ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން ބޭން ކުރުމަށް ގޮވުމަކީ ހަރުކަށި ވުމެއް ނޫން، އަދި ސަރުކާރާ ދެކޮޅޫ ވުމެއް ވެސް ނޫން: ޝޭޙް އިލްޔާސް

ޝޭޙް އިލްޔާސް ހުސެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނަށާއި ކީރިތި މާތް ނަބީއްޔާއަސް ފުރައްސާރަކުރާ މީޙުން ދިފާއުކުރާ މީހުންނަށް ތާއިދު ކުރުމަކީ މުސްލިމުންގެ ސިފައެއް ނޫން ކަމަށް މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝޭޙް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝޭޙް އިލްޔާސް ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ ގުރުއާނާއި ސުންނަތް ނޫން އެހެން އެއްޗެއް ހޯދަން ޖެހޭ ކަމަށް ވަކާލާތުކޮށް، އިސްލާމްދީނަށާއި މާތް ނަބީއްޔާއަށް ފުރައްސާރަކުރާ ބައެއްގެ ދިފާއުގައި ވަކާލާތު ކުރަމުން ދިއުމަށް ލޯބި ކުރަމޭ ބުނާ މީހަކާއިމެދު ރައްޔިތުން ސަމާލުވާން ޖެހޭނެ ކަމަށެވެ. އަދި އެފަދަ މީހަކަށް ތާއިދު ކުރުމަކީ މުސްލިމުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް ޝޭޙް އިލްޔާސް ވިދާޅުވެފައިވެއެވެ.

https://twitter.com/shkilyas/status/1184995584538628096

މީގެއިތުރުން ޝޭޙް އިލްޔާސް ވިދާޅުވީ ވަޢުދާ އަޙުދު އުވާލުމަކީ މުސްލިމުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ޔަހޫދީންގެ ސުފައެއް ކަމަށެވެ. އަދި ވިދާޅުވީ އެމްޑީއެން އުވާލާ ބަންދު ކުރުމަށް ގޮވާލާ މައުޟޫ ނުވަތަ ޓޮޕިކް ބަދަލުކުރަން ކިތަންމެ ވަރަކަށް އުޅުނަސް ރައްޔިތުން ތިބީ އިސްލާމްދީނާއި ނަބީއްޔާގެ ދިފާއުގައި ކަމަށެވެ. ހަމައެހެންމެ މުސްލިމުން އެންމެ ބޮޑަށް ލޯބިކުރާ، އަދި ލޯބިވާން ޖެހޭ ޝަހުސީއްޔަތަކީ މާތް ނަބީއްޔާކަން ޝޭޙް އިލްޔާސް ފާހަގަ ކުރެއްވިއެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި އެމްޑީއެން ބޭންކުރަން ބުނަން ޖެހެނީ އިލާހީ ކޯފާއިން ސަލާމަތްވުމަށްޓަކައެވެ. އަދި އިސްލާމްދީނަށާއި މާތް ނަބީއްޔާއަސް ފުރައްސާރަ ކުރުމަކީ ބޮޑުވެގެންވާ މުންކަރާތެއް ކަމަށް ރުހިގެން ތިބުން މުސްލިމުންނަށް ހުއްދަ ނޫންވީމަކަން ވެސް ޝޭޙް އިލްޔާސް ފާހަގަ ކުރެއްވިއެވެ.

https://twitter.com/shkilyas/status/1185134215131648001

ޝޭޙް އިލްޔާސް ވިދާޅުވީ އިސްލާމްދީޏާއި މާތް ނަބީއްޔާ ދިފާއުކޮށް ވާހަކަ ދެއްކުމަކީ ހަރުކަށި ވުމެއް ނޫން ކަމަށާއި، އަދި ސަރުކާރާއި ދެކޮޅުވެރި ވުމެއް ވެސް ނޫން ކަމަށެވެ.

https://twitter.com/shkilyas/status/1185363020291031040

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: