ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުން އެކަންޏެއް ނޫން، އޭޝިއާ އަދި ޔޫރަޕް ގައުމުތަކަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އެއް ވަނަ!

ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެ ކުރަނީ އޭޝިއާގެ ގައުމުތަކުން!
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ގައުމުތައް ދައްކައިދޭ ޗާޓެއް ރާއްޖޭގެ ކަސްޓަމްސް އިދާރާއިން އާއްމުކޮށްފިއެވެ.

އެ އިދާރާ އިން ހެދި ޗާޓާ އެކު، ކުރި ޓްވީޓެއްގައި ބުނީ އެ ޗާޓުގައި ފާހަގަކޮށްފައިވާ ގައުމުތަކީ 2013 ވަނަ އަހަރުން ފެށިގެން 2019 އާ ހަމައަށް ވައިގެ މަގުންނާއި ކަނޑުމަގުން އެތެރެކުރަނިކޮށް އަތުލައިގަތް މަސްތުވާތަކެއްޗާއި ގައުމުތައް ކަމަށެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ ޗާޓުން ދައްކާގޮތުން ގޮތުން ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެެތެރެކޮށްފައި ވަނީ އޭޝިއާގެ ގައުމުތަކުންނެވެ. އެގޮތުން އޭޝިއާގެ ގައުމުތަކުގެ ތެރެއިން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ ކުރީގައި އުޅޭ 10 ގައުމެއް އެ ޗާޓުގައި ހިމަނާފައިވެއެވެ. އެ ގައުމުތަކުގެ ތެރޭގައި ސްރީ ލަންކާ، އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން، ތައިލެންޑް،މެލޭޝިއާ، އީރާން، ޔޫއޭއީ، ގަތަރު، އުޒްބެކިސްތާން އަދި ކަޒަކިސްތާން ހިމެނެ އެވެ.

ރާއްޖެ އަށް ދެން އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރި ކަމަށް ޗާޓުން ދައްކަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. ރާއްޖެއެއަށް މަސްތުވާތަކެތި އެތެރެކުރާ ޔޫރަޕްގެ ފަސް ގައުމެއް ލިސްޓުގައި ވެއެވެ. އެއީ އިނގިރޭސި ވިލާތް، ބެލްޖިއަމް، ސްޕެއިން، ނެދަލޭންޑްސް އަދި ޖަރުމަނެވެ. އެފްރިކާގެ ގައުމުތަކުގެ ތެރެއިން އިތިއޯޕިއާ، ޓޯގޯ އަދި ބެނިން އިން ވެސް ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފަ އެވެ.

މި ގައުމުތަކުގެ އިތުރުން، ރާއްޖެއާއި އެންމެ ދުރު ގައުމުތަށް ކަމަށްވާ ބްރެޒިލް އާއި ޓްރިޑާޑް އެންޑް ޓޮބޭގޯއިން ވެސް ރާއްޖެއަށް ވަނީ މަސްތުވާތަކެތި އެތެރެކޮށްފައެވެ.

އިންޑިއާގެ އަންދުރަ ޕްރަދޭޝްއިން ހައްދައިގެން ކެރެލާއަށް ވަގަށް އެތެރުކުރާ މަސްތަކުވާތަކެތީގެ ބޮޑު ބައެއް ބޭރު ކުރަނީ ރާއްޖެއަށް ކަމަށް ސްޓޭޓް އެކްސަސައިޒް އެންފޯސްމަންޓް ސްކޮޑް (އެސްއީއީއެސް) ދާދިފަހުން ބުނެފައިވެއެވެ. އެސްއީއީން ބުނެފައިވަނީ ރާއްޖެއަށް ކެރެލާއިން އަބަދުވެސް މަސްތުވާތަކެތި އެތެރެ ކުރާކަމަށެވެ.

އެގޮތުން އެ އަވަށުން މި ދިޔަ އަހަރުވެސް އަތުލައިގަތް ޑްރަގް ނެޓްވޯކް ތައްޔާރުވަމުން އައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްކަމަށް ވެސް އެ އިދާރާއާއި ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އިންޑިއާގެ ކުޑަ އަވަށެއްކަމަށްވާ ކެރެލާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ހަބެއް ކަމަށް ތުހުމަތު ކުރިއިރު އެ ގައުމުގެ އެހެން އަވަށްތަކުންވެސް ރާއްޖެއަށް މަސްތުވާތަކެއްޗާއި ބަނގުރާ އެތެރެކުރާކަމުގެ ތުހުމަތު އިންޑިއާއިން ވެސް ކުރިއެވެ.

އެ އިދާރާއިން ބުނެފައިވާ ގޮތުން އިންޑިއާ އިން ރާއްޖެއަށް ފޮނުވާ ޑްރަގްސް އާންމު ގޮތެއްގައި ފޮރުވާފައި ހުންނަނީ މޭވާ އާއި ތަރުކާރީ އަޅާފައި ހުންނަ ކަރުދާސް ފޮށީގައި އިތުރަށް ޝީޓްތަކެއް އަޅައި، އޭގެ ތެރޭގައި ކަމަށް ބެލެވޭތީ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަމާލު ކަމަށް އެކަން ގެނެސްފައި ވާނެ. އިންޑިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް ފައިސާ ހޯދައި ދޭން ޕާކިސްތާނުން މަސްތުވާތަކެތި ފޮނުވުމަށްޓަކައި ރާއްޖެ އާއި ސްރީލަންކާ މެދުވެރިއަކަށް ހަދާފައިވާކަމަށް ވެސް އިންޑިއާއިން ބުނެފައިވެއެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ގިނަ ބަޔަކު ވަނީ ފަހަކަށް އައިސް އަތުލައިގެންފަ އެވެ. އެގޮތުން ޕާސްކިތާނުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޯޓަކާއި އެ ބޯޓްގެ ކައިރި އަށް ދިޔަ މަސްދޯންޏެއް ވެސް ވަނީ ހުއްޓުވައިފަ އެވެ. އެ ބޯޓުން 70 ކިލޯގެ ޑްރަގް ފެނުނެވެ. އެ މައްސަލަ ތަހުގީގު ކުރަން އިންޓަޕޯލްގެ ޓީމަކުން އަންނަނީ ފުލުހުންނަށް އެހީތެރިވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: