެއްގައި މީހާ ހުއްޓަސް އޭނާގެ އަމިއްލަ ހައިސިއްޔަތުން ވާހަކަ ދެއްކޭނެ ކަމަށާއި އަދި ވާހަކަ ދައްކަވާނާ ކަމަށް ޝަހީމް ވަނީ އޭނާގެ ފޭސްބުކް ގައި ލިޔުއްވާފައެވެ. ޝަހީމްގެ މައްސަލައެއް ބަލަން ނިންމީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ފާޑުކިޔާތީ ކަމުގެ ތުހުމަތު ކުރައްވާ ޝަހީމް ވިދާޅުވީ އެ ރިޕޯޓު ކުށްވެރި ކުރުމަކީ ކޮންމެ ދިވެއްސަކުވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެން ކަމުން ދާހިލީ، ނުވަތަ އޯއައިސީގެ ނަމުގައި އޭނާއަށް ދެއްކޭނެ އެއްވެސް ބިރެއް ނޯންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އޭނާއަކީ ވެސް މުސްލިމް ދިވެހި ރައްޔިތެއް ކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު، އޭނާ އަދާކުރަމުންދާ އޯއައިސީގެ ވަޒީފާއަށް އަންނަ ޑިސެމްބަރު މަހަށް އެއް އަހަރު ވާނެ ކަމަށެވެ. ޝަހީމް ވިދާޅުވީ އޭނާ ޤަސްތުކުރަނީ ރާއްޖޭގައި މަސައްކަތްކުރެވޭ ގޮތައް އެނބުރި ރައްޖެ އައުމަށް ކަމަށެވެ.

އެގޮތުން ސިޔާސީ ގޮތުން މަސައްކަތްކުރުމުގެ ފުރުޞަތު ޕީޕީއެމްއާއެކު ލިބިފައިވާއިރު އޭނާ އަބަދުވެސް ކުރިއަށް ދާނީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ އަރިހުގައި ކަމަށެވެ.

ރައްޖޭގެ އެއްވެސް ދާހިލީ ކަމަކާ “ނުބެހޭ” ކަމަށް ވިދާޅުވެ ޝަހީމް ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން ވަކި ކަމެއްގައި ޕްރޮފެޝަނަލް ނުވަތަ ޢިލްމީ ޚިޔާލެއް ދިނުމަކީ މަޤާމުގެ ހައިސިއްޔަތު މަނާކުރާ ކަމެއްނޫން ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި ހިނގި ކަންކަމުގެ ތެރެއިން ހަމައެކަނި ވާހަކަ ދައްކާފައިވާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި އެމްއެންޔޫއާ އެއްކޮށްލުމަށް ދެކެވުނު ވާހަކައިގައި އެ ދެތަން އެއްކޮށްނުލުމަށާއި، ޓެރަރިޒަމްގެ ޤާނޫނުގެ މައްސައާއި އަދި އެމްޑީއެންގެ މައްސަލައަށް ކަމަށެވެ.

“ރާއްޖޭގެ ކުރީގެ ތިން ސަރުކާރުގައި އިސްލާމީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރކަމާއި މިނިސްޓަރކަން ކޮށްފައިވާ މީހެއްކަމުން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ވައިސްޗާންސެލަރ އަދި ޗާންސެލަރގެ މަޤާމު ވެސް ފުރާފައިވާ މީހެއްގެ ހައިޘިއްޔަތުން، ރާއްޖޭގެ އިސްލާމީ އެކި އެކި ކަންކަމުގައި ޕްރޮފެޝަނަލް ގޮތެއްގައި ނުވަތަ ޢިލްމީ ގޮތެއްގައި ޚިޔާލު ދިނުމަކީ ކުރެވޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި ދުވަހަކު ވެސް ސަރުކާރަށް ހުތުރު ބަހެއް އަޅުގަނޑު ބުނެފައި ނުވާނެއެވެ. ރައީސަށް ވެސް ނައިބް ރައީސަށް ވެސް، ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ބަދު ބަހެއް، ސިޔާސީ ގޮތުން ދެކޮޅުވެރި ބަހެއް ބުނެފައި ނުވާނެއެވެ.” ޝަހީމް ލިޔުއްވާފައި ވެއެވެ.

ޝަހީމް ވަނީ ތަކުރާރުކޮށް އޭނާ އެމްޑީއެންގެ ރިޕޯޓް މައްސަލައިގައި ވާހަކަ ދެއްކީ އަމިއްލަ ހައިސިއްޔަތުން ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ އެދުނީ އެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅައިދިނުމަށް ކަމަށެވެ. އޭގެ އިތުުރުން އެއްވެސް ފަރާތަކުން މީހުންނަށް ބިރު ދައްކައި ގޯނާކޮށް އިންޒާރު ދިނުމަކީ އޭނާ ތާއިދު ކުރާ ކަމެއްނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.

“އަސްލާމީ ޢަޤީދާއާއި ރާސޫލާގެ ޠާހިރު ޝަރަފްވެރި ޝަޚުޞިއްޔަތަށް ބަދު ބަހެއް ބުނުމަކީ ޤާނޫނީ އިމުގެ ތެރެއިން އެކަމެއް ހުއްޓުވަންޖެހޭ ކަމެކެވެ. މިކަމުގައި އަޅުގަނޑު މި ބުނާ ބަސް ހުއްޓުވޭނެ އެއްވެސް އާދަމުގެ ދަރިއެއް މި އުޑު ދަށުގައި ނުހުންނާނެއެވެ. ޞަލަވާތާއި ސަލާމްލެއްވި ކީރިތި މާތް ރަސޫލާގެ މަތިވެރި ޝަޚުޞިއްޔަތަކީ އަޅުގަނޑުމެންގެ ލޮލުގެ ނޫރަށް ވުރެ އަޅުގަނޑުމެންގެ ގާތުގައި އަގުހުރި ޝަޚުޞިއްޔަތެކެވެ.” ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އާއި ގުޅޭގޮތުން ހުށަހެޅި ސިޓީ ވަނީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފަ އެވެ. އެ މައްސަލަ ބަލަމުން އަންނަ ކަން އެ ކޮމެޓީގެ މުގައްރިރު ވިދާޅުވެފައިވާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި އެ މައްސަލަ ބެއްލެވުމަށްފަހު ކޮމެޓީން ދެކޭ ގޮތް ވަރަށް އަވަހަށް މަޖިލީހަށް ފޮނުއްވާނެ ކަމަށް މުގައްރިރާ ހަވާލާ ދެއްވާ ނަޝީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: