ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް ނަޝީދު ކުރިމަލައްވައިފި

ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް ނަޝީދު ކުރިމަލައްވައިފި. ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސްކަމުގެ އިތުރު ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ކުރިމަލައްވައިފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާ ފޯމު ޕާޓީގެ ސެކެޓްރީ ޖެނެރަލްއަށާއި އިންތިހާބާއި ބެހޭ ކޮމިޓީގެ ނައިބު މުޤައްރިރުއާއި ހަވާލުކުރައްވާފައެވެ.

ފޯމު ހުށަހަޅުއްވުމުގެ ކުރިން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ފޯމާއެކު އެމަނިކުފާނު ރައީސް ކަމަށް ކުރިމަތިލައްވަން ޕާޓީގެ ތެރެއިން ރުހުން ދީފައިވާ މެންބަރުންގެ ތަފްސީލުތަށް ހާމަކުރައްވާފައިވާނެ ކަމަށެވެ.

https://twitter.com/MDPSecretariat/status/1185416938865868800

ރައީސް ނަޝީދުގެ އިތުރުން ޕާޓީގެ ރައިސް ކަމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއް އަދި ނުވެއެވެ. އަދި އެމަނިކުފާނު ފިޔަވާ އިތުރު ބޭފުލަކު ކުރިމަތި ނުލައްވައިފިނަމަ އިންތިޙާބަކާއި ނުލާ އެމަނިކުފާނު އެމްޑީޕީގެ ރައީސް ކަމަށް އައްޔަންކުރެވޭނެއެވެ.  ނަމަވެސް އެއީ ފެންނަ  ނުފެންނަ ވޯޓެއް ނެގުމަށް ފަހު  ވޯޓުލީ މީހުންގެ 10 ޕަސެންޓް މީހުންގެ ތާއިދު ލިބިއްޖެނަމަ އެވެ. އެމްޑީޕީގެ އަސާސީ ޤަވައިދުގައިވާ ގޮތުގެ މަތިން ރައީސް ކަމުގެ ދައުރަކީ ފަސް އަހަރެވެ.

ރައީސް ނަޝީދުއަކީ ފާއިތުވި ދެ ދައުރުގައި ވެސް އެމްޑީޕީގެ ރައީސްކަން ކުރެއްވި ބޭފުޅާއެވެ. އަދި މިހާރު އެމަނިކުފާނު ކުރިމަތިލައްވަނީ ތިން ވަނަ ދައުރާއެވެ.

ރައީސްގެ މަޤާމު އިތުރުން އެޕާޓީގެ ނައިބު ރައީސްގެ މަޤާމުވެސް ވަނީ ހުސްވެފައެވެ. ނައިބުރައީސް ކަމަށް ދެ ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއާއި ރައިސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝީފާޒުވެސް ވަނީ ނައިބުގެ މަޤާމަށް ކުރިމަތިލައްވާނެ ކަން އިއުލާނުކުރައްވާފައެފެ.

އެމްޑީޕީގެ ރައީސްގެ މަގާމާއި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވާތީ، އެ ދެ މަގާމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

އެމްޑީޕީއަކީ 48،990 މެންބަރުންގެ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: