ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން ސެކްރެޓަރީ އަޒަރްބައިޖާންއަށް ފުރާވަޑައިގެންފި

ރާށްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުަލް ގަފޫރް މުހައްމަދު - (ފޮޓޯ: ފޮރިން މިނިސްޓްރީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮން-އެލައިން މޫވްމަންޓް (ނާމް) ގެ މިނިސްޓަރުންގެ ބައްދަލުވުމަކަށް ރާށްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުަލް ގަފޫރް މުހައްމަދު ފުރާ ވަަޑައިގެންފިއެވެ.

ފޮރިން ސެކްރެޓަރީ އަބްދުލް ގަފޫރު ފުރައި ވަޑައިގެންފައި ވަނީ ނާމް ގެ 18 ވަނަ ބަށްދަލުވުމުގެ ކުރިން ބޭށްވުމަށް ހަމަ ޖެހިފައި ގައުމު ތަކުގެ އިސް އޮފިޝަކުންގެ ބަށްދަލުވުމުގައި ރާއްޖެ ތަމްސީލުކުރުމަށެވެ.

މި އަހަރުގެ ނާމް ސަމިޓް ބޭށްވުމަށް ހަމަޖެހިފައި ވަނީ އަޒަރބައިޖާންގެ ވެރި ރަށް ބާކޫ ގައެވެ. މި ހަފްތާގެ 25-26 ބޭއްވުމަށް ހަމަޖެހިފައިވާ ނާމްގެ 19 ވަނަ ގައުމުތަކުގެ ވެރިންގެ ބަށްދަލުވުމުގެ ކުރިން ފޮރިން ސެކްރެޓެރީ ފުރާވަޑައިގެންފައި ވަނީ  21-22 ގައި ގައުމު ތަކުގެ އިސް އޮފިޝަލުންނަށް ބާއްވާ ހާށްސަ ބަށްދަލުވުމަކަށެވެ. މި އަހަރުގެ ނާމް ސަމިޓްގައި  ކުރިޔަށް އޮތް ތިން އަހަރުގެ ނާމްގެ ޗެޔާމަންޝިޕްކަމާއި އަޒަރްބައިޖާން އިން ހަވާލުވުމަށް ހަމަޖެހިފާ ވެއެވެ.

ނާމް އަކީ އ.ދ. ގެ ގަވާއިދު ތަކުގެ ތެރެއިން 1961 ވަނަ އަހަރު އުފެދިފައިވާ އަދި މިހާރު 120 ގައުމަށް ވުރެއް ގިނަ ގައުމު އެކުލެވޭޭ އިންޓަނޭޝަނަލް ޖަމާއަތެކެވެ. މި ޖަމާއަތުގެ މަގްސަދަކީ ގައުމުތަކަށް އެ ގައުމެއްގެ މިނިވަންކަން ދަމަހަށްޓަން އެހީވުމާއި ދުނިޔޭގައި އެޒަމާނުގައި ފެތުރެމުން ދިޔަ އިންޕީރިއަލިޒަމްއާ ދެކޮޅަށް ވަކާލާތު ކުރުމެވެ.

1976 ވަނަ އަހަރު ސްރީލަންކާގެ ވެރި ރަށް ކޮލޮންބޯގައި ބޭށްވުނު ނާމް ގެ 5 ވަނަ ބަށްދަލުވުމަށްފަހު ރާއްޖެ ދަނީ ނާމް ގެ ހުރިހާ ބަށްދަލުވުމެށްގައިވެސް ބައިވެރި ވަމުންނެވެ. އަދުގެ ސަރުކާރުން ވެރިކަމާހަވާލުވި ދުވަހުން ފެށިގެން ހާރިޖީ ގުޅުންތަށް ބިނާކުރުމަށް ގެންގުޅޫށްވާ ސިޔާސަތުތަށް ފެންނަމުން އެބަދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: