ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ރާއްޖޭގައި ރުއް އިތުރުވެށްޖެ!

ރާއްޖޭގެ ރަށަކުން ރުއްގަސް ނަގައިގެން ގެންދަނީ - (ފޮޓ: ސޯޝަލް މީޑިޔާ)
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ މިހާތަނަށް ރަށްރަށުން ނެގި ރުކާއި ގަހަށް ވުރެ، އަލުން އިންދި ރުއްގަހުގެ އަދަދު ގިނަ ކަމަށް އެންވާރރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

މިއަދު އީޕީއޭއިން ނެރުނު ތަފާސް ހިސާބު ދަށްކާގޮތުން ރާއްޖޭގެ ރަށްތަކުން މިއަހަރުގެ ތެރޭގައި ނަގާފައިވާ ރުއްގަހުގެ އަދަދަށްވުރެށް އިންދިފައިވާ ރުއްގަހުގެ އަދަދު ހަތަރު ގުނަ އިތުރުވެއްޖެއެވެ. 2019 އާއި 2018 ގެ ތެރޭގައި ރާއްޖެއިން ރުއްގަސް ނަގުމުގެ ހުއްދަ ދެވިފައި ވަނީ ޖުމްލަ 21 ރަށަކަށެވެ. މި ރަށްތަކުގެ ތެރެއިން މި އަހަރު ހުށްދަ ދެވިފައި ވަނީ 19 ރަށަކަށެވެ.

މިހާތަނަށް ރުއްގަސް ނަގަން ހުއްދަ ދޫކުރި 21 ރަށުން ނަގާފައި ވަނީ 2،706 ރުށްގަ ހެވެ. މި އަހަރުގެ މިހާތަނަށް ފަސް ރަށެއްގައި 8،602 ރުއްގަސް އިންދާފައި ވެއެވެ. މި 5 ރަށަކީ ޅ. މަޑިވަރު އާއި ލ. ކުނަހަންދޫ އާއި ނ. މަނަދޫ އާއި ނ.މަގޫދޫގެ އިރތުރިން ރ. ވާދޫ އެވެ.

މީގެ އިތުރުން ގދ. ވާދު އަދި ތ. މަޑިފުށްޓަށް ވަނީ އެރަށްތަކުގައި ހުރި 90 ރުއްގަހެށް ނަގާ އެހެން ތަންކަށް ބަދަލުކުރުމުގެ ހުށްދަ ދީފައެވެ.

ރަށްރަށުން ރުށްގަސް ނަގުމާއި މެދު އާންމު ރަށްޔިތުންނާއި ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު އީޕީއޭއިން ގެންދަނީ ރަށްރަށުން ރުއްގަސް ނެގުމާއި އިންދުމުގެ މަސައްކަތް ވަރަށް ގަތުން ބަލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: