ކުއްލި ޚަބަރު

ދިޔާނާ އާއި މަހާޒްގެ ނަން ކޮމިޓީއަށް، ފާސް ކުރާނީ އެއް ނަން!

ދހިޔާނާ ސައީދު އަދި މަހާޒް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ދެ ބޭފުޅުންގެ ނަންފުޅު ވަނީ މަޖިލީހަށް ފޮނުވާފަ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް އައްޔަންކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަށް ހުށަހެޅުއްވި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަން ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ރައީސަށް ލަފާ އަރުވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ. އެ ނަންތައް ޖޭއެސްސީން ތަރުތީބުކޮށް ފޮނުވާފައިވާ ނަންތަކުގެ ތެރެއިން ދިޔާނާ އަދި މަހާޒްގެ ނަންފުޅަކީ "ހައިލީ ރެކޮމެންޑް" ނަންތަކެވެ.

ދިޔާނާ އާއި މަހާޒް ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު މަޖިލީހަށް ފޮނުވާފައިވާ ސިޓީގެ ކިއުން ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ. އަދި އެ ނަންތައް ދިރާސާ ކުރުމަށް މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށް ރިޔާސަތުން ނިންމެވި އެވެ.

ސުޕްރީމް ކޯޓުން އައްޔަން ކުރަން ދެ ނަން ފޮނުވާފައިވީ ނަމަވެސް އެ ކޯޓުގައި ހުސްވެފައި ވަނީ އެއް ޖާގަ އެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރު ކަަމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކި ކުރުމާ ގުޅިގެން ހުސްވި މަގާމެވެ. އެހެންކަމުން ދިރާސާ ކުރުމަށް ފަހު މަަޖިލީހުން ރުހުން ދޭނީ ވެސް އެއް ބޭފުޅަކަށެވެ.

ކުރީ ސަރުކާރު އޮތް އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ވަނީ ފަހަކަށް ބަދަލުކޮށްފަ އެވެ. އެހެން ނަމަވެސް މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތަކާއެކު އާ މެންބަރު ވަނީ އެ އަދަދު ހަތަކަށް ބަދަލުކޮށްފަ އެވެ. އެއަށް ފަހު ޑރ. އަޒްމިލަދާ ޒާހިރާއި އައިޝާ ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވައިފަ އެވެ.

އެ ކޯޓަށް އައްޔަން ކުރަން ދެ ނަން މަޖިލީހުގައި ދިރާސާ ކުރަން ފަށާފައިވާ އިރު ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ހަތަރު ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް މިހާރު ޖޭއެސްސީއިން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: