ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއްމު ވި ވީޑިއޯއާއި އެކު ސީޕީ ހަމީދުއަށް މަރުގެ އިންޒާރު!

ހަމީދަކީ މީގެ ކުރިން އެމްޑީއެންގެ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ބޭފުޅެއް - ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރުދޭ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އެމްޑީއެންގެ ޑިރެކްޓަރު ކަމުގެ މަގާމުގައި، ހުންނަވައިގެން ބޭރުގެ ގައުމެއްގެ ފޯރަމްއެއްގައި ރާއްޖެއަކީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ގައުމެއްކަމަށް ވަނީ ބުނެފައެވެ. ޔޫޓިއުބް މެދުވެރިކޮަށް މިހާރުވެސް ފެންނަން ހުރި އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުގެން ދިޔައީ ހޮނިިހިރު ދުވަހުގެ ވަގުތެއްގައެވެ. އެއާއި އެކު ހަމީދަށް އަމާޒުކޮށް ކިޔަމުންދާ ފާޑުކިޔުންތައް އިތުރުވެ، ބައެއް މީހުން ވަނީ ހަމީދު ޕޮލިސް ކޮމިޝަނަރަކަށް ހުންނަވާ، އޭނާގެ ގާތް ރައްޓެހިންގެ މައްސަލައެއް އިންސާފުވެރިކަމާއި އެކު ނުބެލޭނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، ހަމީދުއަށް އިންޒާރު ދީފައިވާ ޕޯސްޓުތައް ވެސް ސޯޝަލް މީޑިއާގައި ފެތުރުނެވެ. އެ މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރުދޭ މައްސަލަތައް ފުލުހުން އަބަދުވެސް ބަލާ ކަމަށާއި، އެގޮތުން މިހާރު ސީޕީ ހަމީދަށް މަރުގެ އިންޒާރުދޭ މައްސަލަވެސް ބަލަން ފަށާފައިވާ ކަމަށެވެ.

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް ލިޔެފައިވާ ވާހަކަތަކަކާ ގުޅިގެން، ފިޔަވަޅު އެޅުން ލަސްކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ ސީޕީ ހަމީދަށް މަރުގެ އިންޒާރުދީ ޕޯސްޓަރު ތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.

ހަމީދު އަކީ އެމްޑީއެންގެ ޑިރެކްޓަރުކަމާއި ބޯޑު މެމްބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ސީޕީ ހަމީދު ފުލުހުންގެ ވަޒީފާ އަދާކުރައްވަމުން އެމްޑީއެންގެ އެއްވެސް މަގާމެއް އަދާކުރައްވާފައި ނުވާކަމާށެވެ. އަދި ފުލުހުންގެ ވަޒީފާއިން ދުރުގައި ހުންނެވި ދުވަސްވަރު، އަމިއްލަ ހައިސިއްޔަތުން އެމްޑީއެންގައި މަސައްކަތް ކުރައްވާފައި ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ސީޕީ ހަމީދު އަދި ފުލުހުންގެ މުއައްސަސާއިން ވެސް ކުރަމުން ދާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: