ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިޔާނާ އަދި މަހާޒް ސުޕްރީމް ކޯޓަސް އައްޔަން ކުރުން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ދިޔާނާ ސައީދު އަދި މަހާޒް އަލީ : ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ފޮނުައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ޑުރަގް ކޯޓްގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަސް އެޖެންޑާކޮށްފިއެވެ.

ދިޔާނާ އަދި މަހާޒްއާ ދެ ބޭފުޅުންގެ ކުރެ އެއް ބޭފުޅެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ މައްސަލަ ރައީސް މަޖިލީހަށް ފޮނުއްވީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް ޖޭއެސްސީއަށް ފޮނުއްވީ މަހާޒްގެ ނަމެވެ. އެ ނަމާ އެކު ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުށަހެޅި ގިނަ ބައެއްގެ ތެރެއިން ޖޭއެސްސީން ވަނީ މަހާޒާއި ދިޔާނާގެ ނަން މަޖިލީހަށް ފޮނުވަން ލަފާ ދެއްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ.

ޖޭއެސްސީން ބުނެފައި ވަނީ ނަންތައް ތަރުތީބުކޮށްފައި ވަނީ އިސްކަން ދޭ ތަރުތީބަކުން ނޫން ކަމަށާއި ގިނަ ނަންތަކެއް ރައީސަށް ހުށަހެޅި ކަމުގައި ވިޔަސް މަޖިލީހަށް ފޮނުއްވާނެ ނަމަކާއި އަދަދެއް ކަނޑައެޅުއްވުމުގެ އިޚްތިޔާރު ރައީސަށް އޮންނާނެ ކަމަށެވެ. ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: