ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް މެޑިކްލް އެކްސްޕޯ: ސިއްހީ އެތައް މައުލޫމާތަކާއި ހިދުމަތް!

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯ ފެށިގެން ކުުރިޔަށް ދަނީ- ފޮޓޯ: އެމްވީ މެޑިކަލްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްގީކޮށް މައުލޫމާތު ހިއްސާކުރުމަށް ބާއްވަމުން އަންނަ “މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯ” އިން އާއްމުންނަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެކަމަށް އެކްސްޕޯ އިންތިޒާމް ކުރާ އެމްވީ މެޑިކަލްސްއިން ބުނެފިއެވެ.

މެޑިކަލް އެކްސްޕޯގައި ރާއްޖޭގެ އިތުރުން އަވަށްޓެރި ބައެއް ގައުމުތަކުގެ ސިއްހީ ހިދުމަތް ދޭ ބައެއް ތަންތަނުން ވަނީ ބައިވެރިވެފަ އެވެ. އެކްސްޕޯއާއި ގުޅޭގޮތުން “ސަންގު” އަށް މައުލޫމާތު ދެއްވަމުން އެމްވީ މެޑިކަލްސްގެ ޑިރެކްޓާ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އަބްދުލް ޖަޖީލް ހުސެއިން ވިދާޅުވީ މި އެކްސްޕޯ އަކީ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ހިދުމަތް ދިނުމަށް ކުންފުނިތައް އަހުލުވެރިކުރުމުގެ ގޮތުން ބާއްވާ އެކްސްޕޯއެއް ކަމަށެވެ. އަދި މި ހިދުމަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް އެކްސްޕޯގައި ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލީލް ވިދާޅުވީ އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ސްޓޯލްތަކުން ހިދުމަތްތައް ފޯރުކޮށްދޭނީ މުޅިންވެސް ހިލޭކަމަށެވެ. އެގޮތުން، އޭނާ ވަނީ އޭޑީކޭއިން ފޯރުކޮށްދޭ ހިދުމަތްއް ފާހަގަކުރައްވާފައެވެ. ހިލޭ، ސްކްރީން ކުރުމާއި އެކު އޭޑީކޭއިން އުރަމަތީ ކެންސަރަށް ސްކްރީން ކުރުން ކުރިޔަށް ގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ބައެއް ސްޓޯލްތަކުން، ހަކުރު ބަލި ޓެސްޓު ކުރުމާއި ސިއްހަތަށް ފައިދާ ހުރި ކެއުންތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ފޯރުކޮށްދެމުން ދާނެ ކަމަށް ޖަލީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަލީލް ވިދާޅުވީ މެޑިކަލް އެކްސްޕޯގެ އަމާޒަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި، ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ޚިދުމަތްތައް ދޭނެގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވުމާއި، އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުން ކަމަށެވެ. އެހެން ކަމުން މެޑިކަލް އެކްސްޕޯ ވެގެންދާނީ، މި އެކްސްޕޯގައި ބައިވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުން ދޭ ސިއްހީ ޚިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މައުލޫމާތު ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށްކަމަށެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓު މިނިސްޓަރ ޑރ.ޝާހް ޢަބްދުﷲ މާހިރު ވިދާޅުވީ ރާއްޖޭގެ މެޑިކަލް ދާއިރާ ކުރިއެރުވުމުގައި އަމިއްލަ ފަރާތްތަކުން ކުރައްވަމުންގެންދަވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކަމަށެވެ. މެޑިކަލް އެކްސްޕޯފަދަ އެގްޒިބިޝަންތަކުގެ ސަބަބުން މިދާއިރާގައި މަސައްކަތްކުރާ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ ޚިޔާލު ބަދަލުކުރެވި މަޝްވަރާކޮށް އިތުރަށް މިދާއިރާ ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަނެވޭނެކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އުކުޅުތައްވެސް ދަސްކުރުމަށް މިފަދަ އެކްސްޕޯތަކުން މަގުފަހިވެގެންދާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 5 އަހަރު ރާއްޖޭގެ މެޑިކަލް ދާއިރާއަށް ތަފާތު ޓެކްނޮލޮޖީތައް ތަޢާރަފްކުރުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި ސްޓޭޓް މިނިސްޓަރ ޑރ.ޝާހް މާހިރު ވިދާޅުވިއެވެ.

އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސިއްހީ ދާއިރާއާ ގުޅުންހުރި ފަރާތްތައް ބައިވެރިވެފައި ވެއެވެ. އެކްސްޕޯ އާންމުންނަށް ހުޅުވާލާފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން 11:00 އާ ހަމައަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: