ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުށިދިއްގާ – ރަތްދިއްގާ: މައްސަލަ އަދިވެސް ކޮޅެއްގައި ނުޖެހި!

ފުށިދިއްގާ - ރަތްދިއްގާ: އެ ރަށުގައި ޓޫރިޒަމް ހިންގައި ނާޖާއިޒް ފައިދާ އަދިވެސް ނަގަމުން އެބަދޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުށިދިއްގާގެ ބެލެނިވެރިކަމުގެ މައްސަލަ ކޯޓްގައި ހިނގަމުންދަނިކޮށް އެ ރަށުން ބަޔަކު މާލީ މަންފާ ހޯދާ މައްސަލައާ ގުޅިގެން ފުލުހުންނާއި، ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އެ ރަށައް އަރައިފި އެވެ.

ފުުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ ފުށިދިއްގާއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުންނާއި، ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އެރަށައް ގޮސްފައިވާ ކަމަށާއި އެ ރަށުގައި ހާއްސަ އިންޕެކްޝަނެއް އޭގެ ތެރެއިން ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އެކަމާއި ބެހޭ އިތުރު މައުލޫމާތުތައް ފަހުން ހާމަ ކުރާނެ ކަމަށެވެ.

ފުށިދިއްގާ ގެ މައްސަލަ މި ވަގުތު ކުރިޔަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް މައުލޫމާތު ހޯދުމަށް ވެސް ނޫސްވެރިން މަސައްކަތްކޮށްފައިވެއެވެ. އެހެން ނަމަވެސް، އެ މިނިސްޓްރީއިން ނުސްވެރިންނަށް ހާއްސަކޮށްފައިވާ ގްރޫޕުގައި ބުނެފައިވަނީ “އެ މައްސަލައާއި ގުޅޭ ތަފްސީލުތައް މީޑިއާތަކާއި ހިއްސާކުރަމުން ދާނެ” ކަމަށެވެ.

ފުށިދިއްގާއަކީ ކުރީ ސަރުކާރުން ދެ ކުންފުންޏަކަށް ބޮޑު އަގުގައި ވިއްކާލާފައިވާ ރަށެކެވެ. ދެ ނަމެއްގައި އެ ރަށައް ދެ ކުންފުންޏަކަށް ވިއްކާލާފައިވާތީ ރަށުގެ މިލްކުވެރިކަމާ ގުޅޭ މައްސަލައެއް ކޯޓްގައި ވެސް ކުރިޔަށް ދެއެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން ފެށިގެން އެ ރަށް ވަރުވާއަށް ގެންގުޅުނު ފަރާތުން ދަނީ އެ ރަށައް ފަތުރުވެރިން ގެނެސް މާލީ މަންފާ ހޯދަމުން ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. ފުށިދިއްގާގެ ބެލެނިވެރިކަން ހޯދަން ތިން ޕާޓީއަކުން މަސައްކަތް ކުރަމުންދާއިރު، މައްސަލަ އޮތީ އަދިވެސް ކޯޓްގަ އެވެ. މިރަށަށް ވެފައި އޮތް ގޮތެއް ސަރުކާރަކަށް ސާފެއް ނުވެއެވެ.

ފުށިދިއްގާ ކުރީ ސަރުކާރުން ފުރަތަމަ ވިއްކާލީ އެޗްއެމްއެޗްއައި ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏަށް ރަށް ވިއްކާލީ ތިން މިލިއަން ޑޮލަރަށެވެ. އެ ކުންފުނިން ވަނީ ސަރުކާރަށް 1.5 މިލިއަން ޑޮލަރު ދައްކާފައެވެ. އެޗްއެމްއެޗްއައިއަށް އެ ރަށް ވިއްކާލީ ރަތްދިއްގާގެ ނަމުގައެވެ. އަދި ފަހުން ސަރުކާރުން ވަނީ މޯލްޑިވިއާނާ ކިޔާ ކުންފުންޏަކަށްވެސް އެ ރަށް ވިއްކާލާފައެވެ. ފުށިދިއްގާގެ ނަމުގައި އެ ރަށް އެ ކުންފުންޏަށް ވިއްކާލީ ހަ ލައްކަ ޑޮލަރަށެވެ. އެ ކުންފުނިން ވަނީ އެ ފައިސާވެސް ދައުލަތަށް ދައްކާފައެވެ. މޯލްޑިވިއާނާއިން ބުނީ އެ ކުންފުނިން ސަރުކާރާއެކު ކޮށްފައިވަނީ ސައްހަ މުއާމަލާތެއް ކަމަށެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކާފައިވާނެ ކަމަށެވެ. މީގެ ކުރިން އެ ރަށް އެހެން ބަަޔަކަށް ވިއްކާލާފައިވަނީ މޯލްޑިވިއާނާއަށް ރަށް ވިއްކާލި ފަހުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ސެޕްޓެމްބަރު، 2015 ގައި ދައުލަތުގެ މައްޗަށް އަމުރުކުރީ އެކަމުގެ ރަސްމީ އެއްބަސްވުންތަކުގައި ސޮއި ކުރުމަށެވެ. ސިިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް ލާޒިމް ނުކުރެވޭނެ ކަމަށް ނިންމީ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ. އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް ލާޒިމް ނުވާ ކަމަށް ހައި ކޯޓުން އެގޮތަށް ނިންމީ ޓޫރިޒަމްގެ ގާނޫނުގައި ބުނާ ފަދަ ކޮންޓްރެކްޓެއް ދެ ފަރާތުގެ ދެމެދުގައި ނެތުމުންނެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމްވާ އެއްޗަކަށް ނުވިޔަސް، ޓޫރިޒަމްގެ ގާނޫނުގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް އެއްވެސް ތަނެއް ކުއްޔަށް ދެވެނީ އެ ގާނޫނުގެ ދަށުން ހެދޭ ކޮންޓްރެކްޓެއްގެ ދަށުން ކަމަށް އެ ބުނެފައިވާ ކަމަށެވެ.

އަދި ފަހުން ހަމަ އެ ރަށް “ރަތްދިއްގާ”ގެ ނަމުގައި 2015 މެއި ގައި މޯލްޑިވިއާނާ ކުންފުންޏަށް 2.1 މިލިއަން ޑޮލަރަށް ވިއްކާލިއެވެ. އެ ކުންފުނިން އެމްއެމްޕީއާރުސީއަށް އެޑްވާންސްގެ ގޮތުގައި ދެއްކީ ހަ ލައްކަ ޑޮލަރެވެ. މީގެ ކުރިން ސްޕްރީމް ކޯޓުން ވަނީ މައްސަލަ ނިމުމުގެ ކުރިން ފުށިދިއްގާއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އެ ރަށުން އެއްވެސް ބަޔަކު މާލީ މަންފާ ހޯދަން މަސައްކަތެއް ނުކުރުމަށްވެސް އަމުރުކޮށްފައެވެ.

ަރަށް ވިއްކާލާފައިވާ މީހުންގެ ތެރެއިން ބަޔަކު އެ ރަށުގައި ބަންގްލަދޭޝްގެ ދެ މީހަކު ބައިތިއްބައިގެން ރަށަށް ފަތުރުވެރިން ގެންގޮސް އެ ރަށުން ހިދުމަތްދެމުން އަންނަ ކަމަށް ބުނެ އެ ވަހަކަ ރިޕޯޓު ކުރީ ރާއްޖޭގެ އޮންލައިން ނޫހަކުންނެވެ. އެގޮތުން އެ ރަށުގައި ފަތުރުވެރިން ބައިތިއްބާނެ ތަންތަން ހަދާފައިވާކަމަށާއި އެ މީހުންނަށް ކެއިން ބުއިން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި ވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެއާއި އެކު ރަށައް އެރެނީ ބޮލަކަށް 10 އެމެރިކާ ޑޮލަރު ދައްކައިގެން ކަމަށާއި ރަށަށް އެރުމަށް ފަހު ހޯދާ ކޮންމެ ހިދުމަތަކަށް ފައިސާ ދޭންޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެން ނަމަވެސް އެ މައްސަލާއާ ގުޅިގެން ޓްއަރިޒަމް މިނިސްޓްރީން ކުރިން ބުނީ އެފަދަ ކަމެއް އެ ރަށުގައި ހިނގާ ކަމެއް ނޭނގެ އެވެ. އަދި އަހަރު ދުވަސްވަންދެން ބަޔަކު އެ ރަށުން މާލީ މަންފާއެއް ހޯދާފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ވެސް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: