ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިޔާދާގެ މަރުގެ މައްސަލަ: ޝާހުގެ ފޯނުގައި 700 އޮރިޔާން ފޮޓޯ އާއި އެތައް ވީޑީއޯއެއް، ވެބް ހިސްޓްރީ ވެސް އެހާ ދިގު!

ޒިޔާދާ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ އަނިޔާތަކެއްގެ ޝިކާރައަކަށްވެ މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ މަރާ ގުޅޭ ޝަރީއަތް ސިއްރު ކުރުމަށް ޕްރޮސެކިއުޓާ ޖެނެލަލް (ޕީޖީ) ގެ އެދުމުގެ މަތީން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ޒިޔާދާ މަރާ ގުޅިގެން އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހު މައްޗަށް އުފުލާފައިވާ ދައުވާގެ ތެރޭގައި ހިމެނޭ އޮރިޔާން ކާޑް ގެންގުޅުމުގެ ދައުވާގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

މި މައްސަލާގައި ހަތަރު ދައުވާއެއް ޝާހުގެ މައްޗަށް ދައުލަތުން އުފުލިއެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ. މީގެ ތިން އަހަރު ކުރިން ފެށި އެ ޝަރީއަތުގައި ޝާހުގެ މައްޗަށް ކުރާ ހުރިހާ ދައުވާއެއް ވެސް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޝާހުގެ ޝަރީޢަތްތައް ކުރިމިނަލް ކޯޓުގައި ވެސް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. އަދި ޝާހުގެ މައްޗަށް ދައުލަތުން އުފުލި ހަތަރު ދައުވާގެ ހުކުމް ކޮށްފައިނީ މައްސަލަ ހުށަހެޅިތާ ތިން އަހަރުފަހުންނެވެ.

މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން، ހުޅުވާލައިގެން ފެށި އަޑުއެހުމުގައި ޕީޖީގެ ފަރާތުން އެދުނީ ޒިޔާދާގެ މަރާއި ގުޅޭ ދެ ދައުވާއެއް ސިއްރު ކުރުމަށެވެ. ރޭޕްގެ މައްސަލަތަކަކީ ގާނޫނުގެ ދަށުން ސިއްރުކޮށްގެން ކުރިއަށްދާ މައްސަލަތަކެވެ. ރޭޕްގެ މައްސަލަގެ އިތުރަށް މަރުގެ ދެ ދައުވާ ވެސް ސިއްރުކޮށް ދިނުމަށް އެދުމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ޕީޖީއާ ސުވާލުކުރި އެވެ. އެގޮތަށް އެދޭ ސަބަބު އޮޅުންފިއްލުވި އެވެ.

ޕީޖީގެ ވަކީލް ވިދާޅުވީ ޝާހުގެ މައްޗަށް ޒިޔާދާގެ މަރާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ހެއްކިތަކަކީ ވެސް ރޭޕްގެ މައްސަލާގައި ހިމެނޭ ހެކިތައް ކަމަށެވެ. އަދި ތިން ދައުވާ ވެސް ކޮށްފައިވަނީ އެއް ހާދިސާއެއް، އެއް ވާގިޔާއެއްގެ މައްޗަށް ކަމަށެވެ. އެހެންވެ ރޭޕްގެ މައްސަލަ ސިއްރުކޮށްގެން ދިޔަސް، އަނެއް ދެ ދައުވާގެ އަޑުއެހުން ހުޅުވާލައިފިނަމަ ޒިޔާތާގެ މަސްލަހަތު ގެއްލިގެންދާނެ ކަމަށެވެ. އަދި އޭނާގެ ދަރީންގެ މަސްލަހަތު ގެއްލިދާފަދަ މައުލޫމާތުތަކެއް ވެސް އާންމުވެދާނެ ކަމަށެވެ.

ޕީޖީގެ އެ ވާހަކަތަކަށް ރިއާޔަތްކޮށް ބެންޗުން ނިންމެވީ ޒިޔާދާގެ މަރާ ގުޅިގެން ޝާހުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް ހައިކޯޓުގައި ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް އޮރިޔާން ކާޑް ގެންގުޅުމުގެ ދައުވާގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމެވި އެވެ. އެކަމަށް ޕީޖީ ވެސް އިއުތިރާޒެއް ނުކުރެ އެވެ.

ޝާހުގެ މައްޗަށް އުފުލާފައިވާ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގައި ޕީޖީއިން ޝާހުގެ ފޯނުގައި އޮރިޔާން ފޮޓޯތަކެއް ހުރިކަން ސާބިތު ކުރުމަށް ހެކި ހުށަހަޅި. އެ ހެއްކަކީ ފޯނު އެނަލިިސިސް ރިޕޯޓެވެ. ނަމަވެސް، އެ ރިޕޯޓަށް ރިއާޔަތްނުކޮށް ކުރިމިނަލް ކޯޓުން ވަނީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމާފަ އެވެ. އެއީ ފޯނުގައި ވައިރަހެއްގެ ސަބަބުން ނުވަތަ ވައިބާ، ވަޓްސްއެޕް ފަދަ އެޕެއްގެ ސަބަބުން ފޮޓޯތަކެއް ޝާހުއަށް ނޭނގި ފޯނުގައި ސޭވްވެފައި ހުރެ ދާނެ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅާފަ އެވެ.

އާދީއްތަ ދުވަހުގެ އަޑުއެހުމުގައި ޕީޖީގެ ވަކީލު ވިދާޅުވީ ކުރިމިނަލް ކޯޓުން އެގޮތަށް ކަނޑައަޅާފައިވަނީ އެނާލިސިސް ރިޕޯޓާއި އެ ތައްޔާރުކުރި ފުލުހުންގެ އޮފިސަރުގެ ހެކި ބަހުން ހުރިހާ ކަމެއް ސާބިތުވާ މިންވަރަށް ހެކި ފޯރުކޮށްދީފައިވަނިކޮށް ކަމަށެވެ. ޝާހު ހައްޔަރު ކުރިއިރުވެސް އޭނާގެ އަތުގައި ފޯނު އޮތް ކަމަށާއި ފޯނުގެ ޗެއިން އޮފް ކަސްޓަޑީވެސް ފުރިހަމައަށް އެބައޮތް ކަމަށެވެ. އެގޮތުން، އެވިޑެންސް ބޭގުގައި ފޯނު ބައްވާފައިވަނީ ފޯނު ފްލައިޓް މޯޑަށް ލާ، އެއްވެސް ނެޓްވޯކަކާއި ކަނެކްޓު ނުވާގޮތަށް ކަމަށެވެ.

ޝާހުގެ ފޯނު ބަލާ ފާސްކުރިއިރު އޭނާގެ ފޯނު އޭގައި 700 އަށް ވުރެ ގިނަ އޮރިޔާން ފޮޓޯ ފެނިފައިވާއިރު އެ ފޮޓޯތަކަކީ އައިފޯނުގެ ވެބް ބްރޯސާ “ސަފާރީ” އިން ފޯނަށް ޑައުންލޯޑު ކުރި ފޮޓޯތަކެއްކަން ސާބިތުވާކަމަށް ޕީޖީގެ ވަކީލު ވަނީ ފާހަގަކުރައްވާފައެވެ. ވަކީލު ވިދާޅުވީ އެއީ ވައިބާ ނުވަތަ ވަޓްސްއެޕްއިން އޮޓޯ ސޭވްފައިވާ ފޮޓޯތަކެއް ނޫންކަން ވެސް އެނގެން އެބައޮތް ކަމަށެވެ. އޭގެ އިތުރުން ފޯނުގެ އިންޓަނެޓް ހިސްޓްރީ ބެލުމުން އޮރިޔާން މަންޒަރުތައް ހުންނަ ސައިޓްތަކަށް ވަދެފައިވާކަން އެނގެން އޮބައޮތްކަން ވެސް ވަކީލު ފާހަގކުރެއްވިއެވެ. ޕީޖީގެ ވަކީލު ވިދާޅުވީ އެ ފޮޓޯތަކަކީ ޝާހުއަށް ނޭނގި ފޯނުގައި ހުރި ފޮޓޯތަކެއް ވެސް ނޫން ކަމަށެވެ. އަދި ވައިރަސްއެއް އަރައިގެން ފޯނަށް އެފަދަ ފޮޓޯތަކެއް ސޭވް ވެދާނެ ކަމަށް ފުލުހުންގެ އޮފިސަރު ހެކި ބަސް ދެމުން ބުނެފައިވާ ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވާ ބުނުމަކީ ދޮގެއް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ޒިޔާދާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން ބުނެފައިވަނީ، ޒިޔާދާގެ މައްސަލާގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޒިޔާދާއާ މެދު ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރިކަން އެނގިފައިވާ ކަމަށެވެ. އަދި ޝާހު ޒިޔާދާއަށް އެގޮތަށް އަނިޔާކޮށްފައިވަނީ އެ ދެމަފިރިން އެކުގައި ދިރިއުޅެމުން ދަނިކޮށް ކަންވެސް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ ޒިޔާދާގެ ޕޯސްޓްމޯޓެމް ޕްރިލިމިނަރީ ރިޕޯޓްގައި ޒިޔާދާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަނިޔާ ލިބިފައި ހުރިކަން ފާހަގަކޮށްފައިވާ އިރު އޭނާގެ ކަނާއަތުގެ މުލަށްދަޑިއާއި ވައަތުގެ މުލައްދަޑީގައިވެސް އަނިޔާލިބިފައި ހުރިކަމުގެ ނިޝަންތަކެއް ހުރިކަަމަށާއި ބޮލުގެ އަރިމަތިން ފަަހަތަށްވާގޮތަށް ވެސް އަނިޔާގެ ނިޝާނެއް ހުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: