ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން މައްސަލާގައި ތަޙުޤީގަށް ހާޒިރުކުރަން ބޭނުންވާ މީހުންނަށް ޗިޓު ފޮނުވައިފި

އެމްޑީއެންގެ މައްސަލާގައި ތަޙުޤީގަށް ހާޒިރުކުރަން ބޭނުންވާ މީހުންނަށް ފުލުހުން ޗިޓު ފޮނުވައިފި. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާތް ﷲ އަށާއި ކީރިތި މާތް ނަބީއްޔާއަށް ފުރައްސާރަކޮށް މޯޑިވްސް ޑިމޮކްރެސީ ނެޓްވޯކްއިން އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލައިގައި  މައްސަލާގައި ތަޙުޤީގަށް ހާޒިރުކުރަން ބޭނުންވާ މީހުންނަށް ފުލުހުން ޗިޓު ފޮނުވައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އެމްޑީއެންގެ މައްސަލާގައި ތަޙުޤީްަށް ހާޒިރު ކުރަންޖެހޭ މީހުން ހާޒިރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ޗިޓު ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީއެން ރިޕޯތުގެ މައްސަލާގައި އެ ޖަމިއްޔާ ވަގުތީ ގޮތުން ވަނީ ސަސްޕެންޑުކޮށްފައެވެ. އަދި އިތުރަށް ފިޔަވަޅެއް އެޅޭނީ ފުލުހުން އެ މައްސަލަ ތަޙުޤީޤުކޮށް ނިމުމުން ކަމަށް އެ ޖަމިއްޔާގެ ބެލެނިވެރި ފަރާތްކަމުގައިވާ މިނިސްޓްރީ އޮފް ޔޫތް ކޮމިއުނިޓީ އެންޑް އެމްޕަވަމަންޓުން ވަނީ ބުނެފައެވެ.

އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި، އިސްލާމީ އަގީދާއާ ދީނުގެ އަސާސްތަކަށް ފާޑުކިޔުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުން ފަދަ އިސްލާމްދީނާ އިދިކޮޅު އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ބަލައި ތަހުގީގުކޮށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަހަތަށްނުޖެހޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިންބުނެފިއެވެ.

އެމްޑީއެން ރިޕޯޓް މައްސަލައާއި ގުޅިގެން ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި “ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް” މިނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނާއި ޚިލާފު ވާހަކަތަކެއް ހުރި ކަމަށާ އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްފުޅުތަކަށް ފާޑުކިޔާފައިވާކަަމަށް ބުނެ އާންމު ފަރާތުން ފުލުހުންނަށް މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަގެ ތަހުގީގު ހިންގަން ނިންމާ، މައުލޫމާތު ސާފު ކުރަމުން ދަނިކޮށް އިސްލާމިކް މިނިސްޓްރީން ވެސް އެ މައްސަލަ ބަލަން ހުށައަޅާފައިވާ ކަމަށެވެ.

މީގެއިތރުން އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި، އިސްލާމީ އަގީދާއާ ދީނުގެ އަސާސްތަކަށް ފާޑުކިޔުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުން ފަދަ އިސްލާމްދީނާ އިދިކޮޅު އަމަލުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެއް ކަމަށް ފުލުހުން ބުނެ އެވެ.އަދި އެކަން ދައުލަތުގެ ކަމާގުޅޭ ހުރިހާ އިދާރާއަކަށް މިހާރު އަންގާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. ފުލުހުން ވަނީ މިފަދަ ގާނޫނާއި ޚިލާފު އަމަލުތަކުން ދުރުުވުމަށްވެސް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: