ކުއްލި ޚަބަރު

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމް އިފްތިތާޙުކޮށްފި

ކޯޕަރޭޓް ސްކޮލަޝިޕް ސަކީމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ކޯޕަރޭޓް ސްކޮލަޝިޕް ސްކީމް އިފްތިތާޙުކޮށްފިއެވެ.

ކޯޕަރޭޓް ސްކޮލާޝިޕްގެ އަމާޒަކީ މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތުތަށް އިތުރުކޮށް ދަރިވަރުންނާއި ވަޒީފާ އަދާކުރާ ފަރާތްތަކުން މަސައްކަތުގެ މާޙައުލުގައި ޙިޔާރުކުރާ ދާއިރާއަކުން އެހީތެރިވެދީ ކޯޕަރޭޓް ޕާޓްނަރުންގެ އެހީއާއެކު ވަޒީފާގެ ފުރުސަތު ޔަޤީންކުރުން ކަމަށް ހަޔަރއެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ކޯޕަރޭޓް ސްކޮލަޝިޕް ސަކީމްގައި ހިމެނޭ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އެސްޓީއޯ، އެމްޓީސީސީ، ދިރާގު، އެޗްޑީސީ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެމްއޭސީއެލް.

މި ސްކީމްގައި ހިއްސާވާ އަމިއްލަ ކުންފުނިތަކަކީ އޭޑީކޭ ހޮސްޕިޓަލާއި، ޓްރީޓޮޕާއި، އެމްއައިބީއާއި ޗަމްޕާ ސެންޓްރަލް ހިމެނެއެވެ. ސްކޮލަޝިޕް ސްކީމް ފަރުމަކޮށްފައިވާ ގޮތަށް ބަލާއިރު ދަރިވަރުން ސްކޮލަޝިޕަސް ހޮވުމުގެ ހުރިހާ ކަމެއް ކުރާނީ ހަޔަރ އެޑިއުކޭޝަނުންނެވެ. އަދި ކުންފުނިތަކާއި ސްކޮލާޝިޕް ދޭ ފަރާތާއި ދެމެދު ތަފްސީލުތަށް ހިމެނޭގޮތަށް އެއްބަސްވުމެއް އޮންނާނެއެވެ. 

ސްކީމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރަހިމް ޙަސަން ވިދާޅުވީ ކޯޕަރޭޓް ސްކޮލަޝިޕްއަކީ ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ ހިޔާލުފުޅެއް ކަމަށާއި އިންޑަސްޓޤރީއަށ ްބޭނުންވާ މީހުން ބިުނާ ކުރުމަށް އައު ގޮތްތަކެއް ހޯދަން ޖެހޭ ކަަމަށް އެކަމަނިކުފާނު އަބަދުވެސް ވިދާޅުވާ ކަމަށެވެ.

މަތީ ތައުލީމާއި ތަމްރީންގެ ދާއިރާއުން ޒުވާނުން ބިނާކުރުމަށްޓަކައި ސަރުކާރުން ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށާއި ކޯޕަރޭޓް ސްކޮލާޝިޕްއަކީ އެ މަސައްކަތުގެ ޗޭނަށް އިތުރުވެގެންދާ ބޮޅެއް ކަމަށެވެ. މަތީ ތައުލީމާއި ތަމްރީން ދިވެހިންނަށް ހޯދައިދުނުމަށް ބޭރުގެ ގިނަ ޔުނިވޗާސިޓީތަކާއެކު މަޝްވަރާ ކުރަމުންދާކަމަށާއި ބޭރުގެ ޔުނިވާސިޓިތަކާއެކު އެއްބަސްވުން ތަކަކަށް އާދެވިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ނަތީޖާއަކީ ސްކޮލަޝިޕްތަކާއި ކިޔަވާކުދިންނަށް ޑިސްކައުންޓް ރޭޓުތަކެއްގައި ޔުނިވާސިޓީ ތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށް ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ ތަޖުރިބާގައި ފާހަގަވެފައިވަނީ މިހެން ލިބޭ ފުރުސަތަށ ްބޭނުންކުރުމުގައި ޒުވާނުންނަށް މާލީ ދަތިކަން އެބަހުރިކަން. މިކަމަށް ފެނުނު އެންމެ ބޮޑު ހައްލަކީ އެފަދަ ބަޔަކާއެކު މަޝްވަރާކުރުން" އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި އަމިއްލަ ކުންފުނިތަކުންނާއި ވިޔަފާރިވެރިން، މީހުން ބިނާ ކުރުމަށް ބޮޑު ހޭދައެއް ކުރާކަން ފާހަގަކުރައްވާ އިބްރާޙިމް ހަސަން ވިދާޅުވީ ބޭރުގެ ޔުނިވާސިޓީތަކާއި މަޝްވަރާކޮށްގެން އެއްބސްވުންތަކެއްގެ ތެރެއިން ދިވެހި ކިޔަވާކުދިންނަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

" ސަރުކާރު ހިއްސާވަ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ނިންމީ ސަރުކާރަށް ލިބިފައި ހުރި ފުރުސަތުތަށް އެބޭފުޅުންނަށް ދިނީމާ ނިކުންނަ ނަތީޖާތަށް ބެލިން. ސަރުކާރަށް މި ލިބެނި ޕާޝިއަލް ސްކޮލާޝިޕްސް. ބައެއް ހާލަތްތަކުގައި ޔުނިވާސިޓީއަށް ދައްކަންޖެހޭ ފީ ޔުނިވާސިޓީއިން މަޢާފުކޮށްދެއްވާ. އެފަދަ ހާލަތްތަކުގައި ދަރިވަރަށް ހޭދަކުރަންޖެހޭނީ ދިރިއުޅުމުގެ ހަރަދު އެކަނި. އެހެން ނަމަވެސް މާލީ ސަބަބުތަކަށްޓަކައި ކިޔަވަން ބޭނުންވާ ކުއްޖާއަށް އެއީ ވަރަށް ބޮޑު ޚަރަދަކަށްވެގެންދޭ"

ކުންފުނިތަކާއިއެކު ބޭއްވުނު މަޝްވަރާތަކުން ކުންފުނިތަކަށް މި ފުރުސަތު ދިނުމަކި މިއީ، އަގުހެޔޮކޮށް މީހުން ބިނާ ކުރުމުގެ ވަރަށްބޮޑު ދޮރެއް ސަރުކާރު މެދުވެރިވެގެން ހުޅުވާލަދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: