ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތް ނިމެންދެން ބަންދުކުރާ އަމުރުތައް ރިވިއު ކުރަން އޭޖީ ޕީޖީއަށް އަންގައިފި

ޕްރޮސިކިޔުޓަރ ޖެނަރަލް ޢައިޝަތު ބިޝާމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައި ތިބޭ މީހުންގެ ބަންދު އަމުރު ކޮންމެ މަހަކު އެއް ފަހަރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުރާޖައާ ކުރަންޖެހޭ ގޮތަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ކަނޑައަޅުއްވައިފި އެވެ.

އޭޖީ މިގޮތަށް އަންގަވާފައިވަނީ ޖިނާއީ މައްސަލަތަކުގައި އަމަލު ކުރާނެ މައިގަނޑާއި ސިޔާސަތުތަކުގެ މާއްދާ އަށް ގެނައި އިސްލާހެއްގައެވެ.

އިސްލާހު އޮތްގޮތުން، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ އެންމެންގެ ބަންދު އަމުރު ކޮންމެ 30 ދުވަހަކުން ޕީޖީ މުރާޖައާ ކުރަން ޖެހޭނެ އެވެ. އަދި އެގޮތަށް މުރާޖައާ ކުރުމަށް ފަހު، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނުޖެހޭ މީހުންގެ ބަންދު އަމުރު ބާތިލްކޮށް، އެ މީހުން ދޫކޮށްލުމަށް އެދި ޕީޖީގެ ފަރާތުން ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށް ވެސް އެ ސިޔާސަތަށް ގެނައި އިސްލާހުގައި ވެ އެވެ.

މީގެ އިތުރުން، އެކަމަށް ކުރާ މަސައްކަތުގެ ތަފްސީލު ބަޔާންކޮށް، ޚާއްސަ ރިޕޯޓެއް ކޮންމެ އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހަށް ޕީޖީ ހުށަހަޅަން ޖެހޭ ގޮތަށް ވެސް އެ ސިޔާސަތުގައި މިހާރު ހިމަނާފައިވެ އެވެ.

މިއިސްލާހުތައް އޭޖީ ގެނެފައި މިވަނީ  ގާނޫނު އަސާސީއިން އެޓާނީ ޖެނަރަލަށް ލިބި ވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ކަނޑައަޅާާފައިވާ ޖިނާއީ މައްސަލަތަކުގައި އަމަލު ކުރާނެ މައިގަނޑު ސިޔާސަތު ތަކުގެ މާއްދާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: