ކުއްލި ޚަބަރު

ކޯޓުތަކުގައި ނުނިމި ހުރި ދެ ހާހެއް ހާ މައްސަލަ: ލަސްވާ ސަބަބު ހޯދަން ޓާސްކްފޯސްއެއް!

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ލަސްވާ ސަބަބުތައް ދެނެގަތުމުގެ ގޮތުން ޓާސްކް ފޯހެއް އެކުލަވައިލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދިނުމަށް ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ދިގު ދެމެމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ޖޭއެސްސީން ވަނީ ރިޕޯޓެއް އެކުލަވާލައި މަޖިލީހަށް ރިޕޯޓް ހުށަހަޅައިފަ އެވެ. އަދި އެ ރިޕޯޓާ ގުޅިގެން މަޖިލީހުން ދެވެން އޮތް ލަފައެއް ދިނުމަށް ޖޭއެސްސީން ވަނީ އެދިފަ އެވެ. ރިޕޯޓް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ވަނީ، ކޯޓުތަކުގައި މައްސަލަ ލަސްވާ ސަބަބު ހައްލު ކުރަން ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ތަމްސީލު ވާނެ ގޮތަށް އިންޓަ އެޖެންސީ ޓާސްކް ފޯހެއް އެކުލަވާލުމަކީ ހައްލެއް ކަމުގައި ކޮމިޓީއަށް ފެންނަ ކަމަށެވެ.

ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން، އެ ޓާސްކް ފޯސްގެ މެންޑޭޓްތަކުގެ ތެރޭގައި، މައްސަލަތައް ނުލެބި ލަސްވަމުންދާ ސަބަބުތައް ހޯދައި، އެ ކަން ހައްލު ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ފާހަގަ ކުރުން ހިމެނެ އެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރަންވީ ކަންކަން ހިމަނައި ރިޕޯޓެއް އެކުލާވަލުން ވެސް ހިމެނެ އެވެ.

ޖޭެއެސްސީން އެކުލަވާލި ކުރިމިނަލް ކޯޓުގެ ރިޕޯޓް އިތުރަށް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމެޓީއަށް ފޮނުވުމަށް ހުށަހަޅުއްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ. މީގެ އިތުރަށް ހަމަ އެ ރިޕޯޓަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތާއިދުކުރެއްވި ހުށަހެޅުއްވުން މަޖިލީހުން ފާސްވީ މަޖިލީހުގައި ތިއްބެވި 65 މެންބަރުންގެ ވޯޓުންނެވެ.

ޖޭއެސްސީން މަޖިލީހަށް ފޮނުވި ރިޕޯޓުގައިވާ ގޮތުން، ކްރިމިނަލް ކޯޓުގައި ނުނިމި 1900 އަށްވުރެ ގިނަ މައްސަލަ ހިނގަމުންދެ އެވެ. އޭގެ ތެރޭގައި 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައަކާއި، ފަސް އަހަރަށްވުރެ ގިނަސް ދުވަސްވެ 10 އަހަރު ހަމަނުވާ 12 މައްސަލައެއް ހިމެނެ އެވެ.

މައްސަކަތުގައި ރައްޔުތުންގެ މަޖިލީހުގެ އެއްބާރުލުމަށް އެދި ފޮނުވި ސިޓީގައި ޖޫއެސްސީން ބުނެފައިވަނީ ނުނިމިހުރި ގާތްގަނޑަކަށް ދެ ހާހެއްހާ މައްސަލައިގެ ތެރެއިން ނުނިމި 10 އަހަރާއި 12 އަހަރުވެފައިވާ މައްސަލަތައް އެބަހުރިކަމަށެވެ. އޭގެ ތެރޭގައި ވެސް ކުރިޔަށް ނުގޮސް 5 އަހަރު ވެފައިވާ 126 މައްސަލައެއް ފާހަގަކުރެވިފައިވާކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ. ކްރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ނުނިމި ދިގުލައިގެން ދާ މައްސަލަ ދިރާސާކޮށް ޖޭއެސްސީގެ ސަބް-ކޮމިޓީއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުގައި، އެކަމުގައި ގާނޫނު ތަސައްވަރު ކުރާ ހަމަސްދުވަހުގެ ތެރޭގައި މައްސަލަތައް ނިންމުމަށް ޓަކައި 15-17 ދުވަހުގެ ތެރޭގައި ރޯލް ކުރެވޭ ވަރަށް ފަނޑިޔާރުންގެ އަދަދު އިތުރު ކުރަން ޖެހެއެވެ.

ކްރިމިނަލް ކޯޓްގައި 1،910 މައްސަލައެއް ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުތަކުގެ ގޮތުގައި ރިޕޯޓްގައި ބުނެފައި ވަނީ، 5 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އެ ކޯޓްގައި މެދުނުކެޑި މަސައްކަތް ކުރެއްވި ގާޒީން އަކީ 4 ފަނޑިޔާރުންނަށް ވުރެ މަދު އަދަދަކަށް ވުމެެވެ. އަދި މައްސަލަތައް ލަސްނުވެ އަވަސް ކުރެވެން އަންނަނީ މިހާރު މަސައްކަތް ކުރާ ފަނޑިޔާރުންގެ ތެރެއިން އިލްމާއި ތަޖުރިބާގެ ގޮތުން ދަށް ފަނޑިޔާރުން ބަދަލުކޮށް، ފަނޑިޔާރުންގެ އަދަދު އިތުރުކޮށްގެން ކަމަށް ވެސް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

ތަފާތު އެކި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށް ކަރެކްޝަނަލް ސާވިސްގެ ބެލުމުގައި ދަށުގައި އެތައް ބަޔަކު ތިބިއިރު އެއްވެސް ހުކުމެއް ނެތި ޖަލުގައި ބައެއް މީހުން ތިބޭތާ އެތައް އަހަރުތަކެއް ވަނީ ވެފައެވެ. ހުކުމެއް ނެތި ގިނަ އަދަދެއްގެ ބަޔަކު ބަންދުކޮށްފައި ތިބި މައްސަލައިގައި، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ބިޝާމް ވިދާޅުވީ ޝަރީއަތްތައް ކުރިޔަށް ނުދާތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ދެ ވަނަ ހަފްތާ އާއި ހަމައަށް 120 ސިޓީއެއް ހުށަހަޅާފައިވާނެކަމަށެވެ.

ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް، މަޖިލިހަށް ފޮނުއްވި ސިޓީއާ ގުޅިގެން މަޖިލީހުގެ ޖަލްސާގައި މިދިޔަ ޖުލައި މަހު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖޭއެސްސީ އަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ޝަރުއީ ކޯޓުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުވެފައި އޮތް ކޮމިޝަނަށްވީ އިރު، ރާއްޖެ އަކީ އެއްވެސް މައްސަލައެއް ނެތް ގައުމަކަށް ހަދައި ކޯޓުތަކުގައި ހުރި މައްސަލަތައް ނިންމަށް ބޭނުންވާކަން އަރީފްގެ ސިޓީން ސާފުވާ ކަމަށެވެ. ޖެއެސްސީން އެކުލަވާލި ރިޕޯޓާއި ހަވާލާ ދެއްވައި ރައީސް ނަޝީދު ވިދާޅުވީ ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން ޖިނާއީ އިޖުރާތުގެ ގާނޫނަށް 2017 ވަނަ އަހަރު އަމަލު ކުރަން ފެސިގެން ފަހުން ކްރިމިނަލް ކޯޓުގައި 181 މައްސަލައެއް ހިމެނޭކަމަށެވެ.

ޖޭއެސްސީގެ އެ ރިޕޯޓުގައި ކްރިމިނަލް ކޯޓަށް ހުށަހެޅި ބަލަން ފެށި މައްސަލަތަކުގެ ތެރެއިން އެކިއެކި ފަނޑިޔާރުން ބަލަމުންދާ މައްސަލަތަކުގެ އަދަދު ވެސް ފާހަގަކޮށްފައިވެ އެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: