ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު “މަގޭ މެމޯ” : ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓް ހައްދާލެވޭނެ!

ޑޮކްޓަރު އެޕޮއިންޓްމެންޓް ދިރާގުން ފަސޭހަކޮށްދެނީ - ފޮޓޯ: މިހާރު އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން “މަގޭ މެމޯ” ގެ ނަމުގައި، ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހައްދާނެ ފަސޭހަ ހިދުމަތެއް ތައާރަފްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިއުލާނުކޮށްފިއެވެ.

ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުން އަންނަކަން އެ ކަންފުނިން އިއުލާނުކޮށްފައިވަނީ ހޮނިހިރު ދުވަހު ފެށި މޯލްޑިވްސް މެޑިކަލް އެކްސްޕޯގަ އެވެ.
ހިދުމަތާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް ދިރާގުން ބުނެފައިވަނީ ތައްޔާރުކުރާ މި އެޕްލިކޭޝަނުން އެކި ކްލިނިކްތަކުގެ ޑޮކްޓަރުންނަށް ފަސޭހަކަމާ އެކު އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން އާއްމުން ހޮސްޕިޓަލުގައި ހޭދަ ކުރަންޖެހޭ ވަގުތުވެސް ކުޑަވެގެން ދާނެ ކަމަށެވެ.

ދިރާގުން އިތުރަށް ބުނެފައިވަނީ އެޕްލިކޭޝަން މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓު ހައްދާ ފަރާތްތަކަށް، ހަމަ އެ އެޕް ބޭނުންކޮށް މެމޯއަށް ފައިސާ ވެސް ދެއްކޭނެ ކަމަށެވެ. އަދި އެޕޮއިންޓްމެންޓު ހެދުމަށްފަހު ޑޮކްޓަރު ބަލަން ފަށާ ގަޑިއާއި ކިއު ނަމްބަރުގެ އަޕްޑޭޓު ވެސް އެޕުން ބަލައިލެވޭނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން މި އެޕް ތައްޔާރުކުރުމުގައި ހޮސްޕިޓަލްތަކުގެ އެޕޮއިންޓްމަންޓް ހައްދާ ނިޒާމް ދިރާސާ ކޮށްފައިވާ ކަމަށާއި ދިރާގުގެ އެޕުން އެޕޮއިންޓްމަންޓްތައް މެނޭޖުކުރަން ފަސޭހަވާނެ ކަމަށެވެ.

މި އެޕްލިކޭޝަނާ ގުޅޭ މައުލޫމާތު މެޑިކަލް އެކްސްޕޯގައި ދިރާގުން ބަހައްޓާފައިވާ ސްޓޯލުން ލިބޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: